ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 13
ޤަވާޢިދު: الزِّيَادَةُ عَلَى النَّصِّ لَيْسَتْ نَسْخًا މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞަށް އިތުރުވުމީ ނަސްޚެއް ނޫން} މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ނައްޞެއް ވާރިދުވެފައި، އޭގެ ފަހުން، އެ ނައްޞުގައިވާ ކަންތަކަށް ކަމެއް އިތުރުވާނޭހެން، އަދި ފުރަތަމަ ނައްޞާއި މުސްތަޤިއްލު ނޫން ގޮތަކަށް ދެވަނަ ނައްޞެއް އަތުވެއްޖެނަމަ، އެ ދެވަނަ ނައްޞުގެ ސަބަބުން ފުރަތަމަ ނައްޞު ނަސްޚެއް ނުވާނެއެވެ. އަދި ކިއެއްތަ! އެ ދެވަނަ ނައްޞު ވާހުށީ ބަޔާނަކަށް އަދި ތަޚްޞީޞްއަކަށެވެ. މިއީ، ގިނަ […]
ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 12
ޤަވާޢިދު: الوُجُوبُ إِذَا نُسِخَ بَقِيَ الجَوَازُ މި ޤަވާޢިދުގެ ތަރުޖަމާ: {ވާޖިބުކަން ނަސްޚުވެއްޖެނަމަ، ޖާއިޒުކަން ދެމިއޮންނާނެ} މި ޤަވާޢިދުގެ މުރާދު: ވަކި ކަމެއް ވާޖިބުކުރައްވައި އަމުރެއް ވާރިދުވެފައި، އޭގެ ފަހުން އެހެން ނައްޞަކުން އެ ވާޖިބުކަން ނަސްޚުކުރެވިއްޖެނަމަ، އެއްގޮތަކީ، ނަސްޚުކުރާ ނައްޞުން އައު ޙުކުމަކަށް ދަލީލުކޮށްދިނުމެވެ. އަނެއްގޮތަކީ، ނަސްޚުކުރާ ނައްޞުގައި އައު ޙުކުމެއްގެ ވާހަކަ ބަޔާންވެފައި ނެތުމެވެ. ނަސްޚުކުރާ ނައްޞުން އައު ޙުކުމަކަށް ދަލީލުކޮށްދޭނަމަ، ދެން އޮންނާނީ އެ އައު ޙުކުމް ކަމާމެދު އުޞޫލީ ޢިލްމުވެރިންގެ […]
ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 11
ޤަވާޢިދު: الفَضَائِلُ لَا تُنْسَخُ މި ޤަވާޢިދުގެ ތަރުޖަމާ: {ފަޟީލަތްތައް ނަސްޚެއް ނުވާނެ} މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، [ފަޟާއިލު] ނުވަތަ ފަޟީލަތްތަކަކީ ނަސްޚު ނުވާނޭ އެއްޗެއް ކަމުގައެވެ. ބަހުގެ ގޮތުން ފަޟީލަތަކީ، ވަކި ޝަޚުޞެއްގައި ނުވަތަ ވަކި ޢަމަލެއްގައި ހުންނަ ޚާއްޞަ ކަމެވެ. މި ތަނުގައި ފަޟީލަތްތަކޭ ބުނެވޭ ބަހުގެ މުރާދަކީ، ޝަރުޢުކުރައްވާ ފަރާތުން، އެއްބައި ޢަމަލުތަކުގައި އަނެއްބައި ޢަމަލުތަކުގެ މައްޗަށް ތަފާތުކަމެއް އަދި މާތްކަމެއް ލައްވައި ކަނޑައަޅުއްވައި ހަމަޖައްސަވާފައިވާ […]
ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 10
ޤަވާޢިދު: الأَخْبَارُ الـمَحْضَةُ لَا يَدْخُلُهَا النَّسْخُ މި ޤަވާޢިދުގެ ތަރުޖަމާ: {ޚާލިޞް ޚަބަރުތަކަކީ އެއަށް ނަސްޚުވުން ވަންނަ އެއްޗެއް ނޫން} މި ޤަވާޢިދުގެ މުރާދު: ޚަބަރަކީ އޭގެ ޒާތުގައި ތެދަކަށްވުމާއި ދޮގަކަށްވުމުގެ އިޙްތިމާލު އޮންނަ އެއްޗެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، ޚާލިޞް ޚަބަރުތަކަކީ (އެބަހީ، ދައްޖާލު ފާޅުވުންފަދަ ބަދަލުއައުމެއް ނުވާ ނުވަތަ އެންމެ ގޮތަކަށް މެނުވީ ނުހިނގާ ޚަބަރުތަކަކީ) އެއްވެސް ހާލަތެއްގައި ނަސްޚުވާނޭ އެއްޗެއް ނޫނެވެ. މި ކަމާމެދު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ. މިއާ ޚިލާފަށް، […]