[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޯޑިއޯ ޕްރޮގްރާމް: ޢިލްމީ ބިނާ 4 (ތިންވަނަ ޤަވާޢިދު)

*ހަތަރުވަނަ ޕްރޮގްރާމް: ހަތަރު ޤަވާޢިދު (ތިންވަނަ ޤަވާޢިދު)

* ފޮތުގެ ޚުލާޞާ: “ހަތަރު ޤަވާޢިދު” މިފޮތުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިފައިވަނީ ޝިރުކުގެ ނުބައިކަން ދެނެގަތުމަށް ބޭނުންކުރާ ޤަވާޢިދުތަކަށެވެ. މިއީ ޢަޤީދާގެ ފޮތެކެވެ. (download pdf)

* ޝަރަޙަކޮށްދެއްވީ: އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

* މި ޕްރޮގްރާމްގައި ހިމެނިފައިވާ މައިގަނޑު ނުކުތާތައް:

– ނަބިއްޔާ ނަބީކަމައިގެން ފޮނުއްވުނުއިރު ދީނީ ޙާލަތު

– ﷲ ތަޢާލާ ފިޔަވާ ކޮންމެ އެއްޗަކަށް އަޅުކަންކުރިޔަސް އެމީހެއްގެ އެއަޅުކަން ބާޠިލުވެގެންދާނެކަން

– މައްކާގެ މުޝްރިކުން އަޅުކަންކޮށްއުޅުނު ތަކެތި

– މީސްތަކުންނާ އެކަލޭގެފާނު ހަނގުރާމަކުރެއްވި ސަބަބު

– ޢީސާ ޢަލައިހިއްސަލާމަށް ބައެއް މީހުން އަޅުކަންކުރުން

– ބަރަކާތް ޙާޞިލުކުރުމަށް ޝަރުޢުކުރައްވާފައިވާ ގޮތްތައް

* ސުވާލާއި ޖަވާބު:

1 ޢީސާ ޢަލައިހިއްސަލާމް އަށް އަޅުކަންކުރި ފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލައަށްވެސް އަޅުކަންކުރޭ ހެއްޔެވެ؟

2 ބުދުތަކަށްދީފައި ހުންނަ ނަންތައް ދަރިންނަށް ދިނުމަކީ ކޮންކަހަލަކަމެއް ހެއްޔެވެ؟

download audio

މި ފޮރްގްރާމްގެ އެހެނިހެން ބައިތައް