[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރީން ތަރުބިއްޔަތު ކުރުން…4

7. ޚިތާނު ކުރުން

ޚިތާނުކުރުމަކީ އިސްލާމްދީން ނުހަނު ބާރު އަޅާ ކަންތައްތަކުގެތެރެއިން އެއްކަމެވެ.

ޚިޠާނު ނުކޮށް ހުރުމުގެ ސަބަބުން ކުޑަކަމުދާ އެތިކޮޅުތައް ހަންގަނޑުގެ ތެރެއަށްވަދެ ނަޖިސްވެދެއެވެ. ވީމާ މިކަމުން ސަލާމަތްވެ ޠާހިރުވުމަށްޓަކައި ޚިޠާނުކުރުމަށް އިސްލާމްދީން ނުހަނު ބާރު އަޅައެވެ. ކިޠާނުކުރުމަކީ ހަމަ އެކަނި ފިރިހެން ކުދީންނަށް އޮތްކަމެއްނޫނެވެ. އެކަން އަންނަނިވި ޙަދީޘުން ޘަބިތެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވައެވެ.

އަނބިމީހާއާއެކު އެއްދާންކޮށް، ޚިތާނާއި(ލަދުވެތިގުނަވަނާއި) ޚިތާނު(ލަދުވެތިގުނަވަން) ޖެހިއްޖެނަމަ(ޖިމާޢުވެއްޖެނަމަ) ހިނައިގައިގަތުން ވާޖިބުވެއްޖެއެވެ.”

ވީމާ މިކަމަށް ރައްކާތެރި ވުން ހުއްޓެވެ. ކުދީން ޚިތާނުކުރުން އެންމެ ރަގަޅީ ބާލިޢުވުމުގެ ކުރީންނެވެ.

(އަންހެން ކުދީން ޚިތާނުކުރުމާއިބެހޭގޮތުން އިތުރު ތަފްސީލު ބޭނުންފުޅުވާ ބޭފުޅުން،  އަލްއަޚް މުޙައްމަދު ޝަމްޢޫން ލިޔުއްވާފައިވާ ” އަންހެން ކުދީން ޚިޠާނު ކުރުމަކީ ދީނީ ކަމެއްތޯއެވެ؟ ” ލިޔުން ވިދާޅުވުމުން އިތުރު ތަފްސީލު ލިބިވަޑައިގަންނަވާނެއެވެ. )

8. ނަމާދު ކުރުވުމަށް ގަދައެޅުން

ދަރިފުޅު ޅައިރުއްސުރެން ނަމާދެ ކުރުމަށް ޝަޢުޤުވެރިކަން އުފައްދަންވާނެއެވެ. ދަރިފުޅުގެ ޢުމުރުން 7 އަހަރުވުމުން ނަމާދު ކުރުމަށް އަމުރު ކުރުމާއި އަދި 10 އަހަރުވުމުން ގަދަކަމުން އަދަބު ދީގެންނަމަވެސް ދަރިފުޅު ލައްވާ ނަމާދު ކުރުވަންނާވެއެވެ. ކީރިތި ރަސޫލާ ޙަދީޝް ކުރައްވާފައުވެއެވެ.

ކުޑަކުއްޖާ 7 އަހަރުވީމާ ނަމާދު ކުރަން ދަސްކޮށްދީ ހަދާށެވެ

އަދި އެހެން ރިވާޔަތެއްގައި ވެއެވެ.

7 އަހަރުވީމާ ނަމާދު ކުރަން އަމުރު ކުރާށެވެ. ” (އައްތިރްމިޒީ)

9. ދަރިންނަށް މާތްކޮށްހިތައި އިސްލާމްދީނުގެ ތަރުބިއްޔަތާ އަޚްލާޤު ދަސްކޮށްދިނުން.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.

