އަބޫ ބަކުރުއްޞިއްދީޤް ރަޟިޔަﷲ ޢަންހު
އަބޫ ބަކުރުއްޞިއްދީޤް ރަޟިޔަﷲ ޢަންހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 573 ވަނަ އަހަރުއެވެ. އެކަލޭގެފާނުގެ ލަޤަބުފުޅަކީ އައްޞިއްދީޤްއެވެ. އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ ޤުރައިޝް ވަންހައިގެ ޢާއިލާއެއް ކަމުގައިވާ ބަނޫ ތަމީމް އަށެވެ. ބައްޕާފުޅަކީ އުޘްމާން ބިން ޢާމިރުއެވެ. އެކަލޭގެފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ އެވެ. އެކަލޭގެފާނަކީ ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވި ޞަޙާބީއެވެ. އަދި މީގެއިތުރުން އިސްލާމީ އުންމަތުގެ އެންމެ ފުރަތަމަ ޚަލީފާކަން 2 އަހަރާއި 3 މަސް ދުވަސް ވަންދެން ކުރެއްވިއެވެ.…