[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 47

17760

އަދި ހަމައެފަދައިން ކާބަފައިން އެކަމެއްގެ މަތީގައި ދެމިތިބި އިސްލާމްދީނާއި ޚިލާފު ކަންތައްތަކަށް ތަބާވާ ދަރިންގެ އަދަދު ގިނަވުމަކީވެސް ނަރަކަވަންތަވެރިން ގިނަވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.

(وَكَذَٰلِكَ مَا أَرْسَلْنَا مِن قَبْلِكَ فِي قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَا إِنَّا وَجَدْنَا آبَاءَنَا عَلَىٰ أُمَّةٍ وَإِنَّا عَلَىٰ آثَارِهِم مُّقْتَدُونَ ﴿٢٣﴾  قَالَ أَوَلَوْ جِئْتُكُم بِأَهْدَىٰ مِمَّا وَجَدتُّمْ عَلَيْهِ آبَاءَكُمْ ۖ قَالُوا إِنَّا بِمَا أُرْسِلْتُم بِهِ كَافِرُونَ ﴿٢٤﴾) [سورة الزخرف 23،24]

މާނައީ: “އަދި ހަމައެފަދައިން އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ހަމަކަށަވަރުން، ތިމަންމެންގެ ކާބަފައިން ދީނެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއޭ އަދި ހަމަކަށަވަރުން، އެއުރެންގެ އަޘަރުތަކުގެ މަތީގައި ތިމަންމެން ތަބަޢަވެގެން ހިނގަމުއޭ ނުބުނާ އެއްވެސް ރަށަކަށް އިންޛާރުކުރެއްވުމަށް ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ. އެބޭކަލަކު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ކާބަފައިން އެ ދީނެއްގެ މަތީގައި ވަނިކޮށް ތިޔަބައިމީހުން ދުށް ދީނަށްވުރެ ޙައްޤުކަންބޮޑު ދީނަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިމަންކަލޭގެފާނު ވަޑައިގަތްކަމުގައިވިޔަސް ހެއްޔެވެ؟ އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އެ ދީނަކާއިގެން ތިޔަބޭކަލުން ފޮނުއްވެވި ދީނަށް ތިމަންމެންވަނީ ކާފިރުވެގެންނެވެ.”

ކާބަފައިން އެގޮތެއްގެ މަތީގައިވާ ނުބައި ގޮތް ދޫކޮށް ހެޔޮމަގަށް ތަބާނުވުމަކީ އެއީ ރަސޫލު ބޭކަލުން ފޮނުއްވުނު އުއްމަތްތަކަށް ޖެހިފައިވާ ބައްޔެކެވެ. އަދި މިބަލީގެ އަސަރު ޝަހްވަތްތަކުގެ އަސަރަށްވުރެ ވަކި ކުޑައެއް ނޫނެވެ.

((عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ” لَمَّا خَلَقَ اللَّهُ النَّارَ قَالَ لجِبْرِيلَ: اذْهَبْ فَانْظُرْ إِلَيْهَا فَذَهَبَ فَنَظَرَ إِلَيهَا ثُمَّ جَاءَ فَقَالَ: وَعِزَّتِكَ لَا يَسْمَعُ بِهَا أَحَدٌ فَيَدْخُلَهَا، فَحُفَّهَا بِالشَّهَوَاتِ، فَقَالَ: اذْهَبْ فَانْظُرْ إِلَيْهَا فَذَهَبَ فَنَظَرَ إِلَيهَا فَلَمَّا رَجَعَ قَالَ: وَعِزَّتِكَ لَقَدْ خَشِيتُ أَنْ لَا يَبقَى أَحَدٌ إِلَّا دَخَلَهَا))1

މާނައީ: އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.  ﷲ ތަޢާލާ ނަރަކަ ހެއްދެވުމަށްފަހު ޖިބްރީލު ގެފާނަށް ވަޙީ ކުރެއްވިއެވެ. އެތަނަށް ދާށެވެ. ދެން އެކަލޭގެފާނު އެތަން ބެއްލެވުމަށްފަހު އެނބުރިވަޑައިގެން ދެންނެވިއެވެ. އިބައިލާހުގެ ޢިއްޒަތް ގަންދީ ހުވާކުރަމެވެ. އެތަނުގެ ވާހަކަ އަޑުއަހައިފި މީހަކު އެތަނަށް ނުވައްނާނެތެވެ. ދެން ޝަހްވަތްތަކުން އެތަން ވަށައިލެވުނެތެވެ.  ދެން އެކަލާނގެ ވަޙީ ކުރެއްވިއެވެ. އެތަނަށް އެނބުރިދާށެވެ. ދެން އެކަލޭގެފާނު އެތަން ބެއްލެވުމަށްފަހު އެނބުރިވަޑައިގެން ދެންނެވިއެވެ. އިބައިލާހުގެ ޢިއްޒަތް ގަންދީ ހުވާކުރަމެވެ. އެތަނުން އެއްވެސް މީހަކު ސަލާމަތްނުވެދާނެ ކަމަށް ތިމަން ކަލޭގެފާނު ބިރުހީވެއެވެ.”

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

                                   

[1] رواه الترمذي و أبو داود والنسائي