ފޮތް: މީސްތަކުންނަށް ހެޔޮފޯރުކޮށްދޭށެވެ!

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ: މިފޮތަކީ؛ މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި، އެއްބަޔަކު އަނެއްބައެއްގެ މުހުތާދުތައް ފުއްދައިދިނުމުގެ މާތްކަމާބެހޭގޮތުން ތައްޔާރުކުރެވިފައިވާ ފޮތެކެވެ. އަދި މިކަމުގެ މުހިއްމުކަން ބަޔާންކުރުމުގެގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާއި، ބައެއް ޞަޙާބީބޭކަލުންގެ ޙާދިސާތަކެއް ގެނެސްދީފައިވާނެއެވެ. މި މައުޟޫއަކީ؛ ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ގިނަގުނަ […]
ކުށުސަޖިދައާގުޅޭ 35 ފައިދާ (3)

(22) އިމާމާއަށް ހަނދާންނެތިއްޖެނަމަ؛ ކުށުސަޖިދަޖެހުމުގައި މައުމޫމުން އިމާމާއަށް ތަބާވުން ވާޖިބުވާނެއެވެ. އެއީ؛ އިމާމާއެކު މައުމޫމުންނަށް ހަނދާންނެތުނުނަމަވެސް ނުވަތަ ހަމައެކަނި ހަނދާންނެތުނީ އިމާމާއަށްކަމުގައި ވީނަމަވެސްމެއެވެ. އަދި އިމާމާ ކުށުސަޖިދަޖެހީ ސަލާމްދިނުމުގެ ކުރިންކަމުގައިވިޔަސް ނުވަތަ ސަލާމްދިނުމުގެ ފަހުންކަމުގައިވިޔަސްމެއެވެ. މީގެ ތެރެއިން އިސްތިސްނާވާނީ؛ ޖަމާޢަތުން ބައެއް ގެއްލޭފަހުން ޖަމާޢަތުގައި ބައިވެރިވެފައިވާ މީހާއެވެ. އިމާމާ ކުށުސަޖިދަޖެހީ ސަލާމްދިނުމަށްފަހުގައި ކަމަށްވާނަމަ މިފަދަ މީހަކު އިމާމާއަށް ތަބާވާކަށްނުޖެހޭނެއެވެ. މިފަދަ މީހަކު ޖެހޭނީ އެމީހަކަށް ޖަމާޢަތުން ގެއްލުނުބައި ފުރިހަމަކުރުމަށްފަހު ސަލާމްދޭށެވެ. އަދި ނަމާދުގެ ފަހުން ކުށުސަޖިދަޖަހާށެވެ. (23) […]
ތިބާގެ ޙަޔާތުން އުފާވެރިކަން ޙާޞިލުކުރައްވާ – 3

އަހަރުމެން ހުނަރުތައް ހޯދަނީ ކީއްވެ؟