[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރީން ތަރުބިއްޔަތު ކުރުން…1

  1. ޞާލިޙް އަންބަކު ޚިޔާރު ކުރުން

ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަގުހުރި އަމާނާތެކެވެ. ލޮލުގެ މޭވާއެވެ. ހިތުގެ ފިނިކަމެވެ. މާތްﷲ ވަނީ ދަރީން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށް އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައެވެ. އެގޮތުން މާތްﷲ ޥަޙީ ކުރައްވާފައިވެއެވެ.

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارً‌ۭ

މާނައީ: ” އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! “

އެހެންކަމުން އަޅުގަނޑުމެންގެ ދަރީން އިޞްލާޙު ކުރުމަކީ އަޅުގަނޑުމެންގެ  މައްޗަށްއޮތް ވާޖިބެކެވެ.  ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ ރަނގަޅު ދަރީން ތަރުބިއްޔަތު ކުރެވިގެންނެވެ. ދަރީން ތަރުބިއްޔަތު ކުރުމުގައި މެފަފިރީންގެ ރޯލަކީ ވަރަށް މިހުއްމު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެހެނީ ދަރީން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަރުހަލާ ފެށެނީމީހަކާއި ކައިވެނި ކުރުމުގެވެސް ކުރީންނެވެ. ދަންނަވަންތޯއެވެ. ދަރިޔަކު ތަރުބިއްޔަތު ކުރެވޭނީ ރަނގަޅު ޞާލިޙް އަނބަކާއި ފިރިއަކު ގުޅިގެންނެވެ. އެހެންކަމުން ކައިވެނީގެކުރީން ދަރިން ތަރުބިއްޔަތު ކުރުމުގެ މަސައްކަތް ފަށައިގަންނަންޖެހެއެވެ.

ދީންވެރި އަންހެނާ ޚިޔާރުކުރުމާއިބެހޭގޮތުން އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ. އިތުރު އެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ.

((فاظفر بذات الدين تربت يداك)) [البخاري ومسلم] . މާނައީ: “ކައިވެނި ކުރުމަށްޓަކައި ދީންވެރި އަންހެނަކު ހޯދުމުން ކާމިޔާބު ލިބިގަންނާށެވެ. އެހެން ނޫންނަމަ ކަލޭގެ ދެއަތް ވެއްޔާ މޮޑެވިއްޖެއެވެ.” މާނައީ ބަދު ނަސީބުވެރިވެދާ ހުއްޓެވެ.

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

(تُنكَحُ المرأةُ لأربَعٍ : لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ) މާނަ އަކީ: “ހަތަރުކަމަކަށް އަންހެނުންނާއި ކައިވެނިކުރެވެ އެވެ. އޭނާގެ މުދާވެރިކަމާއި، ހަސަބާއިނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރިކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ”.

މި ފުރުޞަތުގައި އަޅުގަނޑު ފާހަނގަ ކޮށްލަމެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް އަޚުން އެ ޙަދީޘްގެ މާނަ އޮޅުވާލައިގެން އުޅެއެވެ. ޙަދީޘް ގައި ވާ ފަދައިން އަޅުގަނޑުމެންނަށް އިރުޝާދު ދެވިގެންވަނީ ދީންވެރިކަމަށް އިސްކަންދިނުމަށެވެ. އަންހެނާގެ ރީތި ކަމަށް ބަލުމަކީވެސް އޮންނަ ކަމެކެވެ. އަންހެނާގެ ރީތިކަމަށް ބެލުމާބެހޭގޮތުން އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

(التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ) މާނަ އަކީ: “އެންމެ ހެޔޮ އަންހެނަކީ ފިރިމީހާ އޭނާ އަށް ބަލައިލުމުން އުފާވެރިކަންލިބޭ، ކަމަކަށް އަމުރުވެވިއްޖެނަމަ ކިޔަމަންތެރިވާ،  ނަފްސާއި މުދަލުން ފިރިމީހާ ނުރުހޭފަދަ ކަންތަކުން ދުރުހެލިވެގެންތިބޭ އަންހެނުންނެވެ”.

އަދިވެސް ޙަދީޘް ކުރައްވަނީ މިފަދައިންނެވެ.

(أنظر إليها فإنه أحرى أن يؤدم بينكما ) މާނަ އަކީ: “ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ”.

(ކައިވެނީގެ ކުރިން އަންހެނުންނަށް ބެލުން ހުއްދައީ ހަމައެކަނި މޫނާއި ދެއަތްތިލައަށެވެ.)

 އެހެންނަމަވެސް ކުރީން އިސްވެދިޔަ ޙަދީޘްގައި ބަޔާންވެދިޔަ ހުރިހާ ޝަރުޠެއް ހަމަވަންދެން މީހަކާއި ކައިވެނި ނުކޮށް ލަސްކުރުމަކީ ކައިވެނި ނުކުރާންއޮތް މަޤްބޫލު ޢުޒުރެއް ނޫނެއެވެ. އެހެންކަމުން މިކަމާމެދު އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަން ޖެހެއެވެ. އަދި ތިމާގެ ފަލާޙާއި ކާމިޔާބީ އަދި އެހެންމެ ތިމާގެ ދަރީންނަށްޓަކައި އެންމެ ޠަޤްވާވެރި އަންހެނާއާއި ކައިވެނިކުރުމަކީ ދީނުގައި އެންމެ އެދެވިގެންވާ ގޮތެވެ.

–         ނުނިމޭ –