[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ނަޒަރަކުން ޖަނަވާރުތަކުގެ ޙައްޤުތައް

އިސްލާމްދީނާ ޢަދާވާތްތެރި މީހުން ބުނެއުޅޭގޮތުގައި މިދީނުގައި ވަނީ އިންސާނުންނާއި، ޖަނާވާރުތަކުގެ ޙައްޤުތަކެއް ނިގުޅައިގެންފައެވެ. ނަމަވެސް ޝައްކެއްނެތްގޮތުގައި މިދީނަށްވުރެ އިންސާނުންގެ ޙައްޤުތަކާއި، ޖަނާވާރުތަކުގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ދީފައިވާ އެއްވެސް ދީނެއް ނެތެވެ.

ތަވްޙީދު ފިލާވަޅު 1 (ކިތާބުއް ތަވްޙީދުގެ ޝަރަޙަ)

ﷲގެ އިރާދަފުޅާ އެކު، މިފިލާވަޅުތަކުގައި ޝަރަޙަކުރެވޭތޯ އަޅުގަނޑު ބަލާނީ، ތަވްޙީދުގެ މަޝްހޫރުފޮތް ކިތާބުއްތަވްޙީދެވެ. ޝަރަޙަކުރުމުގައި އަޞްލަކަށް ބަލާނީ ޝައިޚު މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން ލިޔުއްވާފައިވާ ‘އަލް ޤައުލުލް މުފީދް ޢަލާ ކިތާބިއްތަވްޙީދް’ އާއި ޝައިޚް މުޙައްމަދު ބިން ޢަބްދިލްޢަޒީޒް އަލްޤަރްޢާވީ ލިޔުއްވާފައިވާ ‘އަލްޖަދީދް ފީ ޝަރްޙި ކިތާބިއްތަވްޙީދް’ އެވެ.

އިސްލާމްދީނުގައި ނަމާދުގެ މަޤާމް.

އެއްވެސް އަޅުކަމަކަށް ދެވިފައިނުވާ މަޤާމެއް އިސްލާމްދީނުގައި ނަމާދަށްދެވިފައިވެއެވެ. ކީރިތި ރަސޫލާ ޞައްލައްޣ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވައެވެ.  ” ދީނުގެ އަޞްލަކީ ނަމާދެވެ. އަދި އޭގެ ތަނބުތަކަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ. ” ( ރަވާޙު އައްތިރްމިޒީ ). ނަމާދަކީ އަޅުކަންތަކުގެތެރެއިން އެންމެ ފުރަތަމަ ﷲ ވާޖިބު ކުރެއްވި އަޅުކަމެވެ. ކީރިތި ރަސޫލާ މިޢުރާޖަށް އަރައިވަޑައިގެންނެވި ރޭގައި އެއްވެސް ވާހިޠާއެއްނެތި އެކަލޭގެފާނުގެ މައްޗަށް މާތްﷲ އެނަމާދު ފަރުޟު ކުރެއްވިއެވެ. މާތްﷲ […]

ލޮބުވެތި އަޚާއެވެ. ތިބާގެ މޫނުމަތިން އެއްޗެއްމަދުކަން ތިބާއަށް އިޙްސާސްކުރެވޭ ހެއްޔެވެ؟

ލޮބުވެތި އަޚާއެވެ! މިކާއިނާތަށް ތިބާ ޚަލްޤު ކުރެއްވި ގަދަކީރިތިވަންތަ ރައްބުގެ އަމުރަށް ނުކިޔަމަންތެރިވާޙާލު، ރެޔާއި ދުވާލު ތުނބުޅިބޭލުމުގެ ފާފައިގެމަތީގައި ހުރުމަށް ބިރެއް ނުގަނޭހެއްޔެވެ؟

ޢަމަލުތައް ބޭކާރުކޮށް ނުލައްވާށެވެ !

މުސްލިމުންނަށް ވީތީ އަޅުގަނޑުމެން އަދާކުރަންޖެހޭ ފަރުޟުތަކާއި ވާޖިބުތައް ހުރެއެވެ. އެއީ ކުރުން ކޮންމެހެން ލާޒިމު ކަންތަކެވެ. މީގެ އިތުރުންވެސް ކުރުން މުސްތަޙައްބު ކަންތައް ހުރެއެވެ. އެހެންކަމުން، ހެޔޮ ލަފާ ރަނގަޅު މުސްލިމަކު އޭނަގެ މައްޗަށްވާ ފަރުޟުތައް އަދާކުރާނެ ކަމާމެދެ ޝައްކެއް ނެތެވެ. އަޅުގަނޑުމެން ކުރާ ޢަމަލުތަކަކީ ބޭކާރު ޙަރަކާތްތަކަކަށް ވެގެން ދިއުމަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެދޭނޭ ގޮތެއް ނޫނެވެ. ސަބަބަކީ އަޅުކަން ކުރަނީ މަޤްބޫލު އަޅުކަމެއްގެ އުއްމީދުގައި ކަމަށްވާތީއެވެ. އެހެންކަމުން، މި ލިޔުމުގައި އަޅުގަނޑު ބަލާލަން […]