އޯޑިއޯ ޕްރޮގްރާމް: ޢިލްމީ ބިނާ 4 (ތިންވަނަ ޤަވާޢިދު)
*ހަތަރުވަނަ ޕްރޮގްރާމް: ހަތަރު ޤަވާޢިދު (ތިންވަނަ ޤަވާޢިދު) * ފޮތުގެ ޚުލާޞާ: “ހަތަރު ޤަވާޢިދު” މިފޮތުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިފައިވަނީ ޝިރުކުގެ ނުބައިކަން ދެނެގަތުމަށް ބޭނުންކުރާ ޤަވާޢިދުތަކަށެވެ. މިއީ ޢަޤީދާގެ ފޮތެކެވެ. (download pdf) * ޝަރަޙަކޮށްދެއްވީ: އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ * މި ޕްރޮގްރާމްގައި ހިމެނިފައިވާ މައިގަނޑު ނުކުތާތައް: – ނަބިއްޔާ ނަބީކަމައިގެން ފޮނުއްވުނުއިރު ދީނީ ޙާލަތު – ﷲ ތަޢާލާ ފިޔަވާ ކޮންމެ އެއްޗަކަށް އަޅުކަންކުރިޔަސް އެމީހެއްގެ އެއަޅުކަން ބާޠިލުވެގެންދާނެކަން – މައްކާގެ މުޝްރިކުން […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 9
11ވަނަ ޤަވާޢިދު (ޖުމްލަ 189): العَامُّ عُمُومُهُ شُمُولِـيٌّ وَعُمُومُ الـمُطْلَقِ بَدَلِـيٌّ މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ ޢާއްމުކަމަކީ ޝާމިލު ކަމެއް، އަދި މުޠުލަޤުގެ ޢާއްމުކަމަކީ ބަދަލީ ކަމެއް} މި ޤަވާޢިދުގެ މުރާދު: [ޢާއްމުގެ ޢާއްމުކަމަކީ ޝާމިލު ކަމެއް] ގެ މުރާދަކީ، ޢާއްމު ލަފްޒުގައި އެކުލެވޭ ޢާއްމުކަމުގެ ސަބަބުން، އެ ލަފްޒުގެ މައްޗަށް ދަލާލަތުކޮށްދޭ ވަކިވަކި ހުރިހާ ފަރުދުންތަކެއް އެ ލަފްޒުގެ ތެރޭގައި ޝާމިލުވާނެއެވެ. އެއިން ދަލާލަތުކޮށްދޭ ފަރުދުންކުރެ އޭގައި ޝާމިލުނުވާ އެއްވެސް ފަރުދެއް ނުހުންނާނެއެވެ. […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 8
10ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُعَرَّفُ بِالإِضَافَةِ يُفِيْدُ العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {އިޟާފާ ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ނަންތަކުން ޢާއްމުކަން ލިއްބައިދޭ} މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޢިބާރާތްތަކާއި ލަފްޒުތަކުގެ ތެރޭގައި އިޟާފާ ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ނަންތައް ހިމެނެއެވެ. މަޢުރިފާކުރެވިފައިވާ އެ ނަމަކީ ޖަމްޢު ނަމަކަސް ނުވަތަ މުފްރަދު ނަމަކަސް މެއެވެ. ބަހުގެ ގޮތުން އިޟާފާ (الإِضَافَة) އަކީ، އެއްޗެއް އެއްޗަކާ ގުޅުވައިލުމެވެ. ނުވަތަ އެއީ، މަޢުރިފާކުރުމުގެ ގޮތުން ނުވަތަ ޚާއްޞަކުރުމުގެ ގޮތުން […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 7
9ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُعَرَّفُ بِأَل يُفِيْدُ العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {އަލިފުލާމު ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ނަންތަކުން ޢާއްމުކަން ލިއްބައިދޭ} މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޢިބާރާތްތަކާއި ލަފްޒުތަކުގެ ތެރޭގައި އަލިފުލާމުން ފެށިފައިވާ ނަންތައް ނުވަތަ އަލިފުލާމު ބޭނުންކޮށްގެން މަޢުރިފާކުރެވިފައިވާ ނަންތައް ހިމެނެއެވެ. އަލިފުލާމު ވަދެފައިވަނީ ޖަމްޢު (ގިނަކަމުގެ މާނަ ދޭހަކޮށްދޭ) ލަފްޒަކަށް ކަމުގައިވިޔަސް، ނުވަތަ އަލިފުލާމު ވަދެފައިވަނީ މުފްރަދު (އެކަތީގެ މާނަ ދޭހަކޮށްދޭ) ލަފްޒަކަށް ކަމުގައިވިޔަސް މެއެވެ. މި ތަނުގައި […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 6
8ވަނަ ޤަވާޢިދު (ޖުމްލަ 189): الفِعْلُ الـمُتَعَدِّي فِي سِيَاقِ النَّفْيِ وَالشَّرْطِ عَامٌّ فِي مَفْعُولَاتِهِ މި ޤަވާޢިދުގެ ތަރުޖަމާ: {ކަމެއް ނަފީކުރުމާ ގުޅޭ ގޮތުން ނުވަތަ ޝަރުޠުކުރުމާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ތަނެއްގައި އޮންނަ الفِعْلُ الـمُتَعَدِّي އަކީ އޭގެ مَفْعُولُ ތަކުގައި ޢާއްމު އެއްޗެއް} މި ޤަވާޢިދުގެ މުރާދު: مَفْعُولُ އުނިކުރެވިފައިވާ، މަޞްދަރު ޛިކުރުކުރެވިފައިނުވާ، ކަމެއް ނަފީކުރުމާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ތަނެއްގައި ނުވަތަ ކަމެއް ޝަރުޠުކުރުމާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ތަނެއްފަދަ […]