14.ކެއުން ބުއިމުގައި ރަނާއި އަދި ރިހީގެ ތަށި ބޭނުން ކުރުން
އުއްމު ސަލަމާ رضي الله عنها އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((مَنْ شَرِبَ فِي إِنَاءٍ مِنْ ذَهَبٍ، أَوْ فِضَّةٍ، فَإِنَّمَا يُجَرْجِرُ فِي بَطْنِهِ نَارًا مِنْ جَهَنَّمَ))1
މާނައީ: “ރަނުގެ ތަށި ނުވަތަ ރިހީގެ ތަށިން ބޮއިފި މީހާ އޭނަގެ ބަނޑަށް ލާކަން ކަށަވަރީ ނަރަކައިގެ އަލިފާނެވެ.”
އަދި ޙުޛައިފާ رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
((لاَ تَلْبَسُوا الحَرِيرَ وَلاَ الدِّيبَاجَ، وَلاَ تَشْرَبُوا فِي آنِيَةِ الذَّهَبِ وَالفِضَّةِ، وَلاَ تَأْكُلُوا فِي صِحَافِهَا، فَإِنَّهَا لَهُمْ فِي الدُّنْيَا وَلَنَا فِي الآخِرَةِ))2
މާނައީ: “ތިޔަބައިމީހުން ފަށުއި ފޭރާން ނުލާށެވެ. އަދި ރަނާއި ރިހީގެ ތަށީގައި ކައިބޮއި ނޫޅޭށެވެ. ހަމަކަށަވަރުން އެއެއްޗެހި ވަނީ މިދުނިޔޭގައި ކާފަރުންނަށެވެ. އަދި އާޚިރަތްދުވަހުން އަހަރުމެންނަށެވެ.”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
[1]صحيح مسلم
[2]متفق عليه