ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 89
93ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُطْلَقُ يُـحْمَلُ عَلَى الـمُقَيَّدِ މި ޤަވާޢިދުގެ ތަރުޖަމާ: {މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނެގޭނެ} މި ޤަވާޢިދުގެ މުރާދު: އެއް ތަނެއްގައި ޝަރުޢީ ނައްޞު މުޠުލަޤުކޮށް އައިސްފައި، އެހެން ތަނެއްގައި އެ މުޤައްޔަދުކޮށް އައިސްފައި ވާނަމަ، މުޤައްޔަދުގެ މައްޗަށް މުޠުލަޤު ނެގުން ވާޖިބު ވާނެއެވެ. އެ ގޮތުން، މުޤައްޔަދު ނައްޞުގައި އައިސްފައިވާ ކަންތަކަށް ޢަމަލުކުރަން ޖެހޭނެއެވެ. އޭރުން، މުޠުލަޤުގެ ފުޅާކަން އޮންނާނީ އެ މުޤައްޔަދާ އެއްގޮތްވާ ގޮތުގެ މަތިން ހަނިކުރެވިފައެވެ. ދެން […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 88
92ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُطْلَقُ يَـجْرِي عَلَى إِطْلَاقِهِ حَتَّى يَرِدَ مَا يُقَيِّدُهُ މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު އެ ޤައިދުކުރާނޭ އެއްޗެއް އަންނަންދެން، އޭގެ މުޠުލަޤުކަންމަތީ ދެމިއޮންނާނެ} މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގެ ޝަރުޢީ ނައްޞުތަކުގައި ނުވަތަ މުކައްލަފުންގެ ވާހަކައިގައި މުޠުލަޤު ލަފްޒެއް ވާރިދުވެއްޖެނަމަ، އެއަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އަދި އެއްވެސް ތައުވީލެއް ކުރުމެއް ނެތި އެއަށް ޢަމަލު ކުރުމާއި އޭގެ މުޠުލަޤުކަން މަތީ ބަލައިގަތުން ވާޖިބުވެގެން ވެއެވެ. […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 87
91ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ إِذَا وُرِدَ عَلَى وَاجِبٍ شَرْعاً وَقَدْ تَقَيَّدَ بِغَيْرِ وَاجِبٍ انْصَرَفَ إِلَى غَيْرِ الوَاجِبِ މި ޤަވާޢިދުގެ ތަރުޖަމާ: {ޝަރުޢީ ގޮތުން ވާޖިބު ކަމަކާ ގުޅޭ ގޮތުން ނަހީއެއް ވާރިދުވެފައި، ވާޖިބު ނޫން ކަމަކަށް އެ ނަހީ ޤައިދުކުރެވިފައި ވާނަމަ، ވާޖިބު ނޫން ކަންތަކަށް އެ އެނބުރިގެން ދާނެ} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ގޮތުން ވާޖިބު ކަމަކާ ގުޅޭ ގޮތުން އެ ކަން މަނާކުރެވިގެން ނަހީއެއް […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 86
90ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ عَنِ الشَّيْءِ أَمْرٌ بِضِدِّهِ މި ޤަވާޢިދުގެ ތަރުޖަމާ: {ކަމެއް ނަހީ ކުރެއްވުމީ، އޭގެ އިދިކޮޅަށް ކުރެވުނު އަމުރެއް} މި ޤަވާޢިދުގެ މުރާދު: ކަމެއް ނަހީ ކުރެއްވުމުގެ މަޤްޞަދަކީ އަދި އޭގެ ބޭނުމަކީ، އެ ކަންތަކާ އިދިކޮޅަށް ޢަމަލު ކުރުމަށް އަމުރު ކުރެއްވުމެވެ. ފަހަރުގައި ނަހީ ކުރެއްވުނު ކަންތަކަށް އެންމެ އިދިކޮޅެއް އޮވެދާނެއެވެ. މިސާލަކަށް، ޢީދު ދުވަހު ރޯދަހިފުން ނަހީ ކުުރެއްވުމެވެ. ޢީދު ދުވަހު ރޯދަހިފުން ނަހީ ކުރެއްވުމީ، އެ […]