އިންސާނާގެ މަރު 1
ހިނގާ ކޮންމެ ސިކުންތަކާއެކު ތިމާގެ އުމުރު ކުރުވަމުން އަންނަކަން އިޙްސާސް ކުރެވޭ ހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. މި ދުނިޔެއަށް އުފަންވާ ކޮންމެ މީހަކީ މަރުގެ ރަހަ ދެކޭނެ މީހެކެވެ. މިގޮތުން އެތަށް ބަޔަކު މިހާރު މަރުވެއްޖެއެވެ. އެމީހުންގެ ތެރޭން ވަރަށް މަދު ބައެއްގެ ފިޔަވާ ނިޝާންވެސް ފެންނާކަށް ނެތެވެ. މިހާރު މި ދުނިޔޭގައި ތިބި އެންމެންވެސް، އަދި އުފަންވާން ތިބި އެންމެން ވެސް ކަނޑައެޅިފައިވާ ވަގުތެއްގައި މަރުވާނެއެވެ. ނަމަވެސް އަހަރުމެން މިދުނިޔޭގައި އުޅޭއިރު، އެކަމުގެ މައްޗަށް މާބޮޑު…