ޢުމްރާގެ ޝަރުޠުތައް
- މުސްލިމަކުކަމުގައިވުން.
- ބުއްދި ސަލާމަތުން ހުރުން.
- ބާލިޣުވެފައިވުން.
- މިނިވަނެއްކަމުގައިވުން.
- ކުޅަދާނަކަން ލިބިފައިވުން.
އަދި އަންހެނުންނަށް 6 ވަނަ ޝަރުޠެއް ވެއެވެ. އެއީ އޭނާއާއެކު ދަތުރުކުރާނެ މަޙްރަމަކު ހުރުމެވެ.
ޢުމްރާގެ ރުކުންތައް
- އިޙްރާމް ބަނުން.
- ޠަވާފުކުރުން.
- ސަޢުޔުކުރުން.
ޢުމްރާގެ ވާޖިބުތައް
- މީޤާތުން އިޙްރާމްބަނުން.
- އިޙްރާމުކަނޑާއިރު ބޯބޭލުން ނުވަތަ ކުރުކޮށް ކޮށުން.
ޢުމްރާގެ ސުންނަތްތައް
ޢުމްރާގެ ސުންނަތްތައް ވަރަށް ގިނައެވެ. މިތަނުގައި އޭގެ ތެރެއިން ބައެއް ސުންނަތްތައް ޛިކުރުކޮށްލާނަމެވެ.
- ޠަވާފުގެ ފުރަތަމަ ތިންބުރުގައި “ރަމުލުކުރުން”. އެބަހީ: ފިޔަވަޅުގާތްކޮށް ހަލުވިކޮށް ހިނގުން.
- ޙަޖަރުލް އަސްވަދުގައި ބޮސްދިނުން ނުވަތަ އިސްތިލާމްކުރުން (އިސްތިލާމުކުރުމަކީ: އަތުން ބީހުމެވެ. [الشرح الممتع / جزء: 7 / ص: 235]) ނުވަތަ ޙަޖަރުލް އަސްވަދަށް އިޝާރާތްކުރުން.
- ޙަޖަރުލް އަސްވަދަށް އިޝާރާތްކުރާއިރު ތަކްބީރު ކިޔުން.
- ރުކުނުލް ޔަމާނީގައި އިސްތިލާމުކުރުން.
- ޠަވާފުކޮށް ނިމުމުން ދެ ރަކުޢަތުގެ ނަމާދެއް ކުރުން.
- ޠަވާފުކޮށް ނިމުމުން ޒަމްޒަމް ފެން ބުއިން.
- ޞަފާއާއި މަރްވާއަށް އެރުން.
- ޞަފާއާއި މަރްވާގެ މަތީގައި ކަޢުބާއަށް ކުރިމަތިލައިގެން ދުޢާކުރުން.
- ޞަފާ މަރްވާގެ ދެމެދުގައިވާ ވާދީގައި ދުވުން. (މިއީ ފިރިހެނުންނަށް ޚާއްޞަ ކަމެކެވެ. އެއީ މިހާރު އެތަނުގައި ހުންނަ ފެހި ދެ އަލި ދެމެދު ދުވުމެވެ.)
_____________________
މަޞްދަރު: تبصير الناسك بأحكام المناسك للشيخ عبدالمحسن بن حمد العباد البدر
ޢުމްރާގެ އަޅުކަމާ ގުޅުން ހުރި ބައެއް ލިޔުންތައް:
* ޢުމްރާގެ އަޅުކަން އަދާކުރާނޭ ގޮތް
* ޙައްޖާއި ޢުމްރާއާ ގުޅުންހުރި ދުޢާތަކާއި ބައެއް މުހިންމު މަޢުލޫމާތުތައް
* މީޤާތުން ނިޔަތްގަތުމުގައި ހެދޭ ބައެއް ގޯސްތައް
* ޢިޙްރާމް ހެދުން ބަދަލުކުރުން
* އާންމުކޮށްލާ ހެދުންތައް މުޙްރިމުން ނުލުމުގެ ޙިކުމަތް
* އިޙްރާމަށް ޕިން ޖެހުމުގެ ޙުކުމް
* އިޙްރާމުގައި ހުންނަ އަންހެނާ ކުލަހެދުން ލުން
* ޠަވާފުކުރުމާއި ޙަޖަރުލް އަސްވަދަށް ބޮސްދިނުމުގެ ތެރޭގައި ހެދޭ ބައެއް ގޯސްތައް
* ޠަވާފުކުރާއިރު ދުޢާކުރުމާއި އެކަމުގެ ތެރޭގައި ހެދޭ ގޯސްތައް
* ޠަވާފުގެ ފަހުގައި ކުރާ ސުންނަތް ދެ ރަކްޢަތް ކުރުމުގައި ހެދޭ ގޯސްތައް
* ޢުމްރާގައި ވަދާއުގެ ޠަވާފެއްވޭތަ؟