كِتَابُ اَلصِّيَامِ
(ރޯދައާގުޅޭ ޙަދީޘްތައް ނަންގަނެވުނު ކިތާބު)
524 ވަނަ ޙަދީޘް:
524- عَنْ أَبِي هُرَيْرَةَ – رَضِيَ اللهُ عَنْهُ- قَالَ: قَالَ رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ (( لَا تَقَدَّمُوا رَمَضَانَ بِصَوْمِ يَوْمٍ وَلَا يَوْمَيْنِ، إِلَّا رَجُلٌ كَانَ يَصُومُ صَوْمًا؛ فَلْيَصُمْهُ ))
مُتَّفَقٌ عَلَيْهِ
أَبُوْ هُرَيْرَةَ – رَضِيَ اللهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދިޘްކުރެއްވިއެވެ. { ރޯދަ އަކުން ނުވަތަ ދެ ރޯދައިން ވިޔަސް ރަމަޟާން މަހަށްވުރެ ކުރިއަށް ނުޖެހޭށެވެ. ހިފަންޖެހޭ ރޯދައެއް އޮތް މީހަކު މެނުވީއެވެ. އެނާ އެރޯދަ ހިފާހުށިކަމެވެ. }
مُتَّفَقٌ عَلَيْهِ (އެބަހީ: މިއީ الإِمَامُ البُخَارِي އަދި الِإمَامُ مُسْلِم ސައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންފައިވާ ހަދީޘެކެވެ.)
525 ވަނަ ޙަދީޘް:
525- وَعَنْ عَمَّارِ بْنِ يَاسِرٍ – رَضِيَ اللهُ عَنْهُ- قَالَ: (( مَنْ صَامَ اَلْيَوْمَ اَلَّذِي يُشَكُّ فِيهِ فَقَدْ عَصَى أَبَا اَلْقَاسِمِ صَلَى اللَّهُ عَلَيْه وَسَلَّمَ))
وَذَكَرَهُ اَلْبُخَارِيُّ تَعْلِيقًا, وَوَصَلَهُ اَلْخَمْسَةُ, وَصَحَّحَهُ اِبْنُ خُزَيْمَةَ, وَابْنُ حِبَّانَ
عَمَّارُ بْنُ يَاسِرٍ – رَضِيَ اللهُ عَنْهُ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. {ޝައްކުގެ ދުވަހުގައި ރޯދަހިފައިފި މީހާ ދަންނާށެވެ. އޭނާ أَبُو اَلْقَاسِمِ صَلَى اللَّهُ عَلَيْه وَسَلَّمَ (އެބަހީ : رَسُولُ اَللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ) އަށް އުރެދިއްޖެއެވެ. }
الإِمَامُ الْبُخَارِي މިޙަދީޘް މުޢައްލަޤުކޮށް (އެބަހީ: ސަނަދުގައިވާ ރާވީން ބަޔާން ނުކުރައްވާ) ރިވާކުރައްވާފައި ވެއެވެ. އަދި ފަސްބޭފުޅުން ސަނަދު ގުޅިގެންދާގޮތައް ރިވާކޮށްފައި ވެއެވެ. އަދި (މިޙަދީޘް) اِبْنُ خُزَيْمَةَ އަދި ابْنُ حِبَّانَ ޞައްޙަ ކުރައްވާފައިވެއެވެ.
(ނޯޓް: މިހަދީޘަކީ ޞައްޙަ ހަދީޘެއްކަމަށް ވަރަށް ގިނަ އިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެގޮތުން الإِمَامُ اِبْنُ خُزَيْمَةَ އަދި الإِمَامُ ابْنُ حِبَّانَ ގެ އިތުރުން އަންނަނިވި ބޭފުޅުން މި ޙަދީޘް ޞައްޙަކުރައްވައެވެ.
الإِمَامُ التِّرْمِذِي ވިދާޅުވިއެވެ: عَمَّارُ بْنُ يَاسِرٍ – رَضِيَ اللهُ عَنْهُ- ގެ މި ޙަދީޘ ޙަސަން ދަރަޖައިގެ ޞައްޙަ ޙަދީޘެކެވެ.
الإِمَامُ الدَارُقُطْنِي ވިދާޅުވިއެވެ: މިޙަދީޘްގައިވާ ސަނަދަކީ ޙަސަން ދަރަޖައިގެ ޞައްޙަ ސަނަދެކެވެ. އަދި ހުރިހާ ރާވީންނަކީ ޘިޤާއިންނެވެ.(އެބައެއްގެ ކިބައިން ޙަދީޘް ނެގުމުގެ ޝަރުތު ހަމަވާ ބޭފުޅުންނެވެ)
الإِمَامُ البَيْهَقِي ވިދާޅުވިއެވެ: މިޙަދީޘްގެ ސަނަދު ޞައްޙައެވެ.
الإِمَامُ الحَاكِم ވިދާޅުވިއެވެ: ދެ އި ޝެއިޚުންގެ ޝަރުތުތައް ހަމަވެ މި ޙަދީޘް ޞައްޙައެވެ. އެކަމަކު އެ ދެބޭޅުން މިޙަދީޘް ނެރުއްފައެއް ނުވެއެވެ.
الإِمَامُ ابْنُ حَجَر ވިދާޅުވިއެވެ: މިއީ ޞައްޙަ ޙަދީޘެކެވެ.
އަދި الشَيْخُ الأَلْباَنِي މި ޙަދީޘް ޞައްޙަ ކަމުގައި ވިދާޅުވެފައި ވެއެވެ.
މަސްދަރު:
خُلَاصَةُ الْكَلَاِم فِي تَخْرِيْجِ أَحَادِيْثِ بُلُوْغِ الْمَرَام ލިޔުއްވީ الشَيْخُ خَالِدُ بْنُ ضَيْفِ الله الشَلَاحِي
كِتَابُ الصِيَامُ مِن بُلُوْغِ الْمَرَام مِن أَدِلَّةِ الْأَحْكَامِ ގެ الشَيْخُ الأَلْباَنِي ކުރެއްވި ޝަރަޙަ)
-ނުނިމޭ-