[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 59

62ވަނަ ޤަވާޢިދު (ޖުމްލަ 189): عَطْفُ الـخَاصِّ عَلَى العَامِّ لَا يُوجِبُ تَـخْصِيْصَ العَامِّ މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ މައްޗަށް ޚާއްޞައެއް ގުޅުވައިލުމަކުން، ޢާއްމުކަން ޚާއްޞަ ކުރުމަށް ލާޒިމެއް ނުކުރޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞުގައި ޢާއްމު ލަފްޒެއް ވާރިދުވެފައި، އެއަށްފަހު އެއާ ގުޅުވައިލައިގެން އެ ޢާއްމު ލަފްޒުގެ ޢާއްމުކަމުގެ ޙުކުމުގެ ދަށަށް ވަންނަހެން ޚާއްޞަ ލަފްޒެއް އައުމަކުން، އެ ޢާއްމު ލަފްޒު ޚާއްޞަ ކުރުން ލާޒިމެއް ނުކުރެތެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 58

61ވަނަ ޤަވާޢިދު (ޖުމްލަ 189): عَطْفُ العَامِّ عَلَى الـخَاصِّ لَا يُوجِبُ تَـخْصِيْصَ العَامِّ މި ޤަވާޢިދުގެ ތަރުޖަމާ: {ޚާއްޞަގެ މައްޗަށް ޢާއްމުއެއް ގުޅުވައިލުމަކުން، ޢާއްމުކަން ޚާއްޞަ ކުރުމަށް ލާޒިމެއް ނުކުރޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞުތަކުގައި ޢާއްމުކަން ދޭހަކޮށްދޭ ލަފްޒުތަކުންކުރެ ލަފްޒެއް، ޚާއްޞަ ލަފްޒަކާ ޖެހިގެން އެ ލަފްޒަށްވުރެ ފަހުން ވާރިދުވެފައި ވާނަމަ، އޭގެ ސަބަބުން އެ ޢާއްމު ޚާއްޞަ ކުރުމަކަށް ލާޒިމެއް ނުކުރެތެވެ. އެހެނެއްކަމަކު، އެ ޢާއްމު އޭގެ ޢާއްމުކަން މަތީ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 57

60ވަނަ ޤަވާޢިދު (ޖުމްލަ 189): اِسْتِنْبَاطُ مَعْنَى مِنَ النَّصِّ يُـخَصِّصُهُ جَائِزٌ މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞުން އެ ޚާއްޞަ ކުރާނޭ މާނައެއް އިސްތިންބާޠު ކުރުން ހުއްދަ} މި ޤަވާޢިދުގެ މުރާދު: އިޖުތިހާދު ކޮށްގެންނާއި ފަހުމް ކޮށްގެން، ނައްޞުން މާނައެއް ނެރުމާއި އިސްތިންބާޠު ކުރުން ޞައްޙަވެގެން ވެއެވެ. މި ތަނުގައި [މާނަ] އެ ވަނީ، ޤިޔާސް ކުރާއިރު ބޭނުންކުރެވޭ ޢިއްލަތަށްވުރެ ތަނަވަސް މުރާދެއްގައެވެ. ފަހަރުގައި އެ [މާނަ] އަކީ ޢިއްލަތަކަށް ވެސް ނުވަތަ ޢިއްލަތެއް ނޫން […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 56

58ވަނަ ޤަވާޢިދު (ޖުމްލަ 189): الـمَصلَحَةُ تُخَصِّصُ العُمُومَ މި ޤަވާޢިދުގެ ތަރުޖަމާ: {މަޞްލަޙަތު، ޢާއްމުކަން ޚާއްޞަ ކުރޭ} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ޢާއްމު ނައްޞެއް ވާރިދުވެފައި، އެ ނައްޞުގެ ޢާއްމުކަމުގެ ތެރެއަށް ވަންނަ ބައެއް އަފުރާދުން އެއިން ނެރެލަންޖެހޭފަދަ ޝަރުޢީ ގޮތުން މުޢުތަބަރު މަޞްލަޙަތެއް މުޖުތަހިދު ޢިލްމުވެރިޔާއަށް ސާބިތުވެއްޖެނަމަ، އެ މަޞްލަޙަތުން އެ ޢާއްމު ނައްޞު ޚާއްޞަ ކުރުން ހުއްދަވާނެއެވެ. މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (الزَّانِيَةُ وَالزَّانِي فَاجْلِدُوا […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 55

