ޝަރުޢީ ބައްޕައެއްނުވާ ދަރިން ސުވަރުގެ ވަންނާނެބާ؟ 4

މިމައުޟޫޢުގައި ދެން ބަލާލަން ބޭނުންވަނީ ޝަރުޢީ ބައްޕައެއްނެތް ކުދިންނާ ކައިވެނިކުރުމަށެވެ. މިމައްސަލައަށް ބަލާއިރު އިތުބާރުހުރި އެއްވެސް ޢިލްމުވެރިއަކު އަދި ފިޤުހުވެރި ބޭކަލަކުވެސް މިއީ ހުއްދަނޫން ކަމެއްކަމުގައި ވިދާޅުވެފައެއްނެތެވެ. ހަމައެކަނި އައިސްފައިވާ މައްސަލައަކީ ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ މެދުގައި، ޝަރުޢީ ބައްޕައެއްނެތް ދަރިއަކު ރަނގަޅު ނަސަބަކުން އައިސްފައިވާ މީހަކާ ކައިވެނިކުރުމަށް ހަމަވޭތޯ ނުވަތަ ނޫންތޯ މިކަމުގައި ކުރެވިފައިވާ ބަޙުޘެކެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ އެފަދަ މީހަކު ކުފުއު ހަމަނުވާނޭ ކަމުގައެވެ. އެހެނީ ، އެކަމުގެ ސަބަބުން ކައިވެނިކުރާ ކުއްޖާއަށް […]
ހުރިހާ ރަސޫލުންނާއި ނަބިއްޔުން ގޮވާލެއްވީ ތައުޙީދަށް

ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔެ މައްޗަށް ފޮނުއްވި ހުރިހާ ރަސޫލުންނާއި ނަބިއްޔުން ގޮވާލެއްވީ އެއްކަމަކަށެވެ. އެބޭކަލުންގެ ރިސާލަތުގެ މަޤްޞަދަކީ އެއް މަޤްޞަދެކެވެ. އެއީ އެއްކައުވަންތަ ﷲ އަށް އެކަނި އަޅުކަންކުރުމާއި އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންކުރަންޖެހޭ އެހެން އިލާހެއް ނުވާކަން ޘާބިތުކޮށްދިނުމެވެ. (وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولاً أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ فَمِنْهُمْ مَنْ هَدَى اللَّهُ وَمِنْهُمْ مَنْ حَقَّتْ عَلَيْهِ الضَّلالَةُ فَسِيرُوا فِي الْأَرْضِ فَانْظُرُوا كَيْفَ […]
އިސްލާމްދީނުގައި މައިންބަފައިންނަށް ދެވިފައިވާ ޤަދަރު

އުވައިސުލް ޤަރްނީ ރަޙިމަހުﷲއަށް މުޚަޟްރަމުބޭކަލުންގެ ތެރެއިން ލިބިލެއްވިދަރަޖަ ލިބިލެއްވީވެސް މަންމައަށް ހެޔޮކޮށްހިއްތެވުމުގެ ސަބަބުންނެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދުވަސްވަރުވެސް އުޅުއްވި ބޭކަލެކެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާއި ބައްދަލުކުރައްވަވައި، އެކަލޭގެފާނުގެ ޞަޙާބީއަކަށް ވެވަޑައިނުގެންނެވުނީ މަންމައަށް ޚިދުމަތްކުރެއްވުމުގެގޮތުން މަދީނާއަށް ވަޑައިނުގެން މަޑުކުރެއްވީމައެވެ. الله އަކްބަރް…
ތަހައްޖުދު ނަމާދު

މާތްﷲ ވަނީ ކީރިތި ރަސޫލާގެ މައްޗަށް ދަމުނަމާދު ފަރުޟު ކުރައްވައި އަދި އުއްމަތުގެ މީހުންގެ މައްޗަށް ގަދަވެގެންވާ ސުންނަތެއްކަމުގައި އެނަމާދު ލައްވައިފައެވެ. ” وَمِنَ ٱلَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَّكَ عَسَىٰٓ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا ” ﴿٧٩﴾ سورة الإسراء މާނައީ ” އަދި (فرض ފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް خاص ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ قرآن ކިޔަވައިވިދާޅުވެ، تهجّد ނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، […]
އުފަންދުވަސް ފާހަނގަ ކުރުން

އުފަންދުވަހަކީ އަހަރަކު އެއްފަހަރު ކޮންމެ މީހަކަށުވެސް އެމީހަކު އުފަންވީ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ފާހަނގަ ކުރާ ދުވަހެކެވެ. ދުނިޔޭގެ އެހެން މުޖުތަމަޢަ ތަކެކޭވެސް އެއްފަދައިން މުސްލިމުންގެ ތެރޭގައިވެސްއުފަންދުވަސް ފާހަނގަ ކުރުން މިވަނީ ޢާއްމު ކަމަކަށްވެފައެވެ. އުފަންދުވަސް ފާހަނގަ ކުރުމަކީ އިސްލާމީ ޝަރީޢަތުގައި އެއްވެސް އަޞްލެއްނެތް ކަމެކެވެ. މީގެ އިތުރުން އުފަންދުވަސް ފާހަނގަ ކުރުމުގައި ބިދުޢަ އަށް ހިތްވަރު ދިނުމާއި ބިދުޢައަށް ދަޢުވަތުދިނުންވެސް އޭގައި އެކުލެވިގެންވެއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ” أَمْ لَهُمْ […]
އާދަމު ޢަލައިހިއްސަލާމް ގެ ވާހަކަ

އާދަމު ޢަލައިހިއްސަލާމް ގެ ވާހަކަ ކީރިތި ޤުރުއާނުގައި ﷲ ސުބްހާނަހު ވަތަޢާލާ ވަރަށްގިނަ ތަންތަނުގައި ބަޔާންކުރައްވާފައި ވެއެވެ. ޝައްކެއްވެސް ނެއް ގޮތުގައި އާދަމު ޢަލައިހިއްސަލާމަކީ އެންމެ ފުރަތަމަ ވުޖޫދުކުރެވުނު އިންސާނާއެވެ. ﷲ ތަޢާލާ އެކަލޭގެފާނު ޚަލްޤުކުރެއްވީ އެ އިލާހުގެ ދެ އަތްޕުޅުންނެވެ. ﷲ ތަޢާލާ ވަޙި ކުރެއްވިއެވެ. ” قَالَ يَا إِبْلِيسُ مَا مَنَعَكَ أَن تَسْجُدَ لِمَا خَلَقْتُ بِيَدَيَّ …” ( ص 75) މާނަ : ” އެއިލާހު ވަޙީކުރެއްވިއެވެ. އޭ […]