ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 94

98ވަނަ ޤަވާޢިދު (ޖުމްލަ 189): ظَوَاهِرُ النُّصُوصِ تُقَيَّدُ بِمَا يُعْقَلُ مَعْنَاهُ وَتَشْهَدُ لَهُ قَوَاعِدُ الشَّرْعِ މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞުތަކުގެ ޡާހިރުތައް ބުއްދިއަށް މާނަ ކުރެވޭ ގޮތްތަކުން ޤައިދު ކުރެވޭނެ، އަދި އެއަށް ޝަރުޢުގެ ޤަވާޢިދުތައް ހެކިވޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއް އައިސްފައިވާއިރު، އެ ނައްޞު ވިސްނައިގަތުމުގައި، އޭގައިވާ ލަފްޒުން އިޙްތިމާލު އުފައްދައިދޭ ގޮތްތަކުންކުރެ ވަކި ގޮތަކަށް އެ ނައްޞުގެ ޡާހިރުން މަގުދައްކައިދިނުމަށް ބުއްދީގެ ދަލީލުން ޤަޠުޢީކޮށް ނިޔާކަނޑައަޅާނަމަ، ބުއްދިން […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 93

97ވަނަ ޤަވާޢިދު (ޖުމްލަ 189): الكَلَامُ الـمُقَيَّدُ بِقَيْدٍ مُصَبُّ الإِثْبَاتِ وَالنَّفْيِ عَلَى ذَلِكَ القَيْدِ މި ޤަވާޢިދުގެ ތަރުޖަމާ: {ޤައިދަކުން މުޤައްޔަދު ކުރެވިފައިވާ ވާހަކައިގައި، ސާބިތު ކުރުމާއި ނަފީ ކުރުން ބިނާކުރެވޭ ހުށީ އެ ޤައިދުގެ މައްޗަށް} މި ޤަވާޢިދުގެ މުރާދު: ދައްކާ ވާހަކައިގައި ހަމައެކަނި ކަމެއް ސާބިތު ކުރުމާއި ނަފީ ކުރުމަށްވުރެ އިތުރު ޤައިދެއް އެކުލެވިފައި ވާނަމަ، އެ ޤައިދަކީ އެ ވާހަކައިގެ މަޤްޞަދެވެ. އަދި އެ ވާހަކައިން ފައިދާ ލިބިގަންނަންވީ ތަނެވެ. […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 92

96ވަނަ ޤަވާޢިދު (ޖުމްލަ 189): نَفْيُ الـمُطْلَقِ يَسْتَلْزِمُ نَفْيَ الـمُقَيَّدِ މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު ނަފީ ކުރުމުން، މުޤައްޔަދު ނަފީވުން ލާޒިމު ކުރޭ} މި ޤަވާޢިދުގެ މުރާދު: ޤައިދުތަކުންކުރެ ޤައިދެއް ކުރެވިފައިވާ މުޠުލަޤެއް ނަފީ ކޮށް އެ މުޠުލަޤުގެ ޙުކުމް އުވާލައިފިނަމަ، އެ ނަފީއަކީ އެ މުޤައްޔަދަށް ވެސް އޮތް ނަފީއެކެވެ. އެހެނީ، މުޤައްޔަދަކީ މުޠުލަޤުގެ ތެރެއިންވާ ބަޔެކެވެ. އަދި މުޅި އެތި އުވައިލުމީ، އޭގެ ބައިކުޅަބައި ވެސް އުވައިލުމެވެ. އެގޮތުން، މީހަކު [ތިމަން […]
އިމާމު ނަވަވީގެ ސާޅީސް ޙަދީސް 1

ފޮތުގެ މުހިއްމުކަން ހަދީސްތަކުގައި ބަޔާންވެފައިވަނީ އިސްލާމީ އަޤީދާ އަދި ފިޤްހުގެ މުހިންމު ޤަވާއިދުތައް ހަދީސްތަކުގެ އުސްލޫބަކީ ޖަވާމިޢުލް ކަލިމް (ކުރު ޢިބާރާތްތަކަކުން މާނަފުން، ބޭނުންތެރި ފިލާވަޅުތަކެއް ދިނުން) ފޮތެއްގެ މުހިންމުކަން އެނގޭ އެއްގޮތަކީ އެފޮތް ގިނަ ޢިލްމުވެރިން ޝަރަޙަކޮށްފައި އޮތުމުންނެވެ. މިފޮތް ވަރަށް ގިނަ ޢިލްމުވެރިން ޝަރަޙަކޮށްފައިވެއެވެ. މިގޮތުން އެންމެ މަޝްހޫރު އަދި އެންމެ ފައިދާބޮޑު ޝަރަޙައަކީ އިމާމް އިބްނި ރަޖަބުގެ ޖާމިޢުލް ޢުލޫމުލް ޙިކަމްއެވެ. އިމާމް ނަވަވީގެ ސާޅީސް ހަދީޘްގެ ފުރަތަމަ ފަސް ހަދީޘްގެ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 91

95ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُطْلَقُ إِذَا قُيِّدَ بِقَيْدَيْنِ مُتَنَافِيَيْنِ طُرِحَا وَبَقِيَ العَمَلُ بِالإِطْلَاقِ މި ޤަވާޢިދުގެ ތަރުޖަމާ: {ނަފީކުރާ ދެ ޤައިދަކުން މުޠުލަޤު ޤައިދު ކުރެވިއްޖެނަމަ، އެ ދޭތި ދޫކޮށްލެވޭނެ. އަދި މުޠުލަޤުކަމަށް ޢަމަލު ކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނައްޞުތަކުގެ ތެރެއިން ތަނެއްގައި މުޠުލަޤު ލަފްޒެއް އައިސްފައި، އެހެން ދެ ތަނެއްގައި އެ މުޠުލަޤު ދެ ގޮތަކަށް ޤައިދުކުރެވިފައި ވާނަމަ، އަދި އެ ދެ ޤައިދަކީ އެކަތި […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 90

94ވަނަ ޤަވާޢިދު (ޖުމްލަ 189): كُلُّ مَا جَازَ بِهِ تَـخْصِيْصُ العَامِّ جَازَ بِهِ تَقْيِيْدُ الـمُطْلَقِ މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމު ތަޚްޞީޞު ކުރުން ހުއްދަ ކޮންމެ އެއްޗަކުން، މުޠުލަޤު ތަޤްޔީދު ކުރުން ހުއްދަ} މި ޤަވާޢިދުގެ މުރާދު: މުޠުލަޤު ޢާއްމުއާ އެއްގޮތެވެ. އަދި މުޤައްޔަދު ޚާއްޞައާ އެއްގޮތެވެ. އެހެންކަމުން، ޢާއްމުގެ މުޚައްޞިޞަކަށް ވުން އެކަށީގެން ވާ ކޮންމެ ދަލީލަކީ، މުޠުލަޤުގެ މުޤައްޔިދަކަށް ވުމަށް ވެސް އެކަށީގެން ވާ ދަލީލެކެވެ. މިއަށް ބިނާކޮށް، ޝަރުޠުންނާއި […]