ހުވަފެނުގައި، ނަބިއްޔާ صلى الله عليه وسلم ފެނުން.

الحَمْدُ للهِ رَبِّ العَالَمِيْن. وَالصَّلاَةُ وَالسَّلاَمُ عَلَى أَشْرَفِ الأَنْبِيَاءِ وَالمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْن. أَمَّا بَعْد: މީހަކަށް ހުވަފެނުގައި ނަބިއްޔާ صلى الله عليه وسلم ފެނުމަކީ ވެދާނެކަމެކެވެ. އެހެނީ ހަމަކަށަވަރުން ޝައިޠާނާއަށް ނަބިއްޔާ صلى الله عليه وسلم ގެ ޞޫރަފުޅަށް ބަދަލެއް ނުވެވޭނެއެވެ. އަދި ކިއެއްތަ، ޙަޤީޤީ ޞޫރަފުޅެއް ޞިފައެއްވެސް ނުކޮށްދެވޭނެއެވެ. އެނޫން ސިފަތަކުގައި އައިސް، އެއީ ނަބިއްޔާ صلى الله […]
بُلُوغُ اَلْمَرَامِ ގެ كِتَابُ اَلصِّيَامِ (11 ވަނަ ބައި)- ޙަދީޘް ނަންބަރު: 540 އަދި 541

540 ވަނަ ޙަދީޘް: 540- وَعَنْ عَائِشَةَ رَضِيَ اَللَّهُ عَنْهَا (( أَنَّ اَلنَّبِيَّ صَلَى اللَّهُ عَلَيْه وَسَلَّمَ اِكْتَحَلَ فِي رَمَضَانَ, وَهُوَ صَائِمٌ )) رَوَاهُ اِبْنُ مَاجَهْ بِإِسْنَادٍ ضَعِيفٍ . قَالَ اَلتِّرْمِذِيُّ: لَا يَصِحُّ فِيهِ شَيْءٌ . عَائِشَةَ رَضِيَ اَللَّهُ عَنْهَا ގެ ކިބައިން ރިވާވެގެންވެއެވެ. { ރަމަޟާންމަހު ރޯދައަށް ހުންނަވާ ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ އަންދުންއަޅުއްވާކަމުގައި ވިއެވެ.} ރިވާކުރައްވާފައި […]
އުޞޫލުލް އީމާން 3

އައްސަވާވޮޑިގެންވުމާއި އަދި ބައްލަވާވޮޑިގެންވުމަކީ ﷲ ތަޢާލާގެ ދެޞިފަފުޅު ކަމުގައިވާ ބަޔާންކުރެވުން عَنْ أَبِي هُرَيرَةَ رَضِيَ اللهُ عَنهُ ((أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَرَأَ هَذِهِ الآيَةَ: {إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الأَمَانَاتِ إِلَى أَهْلِهَا} ، إِلَى قَولِهِ: {إِنَّ اللَّهَ كَانَ سَمِيعاً بَصِيراً} [النساء 58] وَيَضَعُ إِبهَامَيهِ عَلَى أُذنَيهِ، وَالَّتِي تَلِيهَا عَلَى عَينَيهِ)). رواه أبو داود وابن حبان […]
ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 76 “ދަށުދަރަޖައިގެ މީހުން މަތިކުރުން. “

ދަށުދަރަޖައިގެ މީހުން މަތިކުރުން. ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ދަށުދަރަޖައިގެ މީސްތަކުން ހެޔޮމީހުންނަށްވުރެ މަތިކުރުމާއި އެފަދަ މީހުން ދޫކޮށް މިބައިމީހުން ކަންކަމަށް ވެރިކުރުން ހިމެނެއެވެ. ފަހެ މީސްތަކުންނަށް އަމުރުވެރީން ކަމުގައި ވާނީ އެމީހުންގެ ތެރޭތިބި ހަމަބުއްދިނުވާ އަދި އެބައެއްގެ ކިބައިގައި އެއްވެސް ހެވެއްނުވާ ދެރަވަރު މީހުންނެވެ. މިއީ ކަންތަކަން އެފުއްމިފުށަށްޖެހި ޙާލަތު ބަދަލުވެގެން ދިއުމުވެ. މިއީ ޒަމާނުގައި ފެންނަން އޮތް ކަމެއްވެސް މެއެވެ. މީސްތަކުންގެ ވެރިން ކަމުގައްޔާއި ކަންކަމުގައި އިސްވެ ބަސްކިޔައި ހަދާ ގިނަ މީހުންނީ ޢިލްމާއި ޤާބިލުކަމުގައި […]
ޢުމްރާގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތައް އަދި ސުންނަތްތައް

ޢުމްރާގެ ޝަރުޠުތައް، ރުކުންތައް، ވާޖިބުތައް އަދި ސުންނަތްތައް