[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: މީސްތަކުންނަށް ހެޔޮފޯރުކޮށްދޭށެވެ!

الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ:

މިފޮތަކީ؛ މީސްތަކުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމާއި، އެއްބަޔަކު އަނެއްބައެއްގެ މުހުތާދުތައް ފުއްދައިދިނުމުގެ މާތްކަމާބެހޭގޮތުން ތައްޔާރުކުރެވިފައިވާ ފޮތެކެވެ. އަދި މިކަމުގެ މުހިއްމުކަން ބަޔާންކުރުމުގެގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާއި، ބައެއް ޞަޙާބީބޭކަލުންގެ ޙާދިސާތަކެއް ގެނެސްދީފައިވާނެއެވެ.

މި މައުޟޫއަކީ؛ ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ގިނަގުނަ އެތައް ދަލީލުތަކަކާއި، ހާދިސާތަކަކާއި، ނަމޫނާތަކެއް އައިސްފައިވާ މައުޟޫޢެކެވެ. މީގެ ތެރެއިން އަޅުގަނޑު މިފޮތުގައި ހިމަނާފައިވާނީ، މައުޟޫޢާގުޅޭ މުހިއްމު ބައެއް ނުކުތާތަކާއި، އެ ނުކުތާތަކަށް ދަލީލުކުރާ ދަލީލުތަކެވެ.

މިފަދަ ފޮތެއް ލިޔުމުގެ ބޭނުމަކީ؛ އަޅުގަނޑުމެންނަކީ ﷲއަށްޓަކައި އެއްބަޔަކު އަނެއްބަޔަކަށް އަޅާލާބައެއްކަމުގައިވުމެވެ. އަދި މިކަމުގެ މާތްކަމާއި މަތިވެރިކަން ހިތްމައްޗަށްގެނެސް، މިކަމުގައި ހީވާގިވުމާއި، މިކަމަށް އަވަސްވެގަތުމެވެ.

ދުޢާއަކީ؛ އަޅަމެންނަކީ އެއްބަޔަކު އަނެއްބަޔަކަށް އަޅާލާބައެއްކަމުގައި ލެއްވުމެވެ. އަޅަމެންގެ އުޚުއްވަތްތެރިކަން ދަމަހައްޓަވައި، އެ އުޚުއްވަތްތެރިކަމަށް ގެއްލުމެއް ލިބިދާނެ އެންމެހާ ކަމަކުން އަޅަމެން ސަލާމަތްކުރެއްވުމެވެ. އަދި އަޅަމެންނަށް މަންފާކުރަނިވި ޢިލްމު އުގަންނަވައިދެއްވައި، އެ ޢިލްމަށް ޢަމަލުކުރުމުގެ ތައުފީޤު ދެއްވުމެވެ.

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.

ފޮތުގެ ނަން:  މީސްތަކުންނަށް ހެޔޮފޯރުކޮށްދޭށެވެ!

ތަރުޖަމާކުރީ:  އައްޝައިޚް މުޙައްމަދު ސިނާން

ޞަފްޙާގެ ޢަދަދު: 60 ޞަފްޙާ (A5 ސައިޒް).

ފައިލް ސައިޒް: 783 KB

ފޮތް ޑައުންލޯޑުކުރައްވާ