ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 49
51ވަނަ ޤަވާޢިދު (ޖުމްލަ 189): السُّنَّةُ تُـخَصِّصُ السُّنَةَ މި ޤަވާޢިދުގެ ތަރުޖަމާ: {ސުންނަތުން ސުންނަތް ޚާއްޞަ ކުރޭ} މި ޤަވާޢިދުގެ މުރާދު: ސުންނަތުން ޢާއްމުކޮށް ސާބިތުވާ ކަމެއް ސުންނަތުން ޚާއްޞަ ކުރެވިދާނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. ދެން ފަހެ، ސުންނަތުގެ ތެރޭގައި މުތަވާތިރު ސުންނަތާއި އާޙާދު ސުންނަތް ހިމެނޭތީ، ސުންނަތުން ސުންނަތް ޚާއްޞަ ކުރުން ހަތަރު ބަޔަކަށް ބެހެއެވެ. އެއީ: ފުރަތަމައީ: މުތަވާތިރު ސުންނަތުން މުތަވާތިރު ސުންނަތް ޚާއްޞަ ކުރުމެވެ. ދެވަނައީ: […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 48
50ވަނަ ޤަވާޢިދު (ޖުމްލަ 189): القُرْآنُ يُـخَصِّصُ السُّنـَّةَ މި ޤަވާޢިދުގެ ތަރުޖަމާ: {ޤުރުއާނުން ސުންނަތް ޚާއްޞަ ކުރޭ} މި ޤަވާޢިދުގެ މުރާދު: ސުންނަތުގައިވާ ޢާއްމު ޙަދީޘެއް، ޤުރުއާނުގެ އާޔަތަކުން ޚާއްޞަ ކުރެވިދާނެއެވެ. އެގޮތުން، ސުންނަތުގެ ތެރޭގައި ހިމެނޭ ޤަޠުޢީ ކަންކަމާއި ޡައްނީ ކަންކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން، މުތަވާތިރުކޮށާއި މަޝްހޫރުކޮށާއި އާޙާދުކޮށް ސާބިތުވާ ސުންނަތްތައް ވެސް ޤުރުއާނުގެ އާޔަތަކުން ޚާއްޞަ ކުރެވިދާނެއެވެ. ދެން ފަހެ، މި ޤަވާޢިދުގެ ވާހަކަ ވަރަށް ގިނަ އުޞޫލީ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 47
49ވަނަ ޤަވާޢިދު (ޖުމްލަ 189): تَخْصِيصُ الكِتَابِ بِالكِتَابِ جَائِزٌ މި ޤަވާޢިދުގެ ތަރުޖަމާ: {ޤުރުއާނުން ޤުރުއާން ޚާއްޞަ ކުރުން ހުއްދަ} މި ޤަވާޢިދުގެ މުރާދު: ކީރިތި ޤުރުއާނުގައި ލަފްޒުތައް ޢާއްމު އާޔަތެއް އައިސްފައި، ދެން އެހެން އާޔަތެއް އައިސް، އެ ޢާއްމު އާޔަތުގައި ހިމެނޭ ބައެއް އަފުރާދުން އެއިން ނެރެލައި، އެ ޢާއްމު އާޔަތުގައި ނުވާ އެހެން ޙުކުމެއް އެ ނެރެލި ބަޔަށް ވާކަމަށް ބަޔާންކޮށްފިނަމަ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި، އެ ޚާއްޞަ […]
ﷲއަށް ވަކީލުކުރުމުގެ މާތްކަން
ﷲއަށް ވަކީލުކުރުމަކީ ދީނުގައި ވަރަށް މަތީ ޤަދަރެއް ދެވިފައިވާ ކަމެކެވެ. ﷲ ތަޢާލާވަނީ އެއިލާހަށް އަޅުކަންއަދާކުރުމާ އެކުއެކީ އެކަންވެސް ޛިކުރުކުރައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿فَاعْبُدْهُ وَتَوَكَّلْ عَلَيْهِ﴾ [سورة هود ١٢٣] މާނައީ: “ފަހެ، ކަލޭގެފާނު އެއިލާހަށް އަޅުކަން ކުރައްވާށެވެ! އަދި އެއިލާހަށް ވަކީލު ކުރައްވާށެވެ!” އަދި އެއިލާހުގެ ލޯބި ޙާޞިލުވުމުގެ ސަބަބެއްކަމުގައި އެކަންވަނީ ލައްވާފައެވެ. ފަހެ އެއިލާހު ވަޙީކުރެއްވިއެވެ. ﴿إِنَّ اللَّـهَ يُحِبُّ الْمُتَوَكِّلِينَ﴾ [سورة آل عمران ١٥٩] މާނައީ: “ހަމަކަށަވަރުން ވަކީލުކުރާ މީހުންދެކެ […]