ކުޑަކުއްޖާއަށް މާތްކޮށް ހިތައި އަދި އެކުދީންގެ އަދަބުތައް ރިވެތި ކުރާށެވެ. ” ( އިބްނު މާޖާ )

އެކުދީންގެ އަދަބު ތައް ރިވެތި ކުރެވޭނީ ރިވެތި ނަމޫނާއާއިއެކު މައިންބަފައިން އެކުދީންނަށް ރިވެތި އަދަބުތައް ދަސްކޮށްދިނުމުންނެވެ. މިގޮތައް ކަންތައްކުރާއިރު އެންމެ އިސްކަންދޭންޖެހޭނީ ކުއްޖާއަށް އިސްލާމްދީން އުނގަންނައި ދިނުމަށާއި އެދީނުގެ ރިވެތި އަދަބުތައް ދަސްކޮށްދިނުމަށެވެ.

ދަރީންނަކީ އެކުދީން ހޭނުވި ގޮތަކަށް ބޮޑުވަމުން އަންނަ ބަޔެކެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.

”  ކޮންމެ އާދަމުގެ ދަރިޔަކުވެސް ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފު ކަންމަތީގައެވެ. ދެން އެކުއްޖާ ޔާހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ނުވަތަ ނަޞާރާއަކަށް ހަދަނީވެސް އެކުއްޖާގެ މައިންބަފައިންނެވެ.

ވީމާ ދަރީން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ވަރަށް ސަމާލުވާންޖެހެއެވެ. ދަރީންނަށް އިސްލާމްދީނަށް ހާނުވައި އިސްލާމް ދީނުގެ މާތް އުޞޫލުތަކާއި ރިވެތި އަޚްލާޤު ދަސްކޮށްދިނުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު ޒިންމާއެކެވެ.

10. ކުދީންގެ މެދުގައި އެއްވަރު ކުރުން.

1 ކުއަޖަކަށްވުރެ ގިނަ ކުދީން ލިބިފައިވާ ޢާއިލާއެއްނަމަ ކުދީންގެ މެދުގައި ހަމަހަމަ ކުރުމާއި އެއްވަރުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ވަކި ކުއްޖަކަށް ވަކި ގޮތެއް ހަދައިދީ ނުވަތަ ވަކި ކުއްޖަކު ރުއްސަން މަސައްކަތްކޮށް ދެން ހުރި ކުއްޖާ ކުޑައިމީސްކޮށް އެ ކުއްޖާގެ އިޙުސާސްތަކާއި މެދު ނުވިސްނައި ކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނޭ ކަމެއް ނޫނެވެ. ކިރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.

ކަލޭމެންގެ ކުދީންނަށް އެއްޗެއްދީފިނަމަ އެކުދީންގެ މެދުގައި އެ ދޭ ދިނުމެއް އެއްވަރު ކުރާށެވެ. ” (ސަޙީހް އަލް ބުޚާރީ )

މި ބަސްފުޅުގެ މުރާދަކީ މިސާލަކަށް ބޮޑެތި ކުދީންނެކޭ އެއްވަރަށް ކުޑަކުދީންގެ ކާ އެތިކޮޅު އެއްވަރުކޮށް ނުވަތަ ކުޑަ ކުދީންނެކޭ އެއްވަރަށް ބޮޑެތި ކުދީންގެ ކާއެތިކޮޅު އެއްވަރު ކުރާ ވާހަކައެއްނޫނެވެ. އޭގެ މިސާލަކީ އެއްކުއްޖަކަށް ގަމީހެއް ދީފިނަމަ އަނެއްކުއްޖަކަށްވެސް ގަމީހެއް ދިނުމެވެ. އެއް ކުއްޖަކަށް ކިޔަވައިދީފިނަމަ އަނެއް ކުއްޖަކަށްވެސް ކިޔަވައިދިނުމެވެ. އަދި ހަމަ އެފަދައިން އެއްކުއްޖަކަށް މެޓައެއްދީފިނަމަ އަނެއް ކުއްޖަކަށްވެސް މެޓައެއް ދިނުމެވެ.

( ނިމުނީ )