ސިޙުރާއި ކާހިނުކަމާއި އަތްބެލުމުގެ ނުބައިކަން

ސިޙުރަކީ ކުފުރެކެވެ. ބޮޑުވެގެންވާ ހަތް ފާފައިގެ ތެރެއިންވާ ފާފައެކެވެ. ސިޙުރު ހަދާމީހާ އިސްލާމް ދީނުގެ މިއްލަތުނެ ބޭރުވެގެންދެއެވެ. ސިޙުރުވެރިޔަކަށް ސިޙުރުން ކުޑަމިންވަރެއްވެސް ﷲ ތަޢާލާއަށް ޝިރުކު ކުރުމަކާއިނުލާ ނެހެދޭނެއެވެ. ސިޙުރުގައި އަޅާ ފުރަތަމަ ފިޔަވަޅަކީ ކުފުރުގައި އަޅާ ފުރަތަމަ ފިޔަވަޅެވެ.
ކާފަރު ޤައުމުތަކަށް ކިޔަވަން ދިޔުމަކީ ކޮންކަހަލަ ކަމެއް ؟

އިސްލާމްދީނުގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ޝަރުޢީ ޢިލްމަށެވެ. ޝަރުޢީ ޢިލްމުގެ ތެރެއިން ކޮންމެހެން އެނގެން ޖެޙޭ މިންވަރު ދެނެގެތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބެކެވެ. ދުނިޔަވީ ގޮތުން ފައިދާހުރި އެހެނިހެން ޢިލްމުތައް އުގެނިގަތުމަކީ ވެސް އިސްލާމްދީން ނުހަނު ހިތްވަރުދޭ ކަމެކެވެ. މިދުވަސްކޮޅަކީ ދީންދެކެ ލޯބިވާ ކުދީން ދުނިޔަވީ ޢިލްމު އުނގެނިގަތުމަށް ގޮވައިލެވޭ ގޮވައިލުންތަކުގެ ނަޢުރާގެ އަޑު ގަދަވެފައިވާ ދުވަސްކޮޅެކެވެ. މިގޮވައިލުމުގައި ހިތާއި ރޫޙުން އަޅުގަނޑުވެސް ބައިވެރިވަމެވެ. އެހެނީ މުސްލިމުންނަކީ އެބައިމީހުންގެ ރަންޒަމާނުގައި ހުރިހައި ރޮނގަކުންވެސް ކުރިއަރާފައި […]
ދަރީން ތަރުބިއްޔަތު ކުރުން…1

ޞާލިޙް އަންބަކު ޚިޔާރު ކުރުން ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަގުހުރި އަމާނާތެކެވެ. ލޮލުގެ މޭވާއެވެ. ހިތުގެ ފިނިކަމެވެ. މާތްﷲ ވަނީ ދަރީން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައެވެ. އެގޮތުން މާތްﷲ ޥަޙީ ކުރައްވާފައިވެއެވެ. يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًۭ މާނައީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! “ އެހެންކަމުން އަޅުގަނޑުމެންގެ ދަރީން އިޞްލާޙު ކުރުމަކީ […]
ތިބާގެ ދުޢާއަކީ މުސްތަޖާބު ދުޢާއަކަށް ހަދަންބޭނުންނަމަ..1

އިޖާބަ އަވަސްނުވުމުގެ ސަބަބުން ދުޢާކުރުން ދޫކޮށްލާ މިހާގެ މިސާލަކީ، އޮށްތަކެއް އިންދައި އެއަށް ފެންދީ ބަލަހައްޓަމުންއައިސް، މެވާއެޅުން ލަސްވުމުން އެ ދޫކޮށްލާ މީހާގެ މިސާލެވެ.
عقيدة أهل السنة والجماعة – އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ ޢަޤީދާ

أهل السّنة والجماعة ދަންނައެވެ. އެބަހީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިންނެވެ. އެބަހީ رسول الله صلّى الله عليه وسلّم އާއި އެކަލޭގެފާނުގެ ޞަޙާބީންގެ މަންހަޖަށް ތަބާވެ، އެގޮތުގައި ސާބިތުވި މީހުންނެވެ.رسول الله صلّى الله عليه وسلّم ، ނަރަކައިން ދިންނަވާ ސުވަރުގެ ވަންނާނެކަމުގެ ޚަބަރު ދެއްވާފައިވާ ޖަމާޢަތުގެ މީހުންނެވެ. އަދި އެއީالفِرْقَةُ النَّاجِيَة އެވެ. އަޚުންނޭވެ! އިންސާނާގެ ހުރިހާ ހެޔޮ ޢަމަލެއް ބިނާވެގެންވަނީ މި ޢަޤީދާގެ މައްޗަށެވެ. މިޢަޤީދާ ހިތުގައި ކަށަވަރުކޮށްގެން މެނުވީ ބާއްޖަވެރިޔަކަށް ނުވާނެއެވެ. މިފޮތަކީ فضيلة الشّيخ محمّد بن صالح العثيمين -رحمه الله ލިޔުއްވާފައިވާ عقيدة أهل السنة والجماعة ގެ ތަރުޖަމާއެކެވެ. އަޅުގަނޑުމެން ރާއްޖޭގައިވެސް ޢަޤީދާގެ މައްސަލަތަކުގައި ބޮޑެތި މައްސަލަތައް […]
ނިޔަތް އިޚްލާސްތެރި ކުރުން.