57ވަނަ ޤަވާޢިދު (ޖުމްލަ 189): العَادَةُ مُـخَصِّصَةٌ لِلْعُمُومِ މި ޤަވާޢިދުގެ ތަރުޖަމާ: {އާދަކާދައަކީ ޢާއްމުކަން ޚާއްޞަ ކުރާ އެއްޗެއް} މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ ލަފްޒުތަކުންކުރެ ލަފްޒަކުން ޝަރުޢުކުރައްވާ ފަރާތުގެ ނައްޞެއް ވާރިދުވެފައި، އެ ޢާއްމު ލަފްޒަކީ އެ ލަފްޒުގެ ދަށަށް ވަނުން އެކަށީގެންވާ އަފުރާދުންކުރެ ވަކި ފަރުދަކަށް އާދަކާދައިގެ ގޮތުން ބޭނުންކުރެވޭ ލަފްޒަކަށް ވާނަމަ، އެ އާދަކާދައިން އެ ޢާއްމު ލަފްޒު ޚާއްޞަ ކުރެވިދާނެއެވެ. މިއީ، ޙަނަފީންނާއި ބައެއް މާލިކީންގެ ރައުޔެވެ. މިއާ ޚިލާފަށް، […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 54

56ވަނަ ޤަވާޢިދު (ޖުމްލަ 189): تَخْصِيصُ العُمُومِ بِالـحِسِّ جَائِزٌ މި ޤަވާޢިދުގެ ތަރުޖަމާ: {ޙިއްސުން ޢާއްމުކަން ޚާއްޞަ ކުރުން ހުއްދަ} މި ޤަވާޢިދުގެ މުރާދު: ޢާއްމު ޞީޣާއަކުން ޝާރިޢުގެ ނައްޞެއް އަތުވެފައި، އެއާ ހިއްސީ ގޮތުން ފުށުއަރާ ކަމެއް އަތުވެއްޖެނަމަ، އެ ގޮތަށް ފުށުއެރުމުގެ ފުރުސަތު ނުދިނުމަށްޓަކައި، އެ ޝަރުޢީ ނައްޞުގެ ޢާއްމުކަން އެ ހިއްސުން ޚާއްޞަ ކުރެވޭނެއެވެ. އެއީ، ޝަރުޢީ ނައްޞުތަކާ ވާޤިޢުއާ ދެގޮތަކަށް އޮތުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. އެހެންކަމުން، މި ހާލަތުގައި […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 53

55ވަނަ ޤަވާޢިދު (ޖުމްލަ 189): تَـخْصِيْصُ العُمُومِ بِالعَقْلِ جَائِزٌ މި ޤަވާޢިދުގެ ތަރުޖަމާ: {ބުއްދިން ޢާއްމުކަން ޚާއްޞަ ކުރުން ހުއްދަ} މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒެއްގެ ޢާއްމުކަން މަނާކުރާ އެއްޗަކަށް، އަދި އެ ލަފްޒުގެ ދަށަށް ވަންނަ ބައެއް އަފުރާދުންނަށް އެ ލަފްޒު ހަނިކުރާ އެއްޗަކަށް ބުއްދި ވެދާނެއެވެ. އެގޮތަށް ވަނީ، ނައްޞެއް އަޑުއިވޭހިނދު، އެ ނައްޞު އެ އޮތީ، އެ ނައްޞުގެ ދަށަށް ވަނުން އެކަށީގެންވާ ހުރިހާ އަފުރާދުން އޭގައި ހިމެނުމުގެ މަޤްޞަދު […]