ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 64 ” އަޅުއަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުން.. “
އަޅުއަންހެނާ އޭނާގެ ސާހިބުމީހާ ވިހެއުން. ޖިބްރީލް ޙަދިޘް [ގެ ނަމުން ނަންދެވިފައިވާ] ދިގު ޙަދީޘްގައި އައިސްފައި ވެއެވެ. އެކަލޭގެފާނަށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((وَسَأُخْبِرُكَ عَنْ أَشْرَاطِهَا: إِذَا وَلَدَتْ الْأَمَةُ رَبَّتَهَا)) –متفق عليه-[1] މާނައީ: “ނަމަވެސް އެކަމުގެ ޢަލާމާތްތައް ޚަބަރު ކަލޭގެފާނަށް ދެއްވަފާނަމެވެ: އަޅުއަންހެނާ އޭނާގެ (އަންހެން) ސާހިބުމީހާ ވިހައިފުމުންނެވެ.” އަދި މުސްލިމްގެ ރިވާޔަތުގައި ވަނީ: ((إِذَا وَلَدَتِ الْأَمَةُ رَبَّهَا))[2] “އަޅުއަންހެނާ އޭނާގެ (ފިރިހެން) ސާހިބުމީހާ ވިހައިފުމުންނެވެ.” މިޢަލާމާތުގައި…