[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 60

60ވަނަ ޤަވާޢިދު (ޖުމްލަ 60): الـمَجَازُ الأَقْرَبُ إِلَى الحَقِيْقَةِ أَوْلَى مِن غَيْرِهِ މި ޤަވާޢިދުގެ ތަރުޖަމާ: {ޙަޤީޤަތުއާ އެންމެ ގާތް މަޖާޒު އެހެން އެއްޗެއްސަށްވުރެ އައުލާކަން ބޮޑު} މި ޤަވާޢިދުގެ މުރާދު: ލަފްޒަކުން އޭގެ ޙަޤީޤީ މާނަ ނެގުމަށް ނުކުޅެދިއްޖެ ހާލަތުގައި، އެ ލަފްޒުގެ މަޖާޒީ މާނަ ނެގުމަށް ބޭނުންވިއިރު، އެ ލަފްޒާ އެކަށީގެންވާ އެތަކެއް މަޖާޒީ މާނަތަކެއް އެ ލަފްޒަށް ލިބިގެންވާތީ ފެނިއްޖެނަމަ، އެ މަޖާޒީ މާނަތަކުގެ ތެރެއިން ޙަޤީޤަތުއާ (ޙަޤީޤީ މާނައާ) […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 59

59ވަނަ ޤަވާޢިދު (ޖުމްލަ 60): الحَقِيْقَةُ الشَّرْعِيَّةُ مُقَدَّمَةٌ عَلَى الحَقِيْقَةِ اللُّغَوِيَّةِ މި ޤަވާޢިދުގެ ތަރުޖަމާ: {ލުޣަވީ ޙަޤީޤަތުގެ މައްޗަށް ޝަރުޢީ ޙަޤީޤަތު އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ލުޣަވީ ޙަޤީޤަތަކާއި ޝަރުޢީ ޙަޤީޤަތެއް ލިބިގެންވާ ލަފްޒެއް ބޭނުންކުރައްވައިގެން ވާހަކަފުޅުދައްކަވާފައިވާނަމަ، އަޞްލަކީ ޝަރުޢީ ޙަޤީޤަތާ އެއްގޮތްވާ ގޮތުގެ މަތިން އެ ލަފްޒު ބަލައިގަތުމެވެ. އެ ލަފްޒު ބޭނުންކުރެވިފައިވަނީ ލުޣަވީ ޙަޤީޤަތާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ދަލީލެއް ވާރިދުވެއްޖައުމަށް ދާންދެނެވެ. ދަލީލެއް އޮވެއްޖެނަމަ އެ […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 58

58ވަނަ ޤަވާޢިދު (ޖުމްލަ 60): الحَقِيْقَةُ العُرْفِيَّةُ مُقَدَّمَةٌ عَلَى اللُّغَوِيَّةِ މި ޤަވާޢިދުގެ ތަރުޖަމާ: {ލުޣަވީ ޙަޤީޤަތުގެ މައްޗަށް ޢުރުފީ ޙަޤީޤަތު އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ވާހަކައިގައި ލުޣަވީ ޙަޤީޤަތަކާއި ޢުރުފީ ޙަޤީޤަތެއް ފުށުއަރައި، އެ ތަނުން އިސްކުރާނީ ކޮން އެއްޗެއްކަމާމެދު ދެކޮޅަށްކިރޭގޮތް ވެއްޖެނަމަ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި އެ ތަނުން ލުޣަވީ ޙަޤީޤަތުގެ މައްޗަށް ޢުރުފީ ޙަޤީޤަތު އިސްކުރެވޭނެއެވެ. މިއާ ޚިލާފަށް، ޙަނަފީންނާއި ޝާފިޢީންކުރެ އަލްޤާޟީ ޙުސައިންގެ ނަޒަރުގައި، ޢުރުފީ […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 57

57ވަނަ ޤަވާޢިދު (ޖުމްލަ 60): الـمُحْكَمُ مُقَدَّمٌ عَلَى مَا سِوَاهُ عِنْدَ التَّعَارُضِ މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާހިނދު މުޙްކަމު އެ ނޫން އެއްޗެހީގެ މައްޗަށް އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ޤުރުއާނުގައި ނުވަތަ ސުންނަތުގައި މުޙްކަމުކޮށް ދަލީލުކޮށްދޭ ނައްޞެއް އޮވެފައި، އެއާ ބޭރުފުށުން (ޡާހިރުކޮށް) ފުށުއަރާ އެހެން ނައްޞެއް އޮވެއްޖެނަމަ، މުޙްކަމު ނައްޞު އެ ނައްޞެއްގެ މައްޗަށް އިސްކުރެވޭނެއެވެ. މި ޤަވާޢިދަކީ، ދަލީލުތަކުގެ މެދުގައި ތަރުޖީޙުދެވޭ ގޮތްތަކުގެ ތެރެއިން [ދަލާލަތުގެ ދަރަޖަތައް ފާޅުވުމާއި ވަންހަނާވުމުގައިވާ […]

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 56

56ވަނަ ޤަވާޢިދު (ޖުމްލަ 60): دَلَالَةُ الاِقْتِضَاءِ مُقَدَّمَةٌ عَلَى دَلَالَةِ الـمَفْهُومِ عِنْدَ التَّعَارُضِ މި ޤަވާޢިދުގެ ތަރުޖަމާ: {ތަޢާރުޟުވާހިނދު މަފްހޫމުގެ ދަލާލަތުގެ މައްޗަށް އިޤްތިޟާގެ ދަލާލަތު އިސްކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ދެ ދަލާލަތެއް އޮވެފައި، އެ ތަނުން އެއް ދަލާލަތަކީ އިޤްތިޟާގެ ދަލާލަތަށްވެފައި، އަދި އަނެއް ދަލާލަތަކީ މަފްހޫމުގެ ދަލާލަތަށްވެފައި، އެ ދެ ދަލާލަތު އެކަތި އަނެކައްޗާ ފުށުއަރާނަމަ، އެ ތަނުން އިޤްތިޟާގެ ދަލާލަތު އިސްކުރެވޭނެއެވެ. ދެން ފަހެ، ވާހަކަދައްކާމީހާގެ މަޤްޞަދު އޭނާ […]