[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރިން ތަރުބިއްޔަތުކުރުމާގުޅޭ 48 ފައިދާ (3)

(21) ޠާހިރު ކިތައް އަންހެންކުދިންނެއް، އެކުދިންގެ އެކުވެރިންނާ އެއްވައްތަރުވުމަށް ދޫކޮށްލުމުގެ ނަތީޖާއެއްގެގޮތުން ރަނގަޅުމަގުން ކައްސާލައިގެން ގޮސްފައިވޭތޯއެވެ! ހެޔޮމަގުގައި ތިބި ކިތައް ފިރިހެންކުދިންނެއް ގޯސްމީހުންނާޖެހިގެން ޖަރީމާތަކާއި މަސްތުވާތަކެތީގެ ތެރެއަށް ފޭދިގެން ގޮސްފައިވޭތޯއެވެ! ފަރުވާކުރުމަށްވުރެ ހެޔޮވެގެންވަނީ ރައްކާތެރިވުމެވެ. (22) ރަނގަޅު އެކުވެރިއެއް ހޯދުމަށް ދަރިފުޅު ތަމްރީނުކުރެވޭނީ ހެޔޮރަނގަޅު އަޚްލާޤާބެހޭގޮތުން އެ ދަރިފުޅަކާ ސީދާ ވާހަކަ ދެކެވިގެންނެވެ. އަދި ތަފާތު އެކިވައްތަރުގެ ސުލޫކާގުޅޭގޮތުން ޚިޔާލުފާޅުކޮށްގެންނެވެ. އަދި ރަނގަޅު ސުލޫކެއްނަމަ އެކަމާމެދު އުފާކޮށް، އަދި ނުބައި ސުލޫކެއްނަމަ އެކަމުގެ ހިތާމަވެރިކަން ފާޅުކޮށްގެންނެވެ. (23) […]

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް)-6

އޯގާތެރި ބޮޑުބޭބޭފުޅުގެ ބެއްލެވުމުގެ ދަށުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވައްސަލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު އަވަހާރަވުމުން، އެކަލޭގެފާނު ބެލެހެއްޓެވުމާއި ހަވާލުވެވަޑައިގެންނެވީ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުއެވެ. އެގޮތުން އަބޫޠާލިބު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ އެކަލޭގެފާނަކީ އަމިއްލަ އުފަން ދަރިކަލެއްގެ ގޮތުގައި ދެކެވަޑައިގެންނެވެ. އަބޫޠާލިބުގެ އަމިއްލަ ދަރިދަރިކަލުންނަށްވުރެވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިސްކަންދެއްވައެވެ. އެކަލޭގެފާނަށް ފުރިހަމަ އިޙްތިރާމް ދެއްވަވައި އެކަލޭގެފާނުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބަލަހައްޓަވަމުން ގެންދެވިއެވެ. އަދި އެންމެހައި ކަންކަމެއްގައިވެސް އެކަލޭގެފާނަށް […]