عَنْ ثَوْبَانَ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” لاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِي بِالْمُشْرِكِينَ ، وَحَتَّى يَعْبُدُوا الْأَوْثَانَ ، وَإِنَّهُ سَيَكُونُ فِي أُمَّتِي ثَلَاثُونَ كَذَّابُونَ كُلُّهُمْ يَزْعُمُ أَنَّهُ نَبِيٌّ ، وَأَنَا خَاتَمُ النَّبِيِّينَ ، لاَ نَبِيَّ بَعْدِي -قال ابو عيسى هذا حديث حسن صحيح قال الشيخ الألباني : صحيح
މާތް ﷲ ރުއްސުންލެއްވި ޘައުބާންގެ ކިބައިން ރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ.” ތިމަންކަލޭގެފާނުންގެ އުންމަތުން ބައެއް ޤަބީލާތައް ޝިރުކާއި ބައްދަލުކޮށް، ބުދަށް އަޅުކަން ކޮށްފުމަށް ދާންދެން ޤިޔާމަތް ޤާއިމު ނުވާނެތެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ތިރީސް ( ބައެއް ރިވާޔަތްތަކުގައި ތިރީހާ ގާތްކުރާ ޢަދަދަކަށް) ދޮގުވެރިން ދައްޖާލުން ފާޅުފާނެތެވެ. އެއިން ކޮންމެ މީހަކުވެސް އެއީ ނަބިއްޔެއްކަމަށް ދެކޭނެތެވެ. ތިމަންކަލޭގެފާނީ ނަބީކަން ޚަތުމުކުރެއްވި ސާހިބާއެވެ. ތިމަންކަލޭގެފާނަށްފަހު އައު ނަބިއްޔަކު ނުވެއެވެ.