ﷲ ވޮޑިގެންވަނީ ކޮންތާކު؟ (5)
ސުނަންތުގެ އަހުލުވެރިންގެ ބަސްފުޅުތަކުގެ ތެރޭގައި ﷲ ޢައްޒަވަޖައްލަ ވަނީ ޢަރުޝު ޚަލްޤުކުރައްވާފައެވެ. އަދި (ޢަރުޝުވަނީ) އެންމެހާ މަޚްލޫޤުންނަށްވުރެ މަތިވުމުގެގޮތުންނާއި، އުފުލިފައިވުމުގެ ގޮތުން ޚާއްޞަކުރައްވާފައެވެ.

މިހާހިސާބުން އެނގުން މުހިއްމު ކަމަކީ ޢަރުޝިއަކީ ކޮބައިބާއެވެ؟ އެއީ ކޮންތަނެއްބާއެވެ؟ އިސްތަވާވޮޑިގަތުމަކީ ކޮބައިބާއެވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އެއިލާހުގެ ޛާތުފުޅާއިގެން އުޑުތަކުގެ މަތީގައިކަމަށް ދަލީލުކުރާ ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެފައިވެއެވެ.

ސުންނަތާއި ޖަމާޢަތުގެ ޢިލްމުވެރިންގެ ބަސްފުޅަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ ހުރިހާ އުޑުތަކެއްގެ މަތީ، އެންމެހާ ޚަލްޤުތަކާ ވަކިވެވަޑައިގެން، ޢަރުޝިއަށް އިސްތަވާވޮޑިގެންނެވެ.

މިސުވާލަކީ އެނގުން މުހިއްމު، އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރިކުރުމުގެ ތެރެއިންވާ، އަދި ޤުރުއާނާއި ސުންނަތުގެ މަގަށް ރުޖޫޢަވުމުގެ ވަރަށް މުހިއްމު ސުވާލެކެވެ. އަޅަކަށް އެނގުން އެންމެ މުހިއްމު އެއްކަމަކީ އޭނާގެ ވެރިއިލާހު ވޮޑިގެންވާތަނެއް އެނގުމެވެ.

ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ ﷲ ތަޢާލާ ވޮޑިގެންވަނީ ޢަރުޝީގެ މަތީގައެވެ. އެއިލާހުގެ ޢަރުޝިކޮޅުވަނީ އުޑުތަކުގެ މަތީގައެވެ. ﷲ ތަޢާލާވޮޑިގެންވަނީ އެންމެ މަތީގައެވެ. އެއިލާހަށްވުރެ މަތީގައި އެއްވެސް އެއްޗެއްނުވެއެވެ. އެއިލާހަށްވުރެ ބޮޑު އެއްވެސް ފަރާތެއް ނުވެއެވެ.

ﷲ ތަޢާލާއަށް އެއިލާހުގެ ޛާތުފުޅާ އެކަށީގެންވާގޮތުގައި ޢުލުއްވުއް ޛާތުގެ ޞިފަލިބިވޮޑިގެންވާކަން (އެބަހީ: އެންމެހާ މަޚްލޫޤުންނަށްވުރެ މަތީގައި ވޮޑިގެންވާކަން) ޤަބޫލުކުރުމީ އަހްލުއްސުންނަތުގެ ޢަޤީދާއެވެ. އަދި އެކަން އިންކާރުކުރުމީ އަހްލުއްސުންނަތުގެ ޢަޤީދާއާ ޚިލާފުކަމެކެވެ.