[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ އަށް އުރެދޭ މީހުންގެ ޖަޒާ ވަނީ ކޮންފަދައަކުން ކަން ނުފެނޭތޯއެވެ؟

އަޅުގަނޑުމެންގެ ކަންތައްތައް ތަދުބީރު ކުރައްވާ ގަދަކީރިތިވަންތަ، އާރާއި ބާރުގެ ވެރި އިލާހް، ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ ތެރެއިން މީހަކާއިމެދު ނިޔާ ކަނޑަ އަޅުއްވާފައިވަނީ ކޮންފަދައަކުން ކަމާމެދު އެނގެނީ ފަހެ ކާކަށްތޯއެވެ؟ އެއިން ކަމެއް އަޅުގަނޑުމެންނަށް އެނގޭ ކަމުގައި ވަނީނަމަ ހަމަ ޔަޤީނުންވެސް ހެޔޮ ރަނގަޅު ކަންތައްތައް ހޯދައިގަތުމަށް އަވަސްވެގަނެ، ނުބައި ދެރަ ގޮތްތަކުން ދުރުވުމަށް މަސައްކަތް ނުކުރާނެ ހަމަ އެކަކުވެސް މިބިންމަތީގައި ހުރީސްބާވައެވެ؟ ﷲ ސުބްޙާނަހޫ ވަތަޢާލާ ފިރުޢައައުނަށް ވެރިކަމާއި އާރާއި ބާރު ދެއްވީ ކޮން […]

ދެއްކުންތެރިކަމާއި ގާތްނުވާށެވެ.

ހައްވަ ކޮޓަރީގައި ނަމާދުކުރަމުންދިޔަލެއް އަވަސްކަމުން ހީވަނީ ޗާބީ ދީފައި ހުރި ބުދެއްހެންނެވެ. ނަމާދަށް ހަރަމް ބަނުމާއި ސަޖިދަ އަށް ދިޔުމާއި ދެމެދުގައި ބައި ސިކުންތު ނުވެޔޭ ބުންޏަސް ރަނގަޅުވާނެއެވެ. ކުއްލިއަކަށް މިއަވަސްކަމުގައި ނަމާދުގެ ރަކުއަތަކަށްފަހު ރަކުއަތެއް ކުރަމުންދަނިކޮށް ކޮޓަރީގެ ދޮރުން މީހަކުވަދެއްޖެއެވެ. ވަނުމާއެކުގައި ހައްވަގެ ހަރަކާތްތައްވެސް ފިސާރި މަޑުވެ މަޑޮމޮޅިވެ، ހުޝޫއަތްތެރިވެއްޖެއެވެ. އެވަން މީހަކު ވަންފަހުން ސަޖިދާގައި އޮތްވަގުތުތައް ދަމާލައި މަޑުމޮޅިކަމާއި އެކު ނަމާދުކޮށް ނިންމާލައިފިއެވެ.ނިންމާ ފަހަތް ބަލައިލިއިރު ގޭގައި ގެންގުޅޭ ބުޅާ ނަގޫތަޅުވާލާ ތަޅުވާލާ އޮތެވެ. […]

الرِّيَاءُ (ދެއްކުންތެރިކަން)

އަޅުގަނޑުމެންނަކީ ﷲ ތަޢާލާއަށް އީމާން ވެގެން ތިބި މުސްލިމުންނެވެ. ދުނިޔޭގެ ޙަޔާތަކީ ވަގުތީ ޙަޔާތެއް ކަމާއި ދާއިމީ ޙަޔާތަކީ އާޚިރަތުގެ ޙަޔާތް ކަމުގައި އަޅުގަނޑުމެން ހިތުގެ އަޑިން ޤަބޫލުކުރަމެވެ. ވީއިރު އަޅުގަނޑުމެންގެ މި ވަގުތީ ޙަޔާތުގެ މަޤްޞަދަކަށް ވާންވާނީ އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި ގަދައަޅާ މަސައްކަތްކުރުމެވެ. ހެޔޮކަމުގެ މީޒާން ބަރުކުރުމަށްޓަކައި އަޅުކަމުގައި މަޝްޣޫލުވެ އަދި ކުރާ އަޅުކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ އަޅުމަކަށް ހެދޭތޯ މަސައްކަތްކުރަންޖެހެއެވެ. މިގޮތުން އަޅުކަމެއްގައި ފުރިހަމަ ވާންޖެހޭ އެންމެ މުހިއްމު ޝަރުތަކީ އެއަޅުކަމަކީ […]