ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް)-3
އެތުގެ އަހުލުވެރިން ގެފުޅު ތަޅާލަން އައި ހާދިސާ ޔަމަނުގެ ރަސްގެފާނު އައްނަޖާޝީގެ ނައިބެއްގެ ގޮތުގައި އެދުވަސްވަރު ހުރީ އަބްރަހާ ބިން އައްޞައްބާޙް އޭ ކިޔުނު މީހެކެވެ. އަދި ކަޢުބާއަކީީ ޢަރަބިންގެ ގާތުގައި މާތް އަދި މުޤައްދަސް ތަނެއްކަށްވެފައި، ޢަރަބިން ކަޢުބާއަށް ޙައްޖުވެ އުޅޭކަން އަބްރަހާ އަށް އެނގުނެވެ. މިއީ އަބްރަހާ އަށް ބަލައިގަނެވޭވަރު ކަމަކަށްނުވިއެވެ. އަދި މިކަމާ އަބްރަހާ ވަރަށް ނުރުހުންތެރިވެ ރުޅިއައެވެ. މި ސަބަބަށްޓަކައި، ޔަމަނުގެ ޞަންޢާއު އޭކިޔުނު ރަށުގައިި ބޮޑު ކަނީސާއެއް ނުވަތަ ފައްޅިއެއް ބިނާކޮށް، […]
ހެނދުނާއި ހަވީރުގެ ޛިކުރުތަކާގުޅޭ 31 ފައިދާ (4)
(19) ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި، ނަމާދުތަކުގެ ފަހުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތަކާއި، ރޭގަނޑާއި ދުވާލުގެ އެކި ވަގުތުތަކާއި އެކި ޙާލަތްތަކަށާއި އެކި ސަބަބުތަކުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތައްކުރުން މަތީގައި ދެމިހުންނަމީހަކު ވެގެންދާނީ ﷲ މަތިން ގިނަގިނައިން ޛިކުރުކުރާމީހުންގެ ތެރޭގައެވެ.([1]) މާތް ﷲގެ ވަޙީބަސްފުޅުގައިވެއެވެ. ﴿وَالذَّاكِرِينَ اللَّـهَ كَثِيرًا وَالذَّاكِرَاتِ﴾ (الأحزاب: 35) މާނައީ: “އަދި ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި، ޛިކުރުކުރާ އަންހެނުންނެވެ.” މި އާޔަތާބެހޭގޮތުން އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. “މި އާޔަތުގައިވާ ޛިކުރުކުރުމުގެ މުރާދަކީ: […]
އަވަށްޓެރިންގެ ޙައްޤުތައް (4)
ޝައްކެއްވެސް ނެތް ގޮތުގައި އަވަށްޓެރިންނަކީ ގޭ ކައިރީގައި އުޅޭ މީހުންނެވެ. އެކަމަކު އަވަށްޓެރިން ހަމައެކަނި ގޭކައިރި ހިސާބުގައި އުޅޭމީހުންނާ ހަމައިން ނިމެނީއެއް ނޫނެވެ. މިއަށްވުރެން އަވަށްޓެރިން މާނަ ފުޅާވެގެންވެއެވެ. އެގޮތުން ވިޔަފާރިކުރުމާއި ބާޒާރާއި ދަނޑުތަކާއި އޮފީސްތަކާއި ސްކޫލުތަކާއި އަދި މިނޫންވެސް ތަންތާނގައި ތިމާއާ އެކުގައިއުޅޭ މީހުންނަކީވެސް އަވަށްޓެރިންނެވެ.