އައްސަވާވޮޑިގެންވުމާއި އަދި ބައްލަވާވޮޑިގެންވުމަކީ ﷲ ތަޢާލާގެ ދެޞިފަފުޅު ކަމުގައިވާ ބަޔާންކުރެވުން
- عَنْ أَبِي هُرَيرَةَ رَضِيَ اللهُ عَنهُ ((أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَرَأَ هَذِهِ الآيَةَ: {إِنَّ اللَّهَ يَأْمُرُكُمْ أَنْ تُؤَدُّوا الأَمَانَاتِ إِلَى أَهْلِهَا} ، إِلَى قَولِهِ: {إِنَّ اللَّهَ كَانَ سَمِيعاً بَصِيراً} [النساء 58] وَيَضَعُ إِبهَامَيهِ عَلَى أُذنَيهِ، وَالَّتِي تَلِيهَا عَلَى عَينَيهِ)). رواه أبو داود وابن حبان وابن أبي حاتم.
މާނައީ: އަބޫ ހުރައިރާ رضي الله عنه އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ މިއާޔަތް ކިޔަވައި ވިދާޅުވިއެވެ. {ހަމަކަށަވަރުން އަމާނަތްތައް، އޭގެ އަލުހުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. . . . . ހަމަކަށަވަރުން ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ.} އަދި އެކަލޭގެފާނުގެ ދެބޮޑުވައި އިނގިލި ކަންފަތްޕުޅުގައި އަޅުއްވައި ދެޝަހާދައި އިނގިލި ދެލޯފުޅުގައި އެޅުއްވިއެވެ.
ޣައިބުގެގެ ތަޅުދަނޑިތަކުގެ އަދަދިކީ ފަހެއް ކަމާއި އަދި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެކަންތައްތައް ދެނެވޮޑިގެންނުވާކަން ބަޔާންކުރެވުން
- عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: (( مَفَاتِيحُ الغَيْبِ خَمْسٌ، لاَ يَعْلَمُهَا إِلَّا اللَّهُ: لاَ يَعْلَمُ مَا فِي غَدٍ إِلَّا اللَّهُ، وَلاَ يَعْلَمُ مَا تَغِيضُ الأَرْحَامُ إِلَّا اللَّهُ، وَلاَ يَعْلَمُ مَتَى يَأْتِي المَطَرُ أَحَدٌ إِلَّا اللَّهُ، وَلاَ تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِلَّا اللَّهُ، وَلاَ يَعْلَمُ مَتَى تَقُومُ السَّاعَةُ إِلَّا اللَّهُ)). رواه البخاري و مسلم.
މާނައީ: އިބްނު ޢުމަރު رَضِيَ اللَّهُ عَنْهُمَا އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ޣައިބުގެގެ ތަޅުދަނޑިތަކުގެ އަދަދަކީ ފަހެކެވެ. އަދި ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއީ މަދާމާ ހިގާނީ ކޮންކަމެއްކަމާއި އަދި ރަޙިމުގައިވާ ތަކެއްޗާއި އަދި ވާރޭ ވެހޭނެ ވަގުތާއި އަދި މަރުވާނީ ކޮންބިމެއްގައި ކަމާއި އަދި ޤިޔާމަތްވާނީ ކޮން ވަގުތެއްގައިކަމެވެ.
=ނުނިމޭ=