[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 98

102ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُشْتَرَكُ الـمُجَرَّدُ عَن القَرَائِنِ يَعُمُّ مَعَانِيْهِ مَا لَـمْ تَتَضَادّ މި ޤަވާޢިދުގެ ތަރުޖަމާ: {ޤަރީނާއެއް ނެތް މުޝްތަރަކު، އޭގެ މާނަތައް ފުށުނާރާނަމަ އެ މާނަތަކަށް ޢާއްމުވެގެން ވޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއްގައި ނުވަތަ މުކައްލަފުންގެ ވާހަކައިގައި މުޝްތަރަކު ލަފްޒެއް، އެއިން މުރާދުވެވެނީ ކޮން މާނައެއްކަން ކަނޑައަޅާނޭ ޤަރީނާއެއް ނެތި އައިސްފައި ވާނަމަ، އެ ލަފްޒުގެ ހުރިހާ މާނައެއްގައި އެ ލަފްޒު ނެގުން ވާޖިބުވެގެން ވެއެވެ. މިއީ، […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 97

101ވަނަ ޤަވާޢިދު (ޖުމްލަ 189): الاِشْتِرَاكُ خِلَافُ الأَصْلِ މި ޤަވާޢިދުގެ ތަރުޖަމާ: {އިޝްތިރާކު ކުރުން، އަޞްލާ ޚިލާފު} މި ޤަވާޢިދުގެ މުރާދު: ލަފްޒީ ގޮތުން އިޝްތިރާކު ވުމަކީ، ބުއްދީގެ ގޮތުން ވުން އެކަށީގެންވާ އަދި ބަހަވީ ގޮތުން ވާ ކަމެއް ކަމުގައި ވިޔަސް، އެއީ އަޞްލާ ޚިލާފު ކަމެކެވެ. މާނައަކީ، އެއީ އެފަދަ ލަފްޒެއް އަޑުއަހާ މީހާގެ ގާތުގައި މަރުޖޫޙު އެއްޗެކެވެ. ރާޖިޙު އެއްޗެއް ނޫނެވެ. އެހެނީ، ލަފްޒެއް އެއީ އެންމެ މާނައެއް އެކުލެވޭ ލަފްޒެއްތޯ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 96

100ވަނަ ޤަވާޢިދު (ޖުމްލަ 189): حَمْلُ الـمُجْمَلِ عَلَى أَحَدِ مَعْنَيَيْهِ الـمُتَسَاوِيَيْنِ دُوْنَ دَلِيْلٍ غَيْرُ جَائِزٌ މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލެއް ނެތި، މުޖުމަލުގެ ހަމަހަމަ ދެ މާނައިގެ ތެރެއިން އެއް މާނައެއްގެ މައްޗަށް މުޖުމަލު ނެގުން ހުއްދައެއް ނޫން} މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުގެ ނައްޞުތަކުގައި އެތަކެއް މާނައެއް އެކުލެވޭ މުޖުމަލު ލަފްޒުތަކެއް (އަދި އޭގެ ތެރެއަށް މުޝްތަރަކު ވެސް ވަދޭ) އައިސްފައި، އޭގެ މުޖުމަލުކަން ފިލުވައިލާނޭ ބަޔާނެއް އައިސްފައި ނުވާނަމަ، […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 95

99ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُجْمَلُ يُـحْمَلُ عَلَى الـمُبَيَّنِ މި ޤަވާޢިދުގެ ތަރުޖަމާ: {މުބައްޔަނުގެ މައްޗަށް މުޖުމަލު ނެގޭނެ} މި ޤަވާޢިދުގެ މުރާދު: މުޖުމަލުކޮށް ހުންނަ ނައްޞުތަކުގެ ބަޔާން ހޯދަން މަސައްކަތްކުރުން މުޖުތަހިދު ޢިލްމުވެރިޔާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. އެ ގޮތުން، މުޖުތަހިދު ޢިލްމުވެރިޔާއަށް ބަޔާން ހޯދިއްޖެނަމަ، އެ ބަޔާނުގެ އަލީގައި އެ މުޖުމަލުގައި ވާ އެއްޗެއް ދޭހަކޮށް އެ ތަފްސީރު ކުރުން އެ ބޭފުޅާއަށް ވާޖިބު ވާނެ އެވެ. ޚާއްޞަގެ މައްޗަށް ޢާއްމު ނެގުމުގައްޔާއި […]