[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މައިންބަފައިންނަށް ލަޢުނަތްދިނުމުން ރައްކާތެރިވެލައްވާ!

عَنْ عَبْدِ اللهِ بِنْ عَمْرُو رَضِيَ اللهُ عَنْهُمَا قَالَ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ (إِنَّ مِنْ أَكْبَرِ الْكَبَائِرِ أَنْ يَلْعَنَ الرَّجُلُ وَالِدَيْهَ). قِيْلَ: يَا رَسُوْلَ اللهِ، وَكَيْفَ يَلْعَنُ الرَّجُلُ وَالِدَيْهِ؟ قَالَ:(يَسُبُّ الرَجُلُ أَبَا الرَّجُلِ، فَيُسُبُّ أَبَاهُ، وَيَسُبُّ أُمَّهُ فَيَسُبُّ أُمَّهُ).- صحيح البخاري:كتاب الأدب: باب لا يسب الرجل والديه: 5628

ޢަބްދުﷲ ބުން ޢަމްރު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ޙަދީޘްފުޅު ކުރެއްވިއެވެ. ” މީހަކު އޭނާގެ މައިންބަފައިންނަށް ލަޢުނަތްދިނުމަކީ ބޮޑުފާފައިގެ ތެރެއިންވާ ކަމެކެވެ.” އަޞްޙާބު ބޭކަލުން ދެންނެވިއެވެ. ” މީހަކު އޭނާގެ މައިންބަފައިންނަށް ލަޢުނަތްދީ ހުތުރު އެއްޗެހި ކިޔާނީ ކިހިނަކުންތޯއެވެ؟ ” ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. ” މީހަކު އެހެންމީހެއްގެ ބައްޕައަށް ހުތުރުއެއްޗެއް ބުނުމުން އެމީހާ އޭނާގެ ބައްޕައަށް ހުތުރުއެއްޗެއް ބުނުމެވެ. އަދި އެހެންމީހެއްގެ މަންމައަށް ހުތުރުއެއްޗެއް ބުނުމުން އެމީހާ އޭނާގެ މަންމައަށް ހުތުރު އެއްޗެއް ބުނުމެވެ. “