[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 117

123ވަނަ ޤަވާޢިދު (ޖުމްލަ 189): لَا يَثْبُتُ الاِقْتِضَاءُ إِلَّا ضَرُورَةً

މި ޤަވާޢިދުގެ ތަރުޖަމާ: {ޟަރޫރަތުން މެނުވީ، اِقْتِضَاءُ ސާބިތެއް ނުވާނެ}

މި ޤަވާޢިދުގެ މުރާދު: اِقْتِضَاءُ އަކީ، މާނަ ހަމަޖެއްސުމަށް (تَقْدِيْـرُ ކުރުމަށް) އެދުމެވެ. މާނަ ހަމަޖެއްސުމަށް އެދެވޭނީ، މާނަ ހަމަޖައްސަން އެދޭ مُقْتَضَى ގައި، މާނަ ހަމަޖެއްސުމީ، ޟަރޫރީ ކަމަކަށް ވާނަމައެވެ. އެއީ، ޝަރުޢުން ނުވަތަ ވާޤިޢުން ނުވަތަ ބުއްދިން ލާޒިމު ކުރާ މާނައާ އެއް ހަމައަކަށް އައުމަށްޓަކައެވެ. މާނަ ހަމަޖެއްސުމުގެ ގޮތުން މާނައެއް އިތުރުކުރުމަށް އެފަދަ ޟަރޫރަތެއް އޮވެއްޖެނަމަ، مُقْتَضَى ގެ މާނަ ހަމަޖެއްސޭނެތެވެ. އެފަދަ ޟަރޫރަތެއް ނެތްނަމަ، މާނަ ހަމަޖެއްސުމުގެ ގޮތުން އެއްޗެއް އިތުރުކުރުމެއް ނުވެއެވެ. މިއީ، ޙަނަފީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ.

މިއާ ޚިލާފަށް، ޝާފިޢީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި، ޟަރޫރަތެއް ނެތްކަމުގައި ވިޔަސް، މާނަ ހަމަޖެއްސުމުގެ ގޮތުން ވާހަކައަށް އެއްޗެއް އިތުރުކުރެވިދާނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((كُلُّ الـمُسْلِمِ عَلَى الـمُسْلِمِ حَرَامٌ، دَمُهُ، وَمَالُهُ، وَعِرْضُهُ)) މާނައީ: [ކޮންމެ މުސްލިމަކަށް ވެސް އަނެއް މުސްލިމްމީހާގެ މައްޗަށް، އޭނާގެ ލެޔާއި މުދަލާއި އަބުރު ޙަރާމްވެގެން ވެއެވެ.] މި ޙަދީޘުގެ ޡާހިރުން (ބޭރުފުށުން) ދަލީލުކޮށްދެނީ، މުސްލިމްމީހާގެ ޒާތާއި މުދަލާއި އަބުރަކީ އޭނާގެ އަޚް މުސްލިމްގެ މައްޗަށް ޙަރާމްވެގެންވާ އެއްޗެއް ކަމެވެ. އެހެންނަމަވެސް، މި ބޭރުފުށުގެ މާނައަކީ ޝަރުޢީ ގޮތުން އެ ޙަދީޘުގެ މުރާދެއް ނޫނެވެ. ސަބަބަކީ، ޙަރާމް ކުރެއްވުމީ، ޒާތުތަކާ ގުޅިފައި އޮންނާނޭ ކަމެއް ކަމުގައި ނުވާތީއެވެ. އެހެނެއްކަމަކު، އެއީ، މުކައްލަފުންގެ ޢަމަލުތަކާ ގުޅިފައިވާ ކަމެއް ކަމުގައި ވާތީއެވެ. އެއިން ޟަރޫރީ ގޮތުން اِقْتِضَاءُ (ލާޒިމު) ކުރަނީ، ޙަދީޘުގެ މަންޠޫޤު، ޝަރުޢީ ގޮތުން ޞައްޙަ ކުރުމުގެ ގޮތުން މާނައެއް އިތުރުކުރުމަށެވެ. އެ މާނައަކީ، އަރައިގަތުމާއި އޮހޮރައިލުމެވެ. އެބަހީ، އަނެއް މުސްލިމްމީހާގެ ލޭ އޮހޮރުވައިލުމާއި، އޭނާގެ މުދަލާއި އަބުރަށް އަރައިގަތުން ޙަރާމްވެގެން ވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =