[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 24

24ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الـمُتَّفَقُ عَلَى رَفْعِهِ مُرَجَّحٌ عَلَى الـخَبَرِ الـمُخْتَلَفِ فِي رَفْعِهِ މި ޤަވާޢިދުގެ ތަރުޖަމާ: {ރަފުޢުވެފައިވާ ކަމާމެދު ޚިލާފުއުފެދިފައިވާ ޚަބަރުގެ މައްޗަށް، ރަފުޢުވެފައިވާ ކަމާމެދު އިއްތިފާޤުވެވިފައިވާ ޚަބަރަށް ތަރުޖީޙުދެވިގެންވޭ} މި ޤަވާޢިދުގެ މުރާދު: ތަޢާރުޟުވާ ދެ ޚަބަރެއް އޮވެފައި، އެ ތަނުން އެއް ޚަބަރަކީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ހަމައަށް އެ ޚަބަރު ރަފުޢުވެފައިވާ ކަމާމެދު (އެބަހީ، ސަނަދު އެ ނަބިއްޔާއާ ހަމައަށް ފޯރާފައިވާ ކަމާމެދު) […]

މިސްކިތްތަކުގައި ނަމާދު ކުރާ ޖާގަ ރިޒާވުކުރުމުގެ (ހިފުމުގެ) ޙުކުމް – 1

الحمد لله والصلاة والصلاة والسلام على رسولله. ފަހެ ހަމަކަށަވަރުން އިސްލާމްދީނަކީ ހުރިހާ ކަމެއް އެ ދީނުގައި އެންމެ ފުރިހަމައަށް އެކުލެވިގެންވާ  ދީނެކެވެ. އެއީ ހެޔޮ ކަމެއްނަމަ އެކަމަކަށް މަގު ދައްކަވާއި ދެއްވައި، އެ ކަން ކުރުމުގެ މައްޗަށް އަޖުރާއި ޘަވާބު ކަނޑަ އަޅުއްވާފައި ނުވާ އެއްވެސް ހެޔޮ ކަމެއް އެދީނުގައި ނުވެއެވެ. އަދި އެއީ ނުބައި ކަމެއް ނަމަ އެކަމާއިމެދު  އިންޒާރު ދެއްވައި، އެކަން ކުރުމުގެ މައްޗަށް ފާފައާއި ޢިޤާބު ކަނޑަ އަޅުއްވާފައި ނުވާ […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 23

23ވަނަ ޤަވާޢިދު (ޖުމްލަ 60): عَمَلُ أَكْثَرِ الأُمَّةِ بِالـخَبَرِ يُرَجِّحُهُ މި ޤަވާޢިދުގެ ތަރުޖަމާ: {އުއްމަތުގެ ގިނަ މީހުން ޚަބަރާ އެއްގޮތަށް ޢަމަލުކުރުމުން އެއަށް ތަރުޖީޙުދެވޭ} މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދަކީ، ޚަބަރުތަކުގެ މެދުގައި ތަރުޖީޙުދެވޭ ކަންކަމުގެ ތެރެއިން، ޚާރިޖީ ކަމަކަށް ބިނާކޮށް ތަރުޖީޙުދިނުމުގައި ބޭނުންކުރެވޭ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ޚާރިޖީ ކަމަކަށް ރުޖޫޢަވާ ތަރުޖީޙުކުރުންތަކުގެ ތެރޭގައި، ޚަބަރާ އެއްގޮތްވާ ގޮތުގެ މަތިން އުއްމަތުގެ ގިނަ މީހުން ޢަމަލުކުރުމުން އެ […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 22

22ވަނަ ޤަވާޢިދު (ޖުމްލަ 60): أَفْعَالُ الرَّسُولِ صَلَّى اللهُ عَلَيْهِ وَسَلَّمَ لَا تَتَعَارَضُ މި ޤަވާޢިދުގެ ތަރުޖަމާ: {ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތައް ފުށުއެއް ނާރާނެ} މި ޤަވާޢިދުގެ މުރާދު: ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުތަކުގެ މެދުގައި ތަޢާރުޟުވުމެއް ފުށުއެރުމެއް އޮތުމީ ނުވާނޭކަމެކެވެ. ދަލީލުތަކުގެ މެދުގައި ބޭރުފުށުން ތަޢާރުޟުވުން އޮތުމީ ވެދާނެކަމެއް ކަމަށް އުޞޫލީ ޢިލްމުވެރިން އެއްބަސްވެވަޑައިގެންފައިވެއެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުންނާއި އެ އިލާހުގެ ރަސޫލާ ޞައްލަ […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 21

21ވަނަ ޤަވާޢިދު (ޖުމްލަ 60): الـمُثْبِتُ مُقَدَّمٌ عَلَى النَّافِـي މި ޤަވާޢިދުގެ ތަރުޖަމާ: {ނަފީކުރާ އެތީގެ މައްޗަށް ސާބިތުކުރާ އެތި އިސްކުރެވިގެންވޭ} މި ޤަވާޢިދުގެ މުރާދު: މިއީ، ޚަބަރުތަކުގެ މެދުގައި ތަރުޖީޙުދިނުމުގައި ބޭނުންކުރެވޭ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެވަނީ، ސަނަދުގެ ޞައްޙަކަމުގައި އެއްވަރު ދެ ޚަބަރު ވާރިދުވެފައިވާއިރު، އެ ދެ ޚަބަރަކީ ވެސް އެއް މައުޟޫޢުއަކާ ގުޅޭގޮތުން އޮތް ދެ ޚަބަރެއްކަމުގައިވެފައި، އެއިން އެއް ޚަބަރުން ޙުކުމެއް ލިއްބައިދޭއިރު، އަނެއް ޚަބަރުން އެ ޙުކުމް […]