ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 121
127ވަނަ ޤަވާޢިދު (ޖުމްލަ 189): مَفْهُومُ الصِّفَةِ حُجَّةٌ މި ޤަވާޢިދުގެ ތަރުޖަމާ: {مَفْهُومُ الصِّفَة އަކީ ޙުއްޖަތެއް} މި ޤަވާޢިދުގެ މުރާދު: مَفْهُومُ الصِّفَة (ސިފައިގެ މަފްހޫމް) އަކީ، އެއަށް ޢަމަލުކުރެވޭނޭ ޙުއްޖަތެކެވެ. އެ ގޮތުން، ސިފަތަކުން ކުރެ ސިފައަކަށް ޙުކުމް ޤައިދުކޮށް އެއާ ޙުކުމް ގުޅުވައިލާފައި ވާނަމަ، އެއިން ދަލީލުކޮށްދެނީ، އެ ނޫން އެހެން ސިފަތަކުގައި އެ ޙުކުމް ނަފީވެގެން ވާކަމުގައެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އޭގެ ތެރޭގައި، […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 120
126ވަނަ ޤަވާޢިދު (ޖުމްލަ 189): مَفهُومُ الشَّرطِ حُجَّةٌ މި ޤަވާޢިދުގެ ތަރުޖަމާ: {مَفهُومُ الشَّرط އަކީ ޙުއްޖަތެއް} މި ޤަވާޢިދުގެ މުރާދު: مَفهُومُ الشَّرط (ޝަރުޠުގެ މަފްހޫމު) އަކީ، އެއަށް ޢަމަލުކުރުން ވާޖިބު ޙުއްޖަތެކެވެ. އަދި ޙުކުމެއް ޝަރުޠަކާ ގުޅުވައިލެވިފައިވުމުން އެނގެނީ، އެ ޝަރުޠު ނަފީ ވާ ހާލަތެއްގައި އެ ޙުކުމް ނަފީ ވާނެ ކަމެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މިއާ ޚިލާފަށް، ޙަނަފީން ކުރެ ގިނަ ބޭފުޅުންނާއި ޡާހިރީންގެ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 119
125ވަނަ ޤަވާޢިދު (ޖުމްލަ 189): مَفْهُومُ الـمُخَالَفَةِ حُجَّةٌ މި ޤަވާޢިދުގެ ތަރުޖަމާ: {مَفْهُومُ الـمُخَالَفَة އަކީ ޙުއްޖަތެއް} މި ޤަވާޢިދުގެ މުރާދު: مَفْهُومُ الـمُخَالَفَة އަކީ، الـحُكْـمُ الـمَسْكُوتُ عَنْهُ (ސުކޫތުކޮށް އޮތް ޙުކުމް) އަށް، الـحُكْـمُ الـمَنْطُوقُ بِهِ (މަންޠޫޤު ޙުކުމް) ގައިވާ ގޮތާ ޚިލާފަށް ސާބިތުވެގެންވާކަން ލަފްޒުން ދަލާލަތުކޮށްދިނުމެވެ. (އެހެން ޢިބާރަތަކުންނަމަ، ބަޔާންވެފައިވާ ގޮތާ އިދިކޮޅަށް ވިސްނުމެވެ.) މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، مَفْهُومُ الـمُخَالَفَة އަކީ (مَفْهُومُ اللَّقَبِ ފިޔަވައި) […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 118
124ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُقْتَضَى لَا عُمُومَ لَهُ މި ޤަވާޢިދުގެ ތަރުޖަމާ: {مُقْتَضَى އަށް ޢާއްމުކަން ލިބިގެނެއް ނުވޭ} މި ޤަވާޢިދުގެ މުރާދު: مُقْتَضَى އަކީ، ވާހަކަ ތެދުކުރުމަށްޓަކައި ނުވަތަ ޞައްޙަކުރުމަށްޓަކައި އެ މާނައެއް ހަމަޖައްސާ މާނައެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ވާހަކައިން އެތަކެއް މާނައެއް اِقْتِضَاءُ (ލާޒިމު) ކުރާނަމަ، އަދި އެ ތަނުން ކޮންމެ މާނައަކީ ވެސް މާނަ ހަމަޖެއްސުމުގެ ގޮތުން ބޭނުންކުރުމަށް އެކަށީގެންވާ މާނައެއް ކަމުގައި ވާނަމަ، އެ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 117
