ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް) -1

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅު ﷲގެ ރަސޫލާ އިބްރާހީމް ޢަލައިހިއްސަލާމް ޢިރާޤުން ފަލަސްޠީނަށް ހިޖުރަކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ބިމަކީ އެކަލޭގެފާނު، ﷲގެ މަގަށް ގޮވާލައްވައި ދީނުގެ ދަޢުވަތު ފެތުރުއްވުމުގެ އަސާސީ ބިންކަމުގައި ހެއްދެވިއެވެ. ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށް މީސްތަކުންނަށް ގޮވައިލުމަށްޓަކައި ފަލަސްޠީނާއި އަދިވެސް އެހެނިހެން ރަށްތަކުގެ އެކި ހިސާބުތަކަށް އެކަލޭގެފާނު ގިނަ ދަތުރުތަކެއް ކުރެއްވިއެވެ. މިފަދަ ދަތުރުތަކުގެ ތެރެއިން ދަތުރެއްގައި އެކަލޭގެފާނު، ނުލަފާ އަނިޔާވެރި ޖައްބާރު ރަސްގެފާނެއްގެ ކައިރިއަށް ވަޑައިގަތެވެ. މި ދަތުރުފުޅުގައި އެކަލޭގެފާނާއި […]
ޤަޟާ ރޯދަތަކުގެ ކުރިން ޝައްވާލު މަހުގެ ހަ ރޯދަ ހިފުން

“ރަމަޟާން މަހު ރޯދަ ހިފާ، ދެން އެއަށްފަހު ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ.”
އަވަށްޓެރިންގެ ޙައްޤުތައް (2)

އަވަށްޓެރިންގެ މާނަ: ބަހަވީ ގޮތުން الْجَارِ (އަވަށްޓެރިޔާ)އާ ބެހޭގޮތުން اِبْنُ مَنْظُوْر ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އަވަށްޓެރިވުމަކީ ކައިރިއެވެ. އެހެނީ އަވަށްޓެރިންނަކީ ތިބާއާ ކައިރީގައި އުޅުމެވެ. އަދި އަވަށްޓެރިވުމަކީ ކައިރިވުމެވެ. އެހެނީ ކައިރީގައި ދިރިއުޅުމެވެ. އަދިވެސް ވިދާޅުވެފައިވެއެވެ. ތިބާގެ އަވަށްޓެރިއަކީ ތިބާއާ ކައިރީގައި އުޅޭމީހުންނެވެ.”[1] އިޞްޠިލާޙީ ގޮތުން الْجَارِ (އަވަށްޓެރިޔާ) އަކީ: މުސްލިމުންނާއި ކާފަރުން، ދީންވެރި މީހުންނާއި ދީންވެރިނޫންމީހުން، ރަހުމަތްތެރިންނާއި ޢަދާވާތްތެރިން، ބިދޭސީންނާއި ރަށްވެހިން، ތިބާއަށް ހެޔޮކޮށް ހިތާ މީހުންނާއި ތިބާއަށް ގެއްލުންދޭ މީހުން، ރަށްޓެހިންނާއި ބީރަށްޓެހިން، ތިމާގެ […]