[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 12

23- އާޔަތުލް ކުރުސި ކިޔުން

 

((عن أبي هريرة رضي الله عنه أن الشيطان قال له: “إِذَا أَوَيْتَ إِلَى فِرَاشِكَ، فَاقْرَأْ آيَةَ الكُرْسِيِّ: ﴿اللهُ لاَ إِلَهَ إِلَّا هُوَ الحَيُّ القَيُّومُ﴾ ، حَتَّى تَخْتِمَ الآيَةَ، فَإِنَّكَ لَنْ يَزَالَ عَلَيْكَ مِنَ الله حَافِظٌ، وَلاَ يَقْرَبَنَّكَ شَيْطَانٌ حَتَّى تُصْبِحَ”.

فقال له النبي صلى الله عليه وسلم: ((أَمَا إِنَّهُ قَدْ صَدَقَكَ وَهُوَ كَذُوبٌ))  [1]

މާނައީ: ” އަބޫ ޙުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ތިމަންކަލޭގެފާނުގެ ގާތުގައި ޝައިތާނާ ބުންޏެވެ. ކަލޭގެފާނުގެ އެނދުގައި އަވަހާރަފުޅަށް އޮށޯވެވަޑައިގަންނަވާ ހިނދު އާޔަތުލް ކުރުސި ކިޔާހުށިކަމެވެ. ﴿اللهُ لاَ إِلَهَ إِلَّا هُوَ الحَيُّ القَيُّومُ﴾. (އެއީ) އެ އާޔަތް ނިމެންދެނެވެ. ފަހެ ހަމަކަށަވަރުން ތިބާގެ މައްޗަށް ރައްކާތެރިކޮށްދޭނެ މަލާއިކަތަކު މާތް ﷲގެ ޙަޟްރަތުން ކަލޭގެފާނާއި އެކުގައިވާނެއެވެ. އަދި ފަތިސްވަންދެން ޝައިޠާނާ ކަލޭގެފާނާއި ގާތް ނުވާނެއެވެ.”

ދެން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން އެސޮރަކީ ގިނައިން ދޮގުހަދާ މީހަކަސް (މިފަހަރު) ކަލޭގެފާނުގެ އަރިހުގައި އެ ބުނީ ތެދެކެވެ.”

 

 

24- ކޮންމެ ރެއަކުވެސް ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔުން

 

عَنْ أَبِي مَسْعُودٍ رَضِيَ لله عَنْهُ، قَالَ: قَالَ النبي للهِ صَلَّى للهُ عَلَيْهِ وَسَلَّمَ: ((من قرأ بالآيَتَين مِنْ آخِرِ سُورَةِ الْبَقَرَةِ، فِي لَيْلَةٍ كَفَتَاهُ)) [2]

މާނައީ: “އަބޫ މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ރޭގަނޑެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފި މީހާއަށް އެ ދެ އާޔަތް ފުދިގެންވެއެވެ.”

ނަވަވީ رحمه الله ވިދާޅުވިއެވެ.[3] “މި (ޙަދީޘްގެ) މާނައަކީ: ރޭއަޅުކަމަށް އެމީހަކަށް ފުދިގެންވާ ކަމުގައެވެ. އަދި ބުނެވެއެވެ. ޝައިތާނާގެ ކިބައިން އެމީހަކަށް ފުދިގެންވާ ކަމުގައެވެ. އަދި ބުނެވެއެވެ. މުޞީބާތްތަކުން އެމީހަކަށް ފުދިގެންވާކަމުގައެވެ. އަދި މި ހުރިހާކަމެއް މީގެ ތެރޭގައި އެކުލެވިގެންވެއެވެ.”

 

 

25- އިޚްލާޞް ފަލަޤު އަދި ނާސް މި ތިން ސޫރަތް ނިދުމުގެ ކުރިން ކިޔުން

 

وَعَنْ خُبَيْبٍ رضي الله عنه، قَالَ: خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللهِ صلى الله عليه وسلم يُصَلِّي لَنَا، قَالَ: فَأَدْرَكْتُهُ، فَقَالَ: ((قُلْ))، فَلَمْ أَقُلْ شَيْئًا، ثُمَّ قَالَ: ((قُلْ))، فَلَمْ أَقُلْ شَيْئًا، قَالَ: ((قُلْ))، فَقُلْتُ: مَا أَقُولُ؟ قَالَ: ((قُلْ: قُلْ هُوَ اللَّهُ أَحَدٌ، وَالمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ – ثَلاَثَ مَرَّاتٍ – تَكْفِيكَ مِنْ كُلِّ شَيْءٍ)) [4]

މާނައީ: ޚުބައިބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ވިއްސާރަ ރެއެއްގައި ގަދަ އަނދިރީގައި އަހަރެމެންނައިގެން އިމާމުވެ ނަމާދުކުރެއްވުމަށްޓަކައި ނަބިއްޔާ صلى الله عليه وسلم ހޯދުމަށް އަހަރެމެން ނުކުތީމެވެ. އަހަރެމެން ރަސޫލާ ހޯދީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ކިޔާށެވެ.” އަހަރެމެން އެއްވެސް އެއްޗެކޭ ނުބުނެ ތިބެއްޖައީމެވެ. އަނެއްކާވެސް ޙަދީޘްކުރެއްވިއެވެ. “ކިޔާށެވެ.” އަހަރެމެން އެއްވެސް އެއްޗެކޭ ނުބުނެ ތިބެއްޖައީމެވެ. އޭގެ ފަހުގައިވެސް ޙަދީޘްކުރެއްވިއެވެ. “ކިޔާށެވެ.” އަހަރެން ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އަހަރެން ކިޔަންވީ ކޮންއެއްޗެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “قُلْ هُوَ اللَّهُ أَحَدٌ  އާއި ފަލަޤި ނާސް މި ދެ ސޫރަތް ހަވީރުވާއިރު އަދި ހެނދުނުވާއިރު، ތިންފަހަރު ކިޔާށެވެ. އޭރުން ހުރިހާ ކަމަކުން ފުދިގެންވާނެއެވެ.”

 

ތަރުޖަމާކުރީ:

މޫސާ އައްޔޫބު

ޢަބްދުލްމުޢިއްޒު ރަޝީދު

މުޙައްމަދު ޙައްސާނު ރަޝީދު

= ނުނިމޭ =

_________________

އެހެނިހެން ބައިތައް

 

މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.

[1] رواه البخاري: (2311)

[2] رواه البخاري: (5009) ومسلم (808)

[3] شرح الصحيح مسلم(6/91)

[4] سنن الترمذي (3575)