ނަމާދުގެ ޝަރުޠުތަކުގެ ތެރެއިން … (6)
ފަސްވަނައީ: ނިޔަތްގަތުން : ނަމާދުގެ ޝަރުޠުތަކުގެ ތެރޭގައި ނިޔަތްގަތުންވެއެވެ. ޢަރަބިބަހުގައި ނިޔަތު ގެ މާނައަކީ ޤަޞްދުކުރުމެވެ. ޝަރުޢުގައި ނިޔަތުގެ މުރާދަކީ، الله سبحانه وتعالى އާ ކުއްތަންވުމުގެގޮތުން އަޅުކަމެއްކުރުމަށް ޢަޒުމުކަނޑައެޅުމެވެ. ނިޔަތްގަންނާނީ ހިތުންނެވެ. ދުލުން ނިޔަތް ކިޔާކަށް ނުޖެހޭނެއެވެ. އަދިކިއެއްތޯއެވެ. ދުލުން ނިޔަތްކިޔުމަކީ ބިދުޢައެކެވެ. (އެބަހީ، ދީނަށް އަލަށް ވައްދާފައިވާ ކަމެކެވެ.) އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ މާތް ސަޙާބީން ދުލުން ނިޔަތް ވިދާޅުވެފައެއްނުވެއެވެ. ނިޔަތް ގަންނާނީ ކުރަން ބޭނުންވާ ނަމާދެއްކުރުމަށް ހިތުންނެވެ. މެންދުރުނަމާދުކަމުގައިވާނަމަ…