މި ޙަދީޘުގައި މިވާ ތިން މީހުންވެސް ބިމުގައި ދާމާގެންގޮސް މޫނުވަތަށް ނަރަކަޔަށް އެއްލާލެވުނީ އެބައިމީހުން އެބައިމީހުންގެ ޢަމަލުގައި އިޚްލާޞްތެރު ނުވުމުންނެވެ. ނަމަވެސް އެމީހުން ކުރި ޢަމަލު ތަކަކީ ﷲ ތަޢާލާގެ وجه ފުޅަށް (1) އެދި އެކަންތައް ކޮށްފިކަމުގައި ވަނީނަމަ ގިނަގުނަ ސަވާބާއި ދަރުމަ ދެއްވާ ކަންކަމެވެ.
ތަފްސީރު ޢިލްމަށް މަގެއް 2

ބައެއް މަޝްހޫރު ތަފްސީރު ފޮތްތައް 1- ތަފްސީރުއްޠަބަރީ: މިފޮތުގެ ފުރިހަމަ ނަމަކީ ‘ޖާމިޢުލްބަޔާން ޢަން ތައުވީލި އާޔިލްޤުރުއާން’ އެވެ. ލިޔުއްވީ އަލް އިމާމުލް މުފައްސިރު މުޙައްމަދު ބިން ޖަރީރު އައްޠަބަރީ ރަޙިމަހުﷲއެވެ. އެކަލޭގެފާނަކީ އެންމެފުރަތަމަ ތަފްސީރު ޢިލްމުގައި ފޮތެއް ލިޔުއްވި ޢިލްމުވެރިޔާއެވެ. އަވަހާރަވެފައިވަނީ ހިޖުރައިން 310 ވަނަ އަހަރުގައެވެ. ޞަޙާބީންނާއި ތާބިޢީންނާއި އަތްބާޢުއްތާބިޢީންގެ ބޭކަލުންގެ ޤައުލުތައް މިފޮތުގައި ޖަމަޢަކުރައްވާފައިވެއެވެ. އެކަލޭގެފާނަށްފަހު ވަޑައިގެންނެވި ހުރިހާ ތަފްސީރު ޢިލްމުވެރިންވެސް އެންމެ އިސްރިފަރެންސަކަށް ބެއްލެވި ފޮތަކީ މިއެވެ. 2- ތަފްސީރުލް ޤުރްޠުބީ: […]
އަބީންނަށް ހެޔޮކޮށްހިތުމާއި ރިވެތި އަޚްލާޤުގެ މަތިވެރިކަން

“މުއުމިނުންގެތެރެއިން އީމާންކަން އެންމެފުރިހަމަ ވެގެންވަނީ، އެންމެ އަޚްލާޤު ރަނގަޅުމީހުންނެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ މާތްވެ މަތިވެރިވެގެންވަނީ، ޚުލުޤުގެގޮތުން އަނބީންނަށް އެންމެ ހެޔޮމީހުންނެވެ.
އައުރަ ނިވާކުރުމަށް އަވަސްވާކަށް ނުވޭހެއްޔެވެ؟

އަޅުގަނޑުމެންނަށް ﷲ ދެއްވި އެންމެބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތްކަން ކަށަވަރެވެ. އެންމެ ވަރުގަދަ ހަތިޔާރަކީ އެދީނުގެ އަޤީދާކަން ކަށަވަރެވެ. އެ ދީނުގައި ސާބިތުކަމާއެކު ތިބެވޭނީ އެކަކު އަނެކަކަށް އެއްބާރުލުންދީ އެހީތެރިވެގެންކަމަށް އަޅުގަނޑު ދެކެމެވެ. ފަހަކަށް އައިސް އިސްލާމީ މުޖުތަމަޢުތަކުގެ ގިނަ އަންހެނުންވަނީ ހުޅަނގުގެ ޘަޤާފަތުގެ ޝިކާރައަކަށް ވެފައެވެ. މީގެ އަސަރު އަޅުގަނޑުމެންގެ މުޖުތަމަޢަށްވެސް ވަނީ ކޮށްފައެވެ. ބައެއް އަންހެނުންވަނީ އައުރަ ނިވާނުވާވަރުގެ ހެނދުން ލުމުގައި ޣާފިލުވެފައެވެ. އެއީ އެމީހުންނަށް ދީނުގައި އޮންނަގޮތް ނޭގެތީ ކަމަށްވެސް ވެދާނެއެވެ. […]
ހިލޭ އަންހެނުންނާއި އެކު…

އިސްލާމްދީނުގައި އަންހެނުންނަށް ދެވިގެންވާ މަޤާމަކީ އެހެން އެއްވެސް ދީނެއްގައި އެއްވެސް އަންހެނަކަށް ދެވިގެންވާ މަޤާމެއް ނޫނެވެ. އަދި ހަމަ އެހެންމެ އިސްލާމްދީނުގައި އެކަނބަލުންނީ ޙިމާޔަތްކުރެވިގެންވާ މުތް ތަކެއް ފަދަ ބައެކެވެ. އަގު ނުކުރެވޭ ޖަވާހިރުތަކެއްފަދަ ބައެކެވެ. އަންހެނުންނާ ބައްދަލު ކުރާހިނދު ނުވަތަ އެކަނބަލުންނާ ވާހަކަ ދައްކާއިރު އިސްލާމްދީނުގައި ފިރިހެނުން ސަމާލުވާންޖެހޭ ކަންތައްތަކެއްވެއެވެ. އެގޮތުން އަންހެނުން ރައްކާތެރިކުރުމަށްޓަކައި ފިރިހެނުން އަންހެނުންނާއި މުޚާތްބް ކުރާނެގޮތް ބަޔާން ކުރައްވައި ކީރިތި ޤުރުއާނުގައި މާތްﷲ ޥަޙީ ކުރައްވާފައިވެއެވެ. وَإِذَا سَأَلْتُمُوهُنَّ مَتَـٰعًا فَسْـَٔلُوهُنَّ […]