އިފްކުގެ ޙާދިޘާ 6
ޢާއިޝާ رضي الله عنها އެހެން އިންނަވަނިކޮށް ނަބިއްޔާ صلى الله عليه وسلم އެކަމަނާގެ ގެކޮޅަށް ވަޑައިގެން ސަލާމް ގޮވާލައްވައި އެކަމަނާގެ ޙާލުކޮޅާމެދު ސުވާލުފުޅުކުރެއްވުމުން އެއަށް ޖަވާބުދާރިވެވަޑައިގެންނެވުމަށްފަހު އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅުގެ އަރިހަށް ވަޑައިގަތުމުގެ އިޒުނަފުޅަށް އިތުރު އެކަލޭގެފާނުގެ އަރިހުން އެދިވަޑައިގެންނެވިއެވެ. އަދި އިޒުނަފުޅު ލިބިވަޑައިގަތުމުން އެދެބޭކަލުންގެ އަރިހަށް ވަޑައިގެން މަންމާފުޅުގެ އަރިހުން ސުވާލު ދެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ: “އޭ މަންމާފުޅާއެވެ! މީސްތަކުން މިކިޔަނީ ކީކޭހެއްޔެވެ؟”. ޖަވާބުގައި މަންމާފުޅު ވިދާޅުވިއެވެ. “އޭ ދަރިފުޅާއެވެ! އެކަމާ…