[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 40

42ވަނަ ޤަވާޢިދު (ޖުމްލަ 189): الاِسْتِثْنَاءُ يُـخَصِّصُ العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {އިސްތިސްނާ، ޢާއްމުކަން ޚާއްޞަ ކުރޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞުތަކުގައި ޢާއްމުކަމުގެ ލަފްޒުތަކުގެ ތެރެއިން ލަފްޒެއް ވާރިދުވެފައި، އިސްތިސްނާ ކުރުމުގެ ގޮތުން ބޭނުންކުރެވޭ ލަފްޒުތަކުގެ ތެރެއިން ލަފްޒެއް އެއާ ގުޅިފައި ވާނަމަ، އެ އިސްތިސްނާއަކީ، ޢާއްމުކަން ޚާއްޞަ ކުރާ އެއްޗެއް ކަމުގައި ބެލެވޭނެތެވެ. އަދި އެ ޢާއްމު ލަފްޒު އެހާރުން އޮންނާނީ، އިސްތިސްނާ ކުރެވުނު ކަންތައް ފިޔަވައި ދެން ހުރި ކަންކަމަށް […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 39

41ވަނަ ޤަވާޢިދު (ޖުމްލަ 189): الـمَفْهُومُ يُـخَصِّصُ العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {މަފްހޫމު، ޢާއްމުކަން ޚާއްޞަ ކުރޭ} މި ޤަވާޢިދުގެ މުރާދު: މަފްހޫމަކީ، އޭގެ ދެ ވައްތަރުކަމުގައިވާ މަފްހޫމުލްމުވާފަޤާއާއި މަފްހޫމުލްމުޚާލަފާ ހިމެނޭ ގޮތުން، ޢާއްމު ލަފްޒުތައް ޚާއްޞަކުރާ އެއްޗެކެވެ. މަފްހޫމުގެ ތެރެއިން މަފްހޫމުލްމުވާފަޤާގެ ޙުއްޖިއްޔަތާ މެދު އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި އިއްތިފާޤުވެވިފައިވުމުން، އެއިން ޢާއްމުކަން ޚާއްޞަކުރުމާ މެދު ވެސް އެ ބޭފުޅުންގެ ތެރޭގައި އިއްތިފާޤުވެވިފައިވާ ކަމަށް އަލްއާމިދީއާއި އިބްނުއްސުބުކީއާއި އައްޒަރުކަޝީ ވިދާޅުވެފައިވެއެވެ. އަދި ބައެއް އުޞޫލީ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 38

40ވަނަ ޤަވާޢިދު (ޖުމްލަ 189): رُجُوعُ الضَّمِيْرِ إِلَى بَعْضِ أَفْرَادِ العَامِّ لَا يُـخَصِّصُهُ މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ ބައެއް އަފުރާދުންނަށް ޟަމީރު ރުޖޫޢަވުމަކުން، އެ ޚާއްޞައެއް ނުކުރޭ} މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒެއް ވާރިދުވެފައި، އެއާ ޖެހިގެން އެ ޢާއްމުގެ ބައެއް އަފުރާދުންނަށް ރުޖޫޢަވާ ޟަމީރެއް (ބަދަލުނަމެއް) އޮވެއްޖެނަމަ، އެ ޟަމީރުގެ ސަބަބުން އެ ޢާއްމު ޚާއްޞައެއް ނުވާނެއެވެ. އަދި ކިޔެއްތަ! ޢާއްމުކަންމަތީ އެ ޢާއްމު އޮންނާނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 37

39ވަނަ ޤަވާޢިދު (ޖުމްލަ 189): إِذَا وَافَقَ الـخَاصُّ حُكْمَ العَامِّ لَـمْ يُـخَصِّصْهُ މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ ޙުކުމާ ޚާއްޞަ އެއްބަސްވެއްޖެނަމަ، އެއަކުން ޚާއްޞައެއް ނުކުރާނެ} މި ޤަވާޢިދުގެ މުރާދު: ޚާއްޞަކުރާ ޢާއްމުއާ އެ ޚާއްޞަ ފުށުއެރުމީ، ޚާއްޞަކުރުމުގެ ޝަރުޠުތަކުންކުރެ ޝަރުޠެއް ކަމުން، ޚާއްޞަކުރުމީ ފުށުއަރާ ދެ ދަލީލު ވެސް ބޭނުންކޮށް އެ ދެ ދަލީލު ޖަމްޢުކުރުމުގެ ގޮތްތަކުންކުރެ ގޮތެކެވެ. ވީއިރު، ޢާއްމު ލަފްޒެއް އޮވެފައި، އެ ޢާއްމުގެ ބައެއް އަފުރާދުންނާ ގުޅޭ ގޮތުން […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 36

38ވަނަ ޤަވާޢިދު (ޖުމްލަ 189): تَـخْصِيْصُ القَطْعِيِّ بِالظَّنِّيِّ جَائِـزٌ މި ޤަވާޢިދުގެ ތަރުޖަމާ: {ޡައްނީން ޤަޠުޢީ ޚާއްޞަކުރުން ހުއްދަ} މި ޤަވާޢިދުގެ މުރާދު: ޤަޠުޢީކޮށް އޮތް ޢާއްމު ނައްޞެއް، އާޙާދު ޚަބަރާއި ޤިޔާސާއި މަފްހޫމުފަދަ ޡައްނީކޮށް އޮތް އެއްޗަކުން ޚާއްޞަކުރެވިދާނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މި ޤަވާޢިދު ބިނާވެފައިވަނީ، ޢާއްމުން ދަލީލުކޮށްދެނީ ޡައްނީކޮށް ކަމަށް ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ދެކިވަޑައިގަތުމުގެ މައްޗަށެވެ. އެހެންކަމުން، ޢާއްމު ދަލީލަކާ ޡައްނީ ޚާއްޞަ ދަލީލެއް ފުށުއަރައިފިނަމަ، […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 35

37ވަނަ ޤަވާޢިދު (ޖުމްލަ 189): تَـخْصِيْصُ الأَخْبَارِ جَائِزٌ މި ޤަވާޢިދުގެ ތަރުޖަމާ: {ޚަބަރުތައް ޚާއްޞަކުރުން ހުއްދަ} މި ޤަވާޢިދުގެ މުރާދު: ރިވާވެފައި ހުންނަ ޢާއްމު ލަފްޒު ހިމެނޭ ޚަބަރުތައް ޚާއްޞަކުރެވިދާނެއެވެ. މި ކަމާމެދު އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި ގާތްގަނޑަކަށް އިއްތިފާޤުވެވިފައިވެއެވެ. މިއާ ޚިލާފަށް، ބައެއް ޝާފިޢީންނާއި ބައެއް އުޞޫލީ ޢިލްމުވެރިންގެ ނަޒަރުގައި، ޚަބަރުތައް ޚާއްޞަކުރުން ހުއްދައެއް ނޫނެވެ. މި ގޮތަށް ވިދާޅުވާ ބޭފުޅުންގެ އަދަދު މަދުކަމާހުރެ އަލްއާމިދީ މި ރައުޔު ސިފަކުރައްވާފައިވަނީ ޝާއްޛު (ބީރައްޓެހި/އެކަހެރި) ބަޔެއްގެ […]