[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 29

31ވަނަ ޤަވާޢިދު (ޖުމްލަ 189): الوَقَائِـعُ العَيْنِيَّةُ لَا عُمُومَ لَـهَا މި ޤަވާޢިދުގެ ތަރުޖަމާ: {ޢައިނިއްޔަ ހާދިސާތަކަށް ޢާއްމުކަން ލިބިގެނެއް ނުވޭ} މި ޤަވާޢިދުގެ މުރާދު: ވަކި މީހަކަށް ހާދިސާއެއް ހިނގުމުން، އެ ކަމާ ގުޅޭގޮތުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙުކުމެއް އިއްވެވިއިރު، އެއީ އޭނާއަށް ޚާއްޞަވެގެންވާ ކަމެއްކަން އެނގޭ ޤަރީނާއެއް އޭގައި ހިމެނޭނަމަ، އެއީ އެންމެންނަށް ޢާއްމުވާ ޙާދިސާއެއް ކަމުގައެއް ނުބެލެވޭނެތެވެ. މި ތަނުގައި މި ބުނެވޭ ހާދިސާގެ ތެރޭގައި، ދިމާވާ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 28

30ވަނަ ޤަވާޢިދު (ޖުމްލަ 189): نَفيُ الـمُسَاوَاةِ بَيْـنَ شَيْئَيْـنِ يَقْتَضِي العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {ދެ އެއްޗެއްގެ މެދުގައި ހަމަހަމަކަން ނަފީކުރުމުން ޢާއްމުވުން ލާޒިމުކުރޭ} މި ޤަވާޢިދުގެ މުރާދު: ދެ އެއްޗެއްގެ މެދުގައި ހަމަހަމަ ނޫންކަމަށް ބުނެ، އެ ދޭތީގެ މެދުގައި ހަމަހަމަކަން އޮތުން ނަފީކޮށްފިނަމަ، އެއިން ލާޒިމުކުރަނީ އެއްވެސް ގޮތަކުން އެ ދޭތީގެ މެދުގައި ހަމަހަމަކަމެއް ނުވުމަށެވެ. އެހެންކަމުން، އެއިން ޢާއްމުކަމުގެ މާނަ ލިއްބައިދެއެވެ. މިއީ، ޝާފިޢީގެ ރައުޔެވެ. އަދި އެ ބޭފުޅާގެ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 27

29ވަނަ ޤަވާޢިދު (ޖުމްލަ 189): الـمَجَازُ لَهُ عُمُومٌ މި ޤަވާޢިދުގެ ތަރުޖަމާ: {މަޖާޒަށް ޢާއްމުކަން ލިބިގެންވޭ} މި ޤަވާޢިދުގެ މުރާދު: ޙަޤީޤަތެކޭ އެއްގޮތަށް ހަމަ އެފަދައިން މަޖާޒަށް ވެސް ޢާއްމުކަން ކުރިމަތިވެއެވެ. ސަބަބަކީ، އެއީ ޙަޤީޤަތު ފަދައިން، ކަލާމް (ދައްކާ ވާހަކަ) ގެ އެއް ވައްތަރުކަމަށް ވާތީއެވެ. އަދި ޢަރަބީން ޙަޤީޤަތު ބޭނުންކޮށްގެން މުޚާޠަބުކޮށްއުޅޭ ގޮތަށް، މަޖާޒު ބޭނުންކޮށްގެން ވެސް މުޚާޠަބުކޮށް އުޅޭތީއެވެ. އެއް ވައްތަރަށް ހުށަހެޅޭ ނުވަތަ ކުރިމަތިވާ ކަމެއް، ދެން ހުރި ވައްތަރަށް […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 26

