ހަތްވަނަ ޙުކުމް
(الطلاق مَرَّتَانِ) [سورة البقرة:229] މާނައީ: “ވަރިކުރުންވަނީ ދެފަހަރުއެވެ” މިއާޔަތުގެ މުރާދަކީ ކޮބާ؟
މި އާޔަތުގައި މިވާ ވަރީގެ މުރާދަކީ ކޮބައިކަމާމެދުގައި ޢިލްމުވެރިންގެ ބަސްފުޅުތައް ތަފާތެވެ. ވިކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކެއް ވެއެވެ.
ފުރަތަމަ ޤައުލު: މިއާޔަތުގައި އެވަނީ ޝަރުޢު ކުރެވިގެންވާ ދެވަރީގެ ވާހަކައެވެ. الطلاق المشروع އެއީ އެވެ. އަދި މިނޫންވަރި އެއީ ޝަރުޢުކުރެވިގެންވާ ވަރިއެއް ނޫނެވެ. މިއީ الحجّاج بن أرطأة އާއި الرافضة ގެ މަޛުޙަބުގައިވާ ގޮތެވެ.
ދެވަނަ ޤައުލު: މިއީ ސުންނަތްވެގެންވާ ދެވަރިއެވެ. މިއީ الطلاق المسنون އެވެ. މިއީ ابن عباس އާއި مجاهد ބަހެވެ. އަދި އިމާމް އަޙުމަދުގެ މަޛުޙަބުގައިވާ ގޮތެވެ.
ތިންވަނަ ޤައުލު: އެއާޔަތުގައި އެވާ ދެވަރިއަކީ ރަޖުޢީވަރިއެވެ. މިއީ قتادة އާއި عروة ބަހެވެ. އަދި މިއީ ޖުމްޙޫރު ޢިލްމުވެރިންގެ ބަހެވެ.
އިމާމް شوكاني އެކަލޭގެފާނުގެ تفسيره فتح القدير ގައި ވިދާޅުވެފައިވެއެވެ.
“މި އާޔަތުގައި ބަޔާންވެގެންދާ ވަރިއަކީ އެއީ ރަޖުޢީވަރިއެވެ. އެއީ އިސްވެދިޔަ ފުރަތަމަ އާޔަތުން ދަލީލުކޮށްދޭ ގޮތެވެ. އެއާޔަތުގައި އެވާ ވަރިއަކީ، ފިރިހެނުންނަށް ރުޖޫޢަކުރުން ސާބިތުކޮށްކޮށްދީފައިވާ ވަރިއެވެ. އެއީ ދެވަރިއެވެ. އެއީ ފުރަމަތަމަ ވަރިއާއި ދެވަނަ ވަރިއެވެ. ތިންވަނަ ވަރީގައި ރުޖޫޢައެއް ނުކުރެވޭނެއެވެ. އެއީ ހަމަކަށަވަރުން ﷲތަޢާލާ ވަޙީކުރައްވާފައިވަނީ ( مرتان ) “(ވަރިކުރުންވަނީ) ދެފަހަރުއެވެ.” އަދި އެކަލާނގެ (طلقتان) “ވަރިވަނީ ދެވަރިއެވެ.” މިފަދައިން ވަޙީނުކުރައްވައެވެ. އެއިން އިޝާރާތްކުރެވިގެންވަނީ ވަރިވާނީ އެއްފަހަރަށްފަހު އަނެއްފަހަރުކަމެވެ. ދެވަރި އެއްވަރިއަކަށް ނުވާނެއެވެ.”[1]
=ނުނިމޭ=
____________________________
[1] فتح القدير – الشوكاني


















