[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 81

84ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ الـمُطْلَقُ يَقْتَضِي الفَوْرَ މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު ނަހީން ލާޒިމު ކުރަނީ ވަގުތުން ދުރުހެލިވާން} މި ޤަވާޢިދުގެ މުރާދު: މުޠުލަޤު ނަހީއެއް ހަމަ ނުކުތުމާއެކު އެއިން ލާޒިމު ކުރަނީ، ނަހީކުރެވުނު އެ ކަންތަކަށް ނިމުންގެނެސް އެ ކަން ހުއްޓައިލަން އަވަސްވެގަތުމެވެ. އެހެންކަމުން، އެ ކަމަށް ނިމުން ގެނެސް ހުއްޓައިލުމުގައި ފަސްކޮށް ލަސްކުރާ ކޮންމެ ވަގުތަކީ އެއާ ގުޅިގެން އޭނާއަށް ބަދުބަހާއި ޢުޤޫބާތް ތަރުތީބުވެގެން ދާނޭ ކަމެކެވެ. ސަބަބަކީ، ލަސްކުރުމީ، […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 80

83ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ الـمُطْلَقُ لِلتَّحْرِيْـمِ މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު ނަހީ ބޭނުންކުރެވެނީ ޙަރާމްކުރެއްވުމަށް} މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގެ ޝަރުޢީ ނައްޞުތަކުގައި އެހެން ގޮތަކަށް އަނބުރައިލާނޭ ޤަރީނާއެއް ނެތި އައިސްފައިވާ ނަހީން ލިއްބައިދެނީ އެ ކަމެއް ޙަރާމްކަމެވެ. އަދި އެއިން ލާޒިމު ކުރަނީ، ނަހީކުރެއްވުނު އެ ކަންތަކަށް އަރައިގަތުން މަނާވުމާއި ޙަރާމްވުމެވެ. އެހެން ގޮތަކަށް އަނބުރައިލާނޭ ޤަރީނާއެއް ނެތި އެ ނަހީން މަކުރޫހުކަމުގެ މާނަ ނުވަތަ އެހެން ވެސް މާނައެއް […]

مَجَالِسُ شَهْرِ رَمَضَانَ – ސޯޅަވަނަ މަޖްލިސް

 ޒަކާތް   ޙަމްދުހުރީ ﷲއެވެ. އެއިލާހީ ފާފަތަކާއި ކުށްތައް ފުއްސަވައި އިލާހެވެ. އަދި ނުރަނގަޅު މީހުންގެ ފާފަތައް ވަންހަނާކޮށްދެއްވާ އަދި އެފާފަތަކަށް ޢަފޫކުރައްވާ އިލާހެވެ. އެއިލާހުގެ ޙަޟުރަތުން ހިމާޔަތަށް އެދިއްޖެމީހަކު ފަލާހާ ކާމިޔާބު ވެއްޖެއެވެ. އަދި އެއިލާހާ މުޢާމަލާތް ކޮށްފިމީހަކު ފައިދާ ލިބިގަންނަ ހުއްޓެވެ. އެއިލާހު ތަނބަކާއި ނުލައި އުޑު އުފުއްލެވިއެވެ. ދެންފަހެ ވިސްނާ ބަލާހުށިކަމެވެ. އަދި އެއިލާހު ވާރޭ ތިކިތައް ވެއްސަވައެވެ. އެހާރުން ވިނަތައް ފެނުގައި ފަތައެވެ. ހަނަފަސްކަމަށް ފަހުގައި ތިޔާގިކަމުގެ ދުވަސްވަރު، ނަޢަސޫފިތައް އަމިއްލައަށް […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 79

82ވަނަ ޤަވާޢިދު (ޖުމްލަ 189): نَفْيُ الأَمْرِ لَا يَسْتَلْزِمُ ثُبُوتَ النَّهْيِ މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރު ނަފީކުރުމުން، ނަހީ ސާބިތުވުން ލާޒިމެއް ނުކުރޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ކަމެއް ކުރުމަށް އަމުރުކުރުން ނަފީކުރައްވައިފިނަމަ (އެބަހީ، އެ ކަން ކުރުމަށް އަމުރު ނުކުރައްވާކަމަށް ބަޔާންކުރައްވައިފިނަމަ)، އެ ކަން ޙަރާމްކަމެއްގެ ގޮތަށް ނަހީކުރެވުނީ ކަމަކަށް އެއިން މާނައެއް ނުކޮށްދެއެވެ. އެހެނެއްކަމަކު، އަމުރު ނަފީކުރެއްވުން އެއީ މަކުރޫހުގެ މާނައިގައި އޮތް ކަމަކަށް ވެސް ވެދާނެއެވެ. އަދި […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 78

81ވަނަ ޤަވާޢިދު (ޖުމްލަ 189): ذِكْرُ مَصَالِحِ الأَفْعَالِ إِذْنٌ أَوْ تَرْغِيْبٌ, وَذِكْرُ مَفَاسِدِهَا نَهْيٌ أَوْ تَرْهِيْبٌ މި ޤަވާޢިދުގެ ތަރުޖަމާ: {ކަންކަމުގެ މަޞްލަޙަތުތައް ބަޔާންކުރުމީ ހުއްދަދިނުމެއް އަދި ހިތްވަރުދިނުމެއް، އަދި އެ ކަންކަމުގެ ފަސާދަތައް ބަޔާންކުރުމީ ނަހީކުރުމެއް އަދި ދުރުހެލިވާން ބާރުއެޅުމެއް} މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ވަކި ކަމެއްގައި އެކުލެވޭ އަދި އެ ކަމުން ތަރުތީބުވެގެންދާ މަޞްލަޙަތެއް ބަޔާންކުރައްވައިފިނަމަ، އެއީ އެ ކަން ޝަރުޢުވެގެން ވާކަމުގެ ދަލީލެކެވެ. އަދި އޭގެ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 77

80ވަނަ ޤަވާޢިދު (ޖުމްލަ 189): تَعْجُبُ الرَّبُّ سُبْحَانَهُ إِنْ تَعَلَّقَ بِـحُسْنِ الفِعْلِ دَلَّ عَلَى الأَمْرِ بِهِ، وَإِنْ تَعَلَّقَ بِقُبْحِ الفِعْلِ دَلَّ عَلَى النَّهِي عَنْهُ މި ޤަވާޢިދުގެ ތަރުޖަމާ: {ﷲ ތަޢާލާގެ ހައިރާންވެވޮޑިގަތުން ކަމުގެ ރިވެތިކަމާ ގުޅިއްޖެނަމަ، ދަލީލުކޮށްދެނީ އެ ކަމަށް އަމުރުވެވިގެން ވާކަން. އަދި ކަމުގެ ހުތުރުކަމާ ގުޅިއްޖެނަމަ، ދަލީލުކޮށްދެނީ އެ ކަން ނަހީކުރެވިގެން ވާކަން} މި ޤަވާޢިދުގެ މުރާދު: ހައިރާންވުމުގެ ޢިބާރާތް ނުވަތަ އަޖާއިބުވާކަމުގެ ޞީޣާއެއް ޝަރުޢުކުރައްވާ […]