އިސްލާމްދީނުގައި އަންހެނުންނަށް ދެވިގެންވާ މަޤާމަކީ އެހެން އެއްވެސް ދީނެއްގައި އެއްވެސް އަންހެނަކަށް ދެވިގެންވާ މަޤާމެއް ނޫނެވެ. އަދި ހަމަ އެހެންމެ އިސްލާމްދީނުގައި އެކަނބަލުންނީ ޙިމާޔަތްކުރެވިގެންވާ މުތް ތަކެއް ފަދަ ބައެކެވެ. އަގު ނުކުރެވޭ ޖަވާހިރުތަކެއްފަދަ ބައެކެވެ.
އަންހެނުންނާ ބައްދަލު ކުރާހިނދު ނުވަތަ އެކަނބަލުންނާ ވާހަކަ ދައްކާއިރު އިސްލާމްދީނުގައި ފިރިހެނުން ސަމާލުވާންޖެހޭ ކަންތައްތަކެއްވެއެވެ. އެގޮތުން އަންހެނުން ރައްކާތެރިކުރުމަށްޓަކައި ފިރިހެނުން އަންހެނުންނާއި މުޚާތްބް ކުރާނެގޮތް ބަޔާން ކުރައްވައި ކީރިތި ޤުރުއާނުގައި މާތްﷲ ޥަޙީ ކުރައްވާފައިވެއެވެ.
وَإِذَا سَأَلْتُمُوهُنَّ مَتَـٰعًا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍ ۚذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَ قُلُوبِهِنَّ ۚ
މާނައީ: ” އަދި އެކަނބަލުން (އެބަހީ: ނަބިއްޔާގެ އަނބިއަނބިކަނބަލުން) ގެ ކިބައިންތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، ފަރުދާއެއްގެ އަނެއްފަރާތުންތިޔަބައިމީހުން އެކަނބަލުންނާ سؤالކުރާށެވެ! ތިޔަބައިމީހުންގެހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ طاهرކަންބޮޑީއެގޮތެވެ. “
މާތްﷲ ޥަޙީ ކުރައްވާފައިވެއެވެ.
وَقُل لِّلْمُؤْمِنَـٰتِ يَغْضُضْنَ مِنْ أَبْصَـٰرِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ ءَابَآئِهِنَّ أَوْ ءَابَآءِ بُعُولَتِهِنَّ أَوْ أَبْنَآئِهِنَّ أَوْ أَبْنَآءِ بُعُولَتِهِنَّ أَوْ إِخْوَٰنِهِنَّ أَوْ بَنِىٓ إِخْوَٰنِهِنَّ أَوْ بَنِىٓ أَخَوَٰتِهِنَّ أَوْ نِسَآئِهِنَّ أَوْ مَا مَلَكَتْ أَيْمَـٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيْرِ أُو۟لِى ٱلْإِرْبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفْلِ ٱلَّذِينَ لَمْ يَظْهَرُوا۟ عَلَىٰ عَوْرَٰتِ ٱلنِّسَآءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوٓا۟ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ
މާނައީ: އަދި مؤمنއަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި،އެކަނބަލުންގެ فرجތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދިއެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައިއަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތައެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް،ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخންނަށް، ނުވަތައެކަނބަލުންގެ أخންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أختންގެފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް،ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތައަންހެނުންގެ عورةތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން(ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمنންނޭވެ! ތިޔަބައިމީހުންއެންމެން اللَّهއަށް توبةވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيبލިބުމަށްޓަކައެވެ.
މާތް ނަބިއްޔާ ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.
” ހިލޭ އަންހުންނާ ބައްދަލުކުރުންމުން ތިޔަބައިމީހުން މަނާވެގަންނާށެވެ. ” އަންޞާރިއްޔަ ބޭކަލަކު އެއްސެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކައިވެނީގެގޮތުން ފިރިމީހާގެ ބޭބެއާވެސްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ” އެއީ ތިޔަބައިމީނުންނަށް ހުރި މަރުގެ ދާންމައްޗެކެވެ. “