ތިބާގެ ނިޔަފަތިތަކަށް ބަލާށެވެ
މާތްﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ނެތުމުގެ ތެރެއިން ޚަލްޤުތަކުން ޚަލްޤުކުރައްވާ، ފުރިހަމަ ޤަވާއިދާ ނިޒާމްގެ ދަށުން ކަންކަން ހިންގަވަމުންދާ އެންމެ ކުޅަދުންވަންތަ އިލާހެވެ. އެކަލާނގެ ކުޅަދުންވަންތަކަމުގެ ވާހަކަ ދައްކައި ކޮޅުން ނުލާހާ ގިނައެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. މިގޮތުން މާތްﷲ ގެ ކުޅަދުންވަންތަކަމުގެތެރޭގައި އިންސާނާގެ ފަޔާއި އިނގިލިތަކުގައިވާ ނިޔަފަތިތައް ނުހިމެނި ނުދާނެ ކަމީ ޝައަކެތް އޮތް ކަމެއް ނޫނެވެ. ނިޔަފައްޗަކީ އޭގެ ޒާތުގައި ވަރަށް ޢަޖާއިބުކުރުވަނިވި ގޮތަކަށް…