[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުގަނޑުމެންނަކަށް މިޕުލެނެޓް ޙިމާޔަތްނުކުރެވޭނެއެވެ.

الله سبحانه وتعالى އަހަރެމެން އިންސާނުން އުފައްދަވާފައި ވަނީ ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ. އެކަން ކީރިތި ޤުރުއާންގައި ވަރަށް ސާފްކޮށް ބަޔާން ކޮށްދެއްވާފައިވެއެވެ. އަދި އަހަރެމެންގެ އަމިއްލަ ނަފްސުތަކާއި އަނބިދަރިން ނަރަކައިން ސަލާމަތް ކުރުމަށް އެއިލާހު ވަނީ އަމުރު ކުރައްވާފައެވެ. އަހަރެމެންގެ ނަފްސުތަކަށް ރައްކާތެރި ވުމަށް އެއިލާހު އަންގަވައެވެ. އެ ނަފްސު އެއިލާހު ނަހީ ކުރެއްވި ކަންތައްތަކުން ދުރުކޮށް ރައްކާތެރި ކުރުމަށެވެ. އެއިލާހު އަހަރެމެންނަށް ކުރުމަށް އަމުރު ކުރައްވާފައި ވަނީ އަހަރެމެންނަށް ކުރުމަށް ކުޅަދާނަވާ ކަންތައްތަކެވެ. އަހަރެމެންނަށް ނުއުފުލެއްވޭ ވަރުގެ ބުރަތައް އުފުލާކަށް ނުޖައްސަވައެވެ. އަހަރެމެން ކުރަންވީ ކަމަކީ ފުރިހަމައަށް ދީނަށް ވަދެ އެއިލާހު އަމުރުކުރެއްވި ގޮތަށް އެއިލާހަށް އަޅުކަން ކުރުމެވެ. އޭރުން ސުވަރުގޭގެ ދާއިމީ ނިޢުމަތް އަހަރެމެންނަށް އެއިލާހުގެ ރަޙްމަތްފުޅުން ލިބޭނެއެވެ.
ނަމަވެސް الله سبحانه وتعالى ޖައްސަވާފައިވާ ތަކްލީފްތައް ކުޑަ ވެގެން މީސްތަކުންގެ ތެރެއިން ބަޔަކު އުޅޭހެން ހީވާފަދަ މަންޒަރުތަކެއް މިއަދު ފެންނަމުން އެބަދެއެވެ. އެބައިމީހުންނަށް އުފުލަން ނުޖެހޭ ބޮޑެތި ޒިންމާތައް (މިސާލަކަށް އަޅުގަނޑުމެންގެ މި އުޅެމުންދާ ޕްލެނެޓް ޙިމާޔަތް ކުރުން، ވެލާ ކަހަނބު ޙިމާޔަށް ކުރުން ފަދަ ކަންކަން) އެބައިމީހުން ވަނީ އުފުލަން ފަށާފައެވެ. الله سبحانه وتعالى ތަޢާލާއަށް އަދާކުރަން ޖެހޭ އަޅުކަން ތަކަށްވުރެވެސް ބޮޑަށް މިކަމާއި މިބައިމީހުން ކަންބޮޑު ވެއެވެ. މި ކާއިނާތުގެ ނިޒާމް ފުރިހަމަ ގޮތުގައި ވުޖޫދަށް ގެންނަވާ، މި ނިޒާމް ފުރިހަމައަށް ބަލަހައްޓަވަނީ الله سبحانه وتعالى ކަން ކަށަވަރެވެ. އެހެންކަމުން ޕްލެނެޓް ޙިމާޔަށް ނުވެގެން އުޅުމަކީ އަހަރެމެން އެކަމާ މަސްއޫލުވާންޖެހޭނޭ ކަމެއްނޫނެވެ. އެކަމުގެ ޒިންމާ الله سبحانه وتعالى ވަނީ ނަންގަވާފައެވެ. އެއިލާހު އިރާދަ ކުރައްވާ ދުވަހެއް އައުމުން މުޅި ކާއިނާތު ފުނޑުފުނޑުވެގެން ދާނެއެވެ. އެއީ ޤިޔާމަތް ދުވަހެވެ. އެދުވަހުގައި އަހަރެމެންނާ ސުވާލު ކުރެވޭނީ އަހެރެމެންނަށް الله سبحانه وتعالى ކުރަން އަމުރު ކުރެއްވި އަޅުކަންތަކާ މެދުގައެވެ. ޕްލެނެޓް ޙިމާޔަތްކުރަން ކުރީ ކޮންމަސައްކަތެއްތޯ ނުވަތަ ވެލާ ކަހަނބު ޙިމާޔަތް ކުރަން މަސައްކަތްނުކުރީ ކީއްވެގެންތޯ އަޅުގަނޑުމެންނަކާ ސުވާލެއް ނުކުރެވޭނެއެވެ. އަދި “ޙިމާޔަތް” ކުރުމުގެ މަސައްކަތުގެ ސަބަބުން ލިބުނީ ބައިނަލްއަޤްވާމީ ކިތައް އެވޯޑްތޯ އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.