28ވަނަ ޤަވާޢިދު (ޖުމްލަ 189): الـمَفهُومُ لَهُ عُمُومٌ މި ޤަވާޢިދުގެ ތަރުޖަމާ: {މަފްހޫމަށް ޢާއްމުކަން ލިބިގެންވޭ} މި ޤަވާޢިދުގެ މުރާދު: ޢިބާރާތުގެ މަފްހޫމަށް ޢާއްމުކަމެއް ލިބިގެންވެއެވެ. އެއީ، އެ ޢިބާރާތުގެ މަންޠޫޤުގައިވާ މިންވަރުގެ އިތުރުންނެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މިއާ ޚިލާފަށް، ޣަޒާލީއާއި އިބްނު ޢަޤީލާއި އިބްނު ޤުދާމާގެ ނަޒަރުގައި، މަންޠޫޤުގައިވާ މިންވަރުގެ އިތުރުން، މަފްހޫމަށް ޢާއްމުކަމެއް ލިބިގެނެއް ނުވެއެވެ. ސަބަބަކީ، އެ ބޭފުޅުންގެ ނަޒަރުގައި، ޢާއްމުކަމަކީ މާނަތަކަށް ހުށަހެޅޭ ކަމަކަށް […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 25

27ވަނަ ޤަވާޢިދު (ޖުމްލަ 189): الاِسْتِثْنَاءُ عَقِبَ الـجُمَلِ الـمُتَعَاطفَةِ عَائِدٌ إِلَى الـجَمِيْعِ مَا لَـمْ يَـمْنَعْ مَانِـعٌ މި ޤަވާޢިދުގެ ތަރުޖަމާ: {ގުޅިގެން އައިސްފައިވާ ޖުމްލަތަކަކަށްފަހު އަންނަ އިސްތިސްނާ، މަނާކުރާނޭ ހުރަހެއް ނެތްނަމަ، އެ ހުރިހާ ޖުމްލަތަކަކަށްމެ ރައްދުވޭ} މި ޤަވާޢިދުގެ މުރާދު: އެއް ތަނެއްގައި ގުޅިގެން ޖެހިޖެހިގެން ޖުމްލަތަކެއް އައިސްފައި، އެ ޖުމްލަތަކަށްފަހު إِلَّا (ފިޔަވައި/މެނުވީ) ބޭނުންކޮށްގެން އިސްތިސްނާއެއް އައިސްފައިވާނަމަ، ނުވަތަ އެ ނޫން ވެސް އިސްތިސްނާކުރުމަށް ބޭނުންކުރެވޭ އެ މާނައިގެ ލަފްޒެއް […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 24

26ވަނަ ޤަވާޢިދު (ޖުމްލަ 189): الاِسْتِثْنَاءُ مِعْيَارُ العُمُومِ މި ޤަވާޢިދުގެ ތަރުޖަމާ: {އިސްތިސްނާއަކީ ޢާއްމުކަމުގެ މިންގަނޑު} މި ޤަވާޢިދުގެ މުރާދު: ޢާއްމުކަން ދެނެގަތުމަށްޓަކައި ސަލާމަތްތެރި މިންގަނޑަކަށް ބޭނުންޖެހިފައިވެއެވެ. އެގޮތުން، އިސްތިސްނާއަކީ ޢާއްމުކަން ދެނެގަނެވޭނޭ މިންގަނޑެކެވެ. އަދި އޭގެ ބޭނުންކޮށްގެން ލަފްޒުގެ ޢާއްމުކަން އިމްތިޙާނުކުރެވިދާނެއެވެ. ލަފްޒުތަކުގެ ތެރެއިން އިސްތިސްނާކުރުން ޞައްޙަ، އަދި އެއަށް ވަކި މިންވަރެއް ނުވާ ކޮންމެ ލަފްޒަކީ ޢާއްމު ލަފްޒެކެވެ. އިސްތިސްނާއަކީ، إِلَّا (ފިޔަވައި/މެނުވީ) ނުވަތަ އޭގެ [އަޚުން] ކުރެ [އަޚެއް] ބޭނުންކޮށްގެން، ނުވަތަ […]