[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުއުޖިޒާތްތަކާއި މީލާދީ ކަލަންޑަރު -2-

މިފަދަ މީހުން ޢަދަދުތަކާމެދު ދައްކާފައިވާ ވާހަކަތައް ދިރާސާކޮށް ބެލުމުން އެނގިގެން ދަނީ ބައެއް ލަފްޒުތައް އެބައިމީހުން ޢަދަދު ކޮށްފައިވަނީ ރަނގަޅަށް ނޫންކަމެވެ. އަދި ބައެއް ކަލިމަތައް ގުނުމުގައި ހިތުހުރި ގޮތަކަށް ބަލާފައިވާކަމެވެ. އެއީ އެބައިމީހުން ބޭނުންވާ ގޮތަށް ނަތީޖާ ނެރުމަށެވެ. އަދި އެއީ ﷲ ތަޢާލާގެ ފޮތުގައިވާ ގޮތްކަމަށް އެބައިމީހުންނަށް ހީވެފައިވާ ގޮތެވެ.

ޑރ. ޚާލިދު އައްސަބްތު ވިދާޅުވެފައިވެއެވެ.

“ޑރ. އަޝްރަފް ޢަބްދުއްރައްޒާޤު ޤަޠަނާ ވަނީ ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުޢުޖިޒާތާ ބެހޭ ގޮތުން ދިރާސާއެއް ކޮށްފައެވެ. އަދި ” رسم المصحف والإعجاز العددي، دراسة نقدية في كتب الإعجاز العددي في القرآن الكريم “ގެ ނަމުގައި ފޮތެއް ވަނީ ނެރުއްވާފައެވެ. މިފޮތް ނިންމަވާލައްވަމުން ތިން ފޮތަކަށް ހަވާލާ ދެއްވާފައިވެއެވެ. އެއީ:

  1. ބާސިމް ޖަރާރުގެ “إعجاز الرقم 19”
  2. ޢަބްދުއްރައްޒާޤު ނައުފަލުގެ” الإعجاز العددي في القرآن “
  3. ޢަދުނާނު އައްރިފާޢީގެ “المعجزة “

އެއަށްފަހު މުއައްލިފަށް މިދިރާސާގެ ނަތީޖާއެއްގެ ގޮތުން ޙާޞިލުވި ކަންކަން ބަޔާންކުރައްވާ ލިޔުއްވާފައިވެއެވެ.

‘އަޅުގަނޑުގެ މިދިރާސާއިން ވާޞިލުވި ނަތީޖާއަކީ މިފޮތްތަކުގައި ހުށަހަޅައިދީފައިމިވާ ޤުރުއާނުގެ ޢަދަދުގެ މުޢުޖިޒާތުގެ މިފިކުރަކީ އެއްގޮތަކަށްވެސް ޞައްޙަ އެއްޗެއް ނޫންކަމެވެ. ކިޔާމީހާއަށް އެއީ ޞައްޙަ ވާހަކަތަކެއްކަން ޘާބިތުކޮށްދިނުމަށްޓަކައި މިފޮތްތައްވަނީ ޝަރުޠުތަކެއްގެ މައްޗަށް ބިނާކޮށްފައެވެ. އެގޮތުން މިޝަރުޠުތައް ބައެއް ފަހަރު އުންމަތުގެ އިޖުމާޢުން ޘާބިތުވެފައިވާ ކަންކަމާ ޚިލާފުވެފައިވެއެވެ. މުޞްޙަފް ލިޔެފައިވާ ރަސްމުލް ޢުޘްމާނީއާ ޚިލާފުވެފައިވެސްވެއެވެ. މިއީ އެގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި ހަމައެފަދައިން ބައެއް މުޞްޙަފުތަކުގައި ކަލިމަތައް ލިޔެފައިވާ ގޮތަށް ގެނައުމަށްފަހު އެހެން މުޞްޙަފުތަކުގައި އެކަލިމަ އޮންނަ ގޮތަށް ރިޢާޔަތްކޮށްފައެއް ނުވެއެވެ. އަދި އެއްގޮތް ކަލިމަތަކާއި އިދިކޮޅު ކަލިމަތައް ބެލުމުގައި ޢަރަބި ބަހުގެ ޤަވާޢިދުތަކާވެސް ޚިލާފުވެފައިވެއެވެ.'”

[(ص: 197) دمشق ، منار للنشر والتوزيع ، الطبعة الأولى ، 1420هـ1999 / ]

ޑރ. ޢަބްދުއްރައްޒާޤު ނައުފަލް ކަލިމަތައް ޢަދަދު ކުރުމުގައި އަދި ކަލިމަތައް ގުނުމުގައި އިޚްތިޔާރު ކޮށްފައިވަނީ ބޭނުންވާ ޢަދަދު ދިމާވާނެފަދަ ޝަރުޠުތަކެއް ކަމަށް ޑރ. ފަހުދު އައްރޫމީ ވެސް ވިދާޅުވެފައިވެއެވެ. އެގޮތުން އެބޭފުޅާ ވިދާލުވެފައިވެއެވެ.

“ހަމަކަށަވަރުން ޤުރުއާނުގައި “اليوم” (ދުވަސް) ވާރިދުވެގެން އައިސްފައިވަނީ 365 ފަހަރެވެ. އެއީ އަހަރެއްގައިވާ ދުވަސްތަކުގެ ޢަދަދަށެވެ.” މިކަން ޘާބިތުކޮށްދިނުމަށް ޖަމާކޮށްފައިވާ ލަފްޒުތަކަކީ “اليوم” އާއި “يوما” އެވެ. އަދި “يومكم” (ތިޔަބައިމީހުންގެ ދުވަސް) އާއި “يومهم” (އެބައިމީހުންގެ ދުވަސް) އަދި “يومئذ” (އެދުވަހުން) ވަނީ ނުހިމަނާ ދޫކޮށްލާފައެވެ. އެހެނީ އެލަފްޒުތައް ހިމެނިނަމަ އެޢަދަދު ދިމާނުވީހެވެ! ހަމައެފަދައިން ޝައިޠާނާގެ ކިބައިން ރައްކާތެރިކަމަށް އެދިފައިވާ، “الاستعاذة” މިލަފްޒު 11 ފަހަރު ޛިކުރުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެގޮތުން އެލަފްޒު ގުނުމުގައި ހިމަނާފައިވަނީ “أعوذ” (މިއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ.) އާއި ” فاستعذ” (ފަހެ، ﷲ ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!) އެވެ. “عذت” (ރައްކާތެރިކަން ލިބިގަންނަމެވެ.) ، “يعوذون” (ރައްކާތެރިކަމަށް އެދޭކަމުގައިވިއެވެ.) ، “أعيذها” (އެކަމަނާ ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ.) އަދި ” معاذ الله” (ﷲ ގެ ރައްކާތެރިކަމަށް އެދެމެވެ.) ހިމަނާފައެއް ނުވެއެވެ.

[ބައްލަވާ: “اتجاهات التفسير في القرن الرابع عشر” (2 / 699 ، 700)،  بيروت، مؤسسة الرسالة، الطبعة الثانية 1414هـ ]

=ނުނިމޭ=

_______________________________________

މިލިޔުމުގެ އެހެންބައިތައް

މަޞްދަރު: ޢަރަބި ބަހުން ، އިނގިރޭސި ބަހުން