[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަރްޙާއި ތަޢްދީލު (5)

އަދި أَبُو زَيْدُ النَّحْوِيّ ވިދާޅުވެފައި ވެއެވެ. ((أتينا شعبة يوم مطر، فقال: ليس هذا يوم حديث، اليوم يوم غيبة، تعالوا نغتاب الكذابين))[1] {މާނައީ: [ވާރޭވެހެމުންދިޔަ ދުވަހެއްގައި އަޅުގަނޑުމެން ޝުޢުބާގެ އަރިހަށް ދިޔައީމެވެ. (ޝުޢުބާ) ވިދާޅުވިއެވެ: މިއަދު ޙަދީޘް ކިޔަވައިދިނުމެއް ނެތެވެ. މިއަދަކީ ޣީބައިގެ ދުވަހެވެ. ދޮގު ޙަދީޘް ހަދާމީހުންނަށް ޣީބަބުނުމަށް އަންނާށެވެ!]} އަދި ރާވީން ޖަރްޙުކުރުމަށް، “الغيبة في الله {ﷲ ގެ މަގުގައި ޣީބަބުނުން}” ގެ ނަން ޝުޢުބާ […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 5

5ވަނަ ޤަވާޢިދު (ޖުމްލަ 60): كَثْرَةُ الأَدِلَّةِ عَلَى أَحَدِ الـمُتَعَارِضَيْنِ مُرَجِّحَةٌ لَهُ عَلَى الآخَرِ މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާ ދޭތިންކުރެ އެކައްޗަކަށް ގިނަ ދަލީލު ލިބުމީ، އަނެކަތީގެ މައްޗަށް އެއަށް ތަރުޖީޙުދެވޭނެ ކަމެއް} މި ޤަވާޢިދުގެ މުރާދު: ދެ ދަލީލެއް ތަޢާރުޟުވިއިރު، އެ ދެ ދަލީލުގެ ޒާތުގައި ހިމެނޭ ބާރު އެއްވަރުވެފައި، އެ ތަނުން އެއް ދަލީލު އާޔަތެއް ނުވަތަ ޙަދީޘެއް ނުވަތަ ޤިޔާސެއްފަދަ ޚާރިޖީ އެހެން ދަލީލަކާ އެއްބަސްވާނަމަ (އެބަހީ، ޙުކުމުގައި […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 4

4ވަނަ ޤަވާޢިދު (ޖުމްލަ 60): الأَقَلُّ احْتِمَالاً مُقَدَّمٌ عَلَى الأَكْثَرِ احْتِمَالاً عِنْدَ التَّعَارُضِ މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާހިނދު އިޙްތިމާލުގެގޮތުން ގިނަ އެތީގެ މައްޗަށް އިޙްތިމާލުގެގޮތުން މަދު އެތި އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: އެއްވަރެއްގެ ޡައްނީ ދެ ދަލީލެއް ތަޢާރުޟުވެފައި، އެ ތަނުން އެއް ދަލީލާއި ގުޅޭގޮތުން ހުރި އިޙްތިމާލުތައް އިދިކޮޅަށްހުރި އަނެއް ދަލީލުތަކަށްވުރެ މަދުނަމަ، ގިނަ އިޙްތިމާލު ހުރި ދަލީލުގެ މައްޗަށް މަދު އިޙްތިމާލު ހުރި ދަލީލު އިސްކުރެވޭނެއެވެ. ސަބަބަކީ، ދަލީލަކުން […]

ބެލުން ތިރިކުރަންވީ ސަބަބު

އަންހެނުންނާ ދިމާއަށް ބެލުމުގެ ބަދަލުގައި، ބެލުން ތިރިކުރުމަކީ ވާޖިބުކަމެއްކަމުގައި ބުނުމުން ބައެއް މީހުން ބުނެއެވެ.
“އެހެންވިއްޔާ އަންހެނާގެ މޫނުކަޝްފުކުރުން ހުއްދަވާނެތާއެވެ!”
ދަންނައެވެ. މިފަދައިން ބުނާ މީހުންގެ ބަހުގައި އެއްވެސް ބުރަދަނެއް ނެތެވެ.