123ވަނަ ޤަވާޢިދު (ޖުމްލަ 189): لَا يَثْبُتُ الاِقْتِضَاءُ إِلَّا ضَرُورَةً މި ޤަވާޢިދުގެ ތަރުޖަމާ: {ޟަރޫރަތުން މެނުވީ، اِقْتِضَاءُ ސާބިތެއް ނުވާނެ} މި ޤަވާޢިދުގެ މުރާދު: اِقْتِضَاءُ އަކީ، މާނަ ހަމަޖެއްސުމަށް (تَقْدِيْـرُ ކުރުމަށް) އެދުމެވެ. މާނަ ހަމަޖެއްސުމަށް އެދެވޭނީ، މާނަ ހަމަޖައްސަން އެދޭ مُقْتَضَى ގައި، މާނަ ހަމަޖެއްސުމީ، ޟަރޫރީ ކަމަކަށް ވާނަމައެވެ. އެއީ، ޝަރުޢުން ނުވަތަ ވާޤިޢުން ނުވަތަ ބުއްދިން ލާޒިމު ކުރާ މާނައާ އެއް ހަމައަކަށް އައުމަށްޓަކައެވެ. މާނަ ހަމަޖެއްސުމުގެ ގޮތުން […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 116
122ވަނަ ޤަވާޢިދު (ޖުމްލަ 189): الثَّابِتُ بِالاِقْتِضَاءِ كَالثَّابِتِ بِالنَّصِّ މި ޤަވާޢިދުގެ ތަރުޖަމާ: {އިޤްތިޟާއިން ސާބިތުވާ ކަންތައް، ނައްޞުން ސާބިތުވާ ކަންތައްފަދަ} މި ޤަވާޢިދުގެ މުރާދު: دَلَالَـةُ الاِقْتِضَاءِ ގެ ޒަރީއާއިން ލިބިގަނެވޭ مُقْتَضَى ތަކަކީ (ލާޒިމު ކުރާ ކަންކަމަކީ)، މަންޠޫޤު ކުރެވޭ އަދި ނައްޞު ކުރެވިފައިވާ މާނަތަކުގެ ޙުކުމުގައިވާ އެއްޗެހިތަކެކެވެ. އެ ތަކެތި، ވާހަކަދައްކާމީހާ އޭނާގެ ޢިބާރަތުން މޮށުނު އަދި ނައްޞު ކުރިފަދައެވެ. ދެން ފަހެ، دَلَالَـةُ الاِقْتِضَاءِ އަކީ، ލަފްޒުގެ ތެދުކަން ނުވަތަ […]
ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުއުޖިޒާތްތަކާއި މީލާދީ ކަލަންޑަރު -2-
މިފަދަ މީހުން ޢަދަދުތަކާމެދު ދައްކާފައިވާ ވާހަކަތައް ދިރާސާކޮށް ބެލުމުން އެނގިގެން ދަނީ ބައެއް ލަފްޒުތައް އެބައިމީހުން ޢަދަދު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމެވެ. އަދި ބައެއް ކަލިމަތައް ގުނުމުގައި ހިތުހުރި ގޮތަކަށް ބަލާފައިވާކަމެވެ. އެއީ އެބައިމީހުން ބޭނުންވާ ގޮތަށް ނަތީޖާ ނެރުމަށެވެ. އަދި އެއީ ﷲ ތަޢާލާގެ ފޮތުގައިވާ ގޮތްކަމަށް އެބައިމީހުންނަށް ހީވެފައިވާ ގޮތެވެ. ޑރ. ޚާލިދު އައްސަބްތު ވިދާޅުވެފައިވެއެވެ. “ޑރ. އަޝްރަފް ޢަބްދުއްރައްޒާޤު ޤަޠަނާ ވަނީ ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުޢުޖިޒާތާ ބެހޭ ގޮތުން ދިރާސާއެއް ކޮށްފައެވެ. […]