[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 116

122ވަނަ ޤަވާޢިދު (ޖުމްލަ 189): الثَّابِتُ بِالاِقْتِضَاءِ كَالثَّابِتِ بِالنَّصِّ

މި ޤަވާޢިދުގެ ތަރުޖަމާ: {އިޤްތިޟާއިން ސާބިތުވާ ކަންތައް، ނައްޞުން ސާބިތުވާ ކަންތައްފަދަ}

މި ޤަވާޢިދުގެ މުރާދު: دَلَالَـةُ الاِقْتِضَاءِ ގެ ޒަރީއާއިން ލިބިގަނެވޭ مُقْتَضَى ތަކަކީ (ލާޒިމު ކުރާ ކަންކަމަކީ)، މަންޠޫޤު ކުރެވޭ އަދި ނައްޞު ކުރެވިފައިވާ މާނަތަކުގެ ޙުކުމުގައިވާ އެއްޗެހިތަކެކެވެ. އެ ތަކެތި، ވާހަކަދައްކާމީހާ އޭނާގެ ޢިބާރަތުން މޮށުނު އަދި ނައްޞު ކުރިފަދައެވެ.

ދެން ފަހެ، دَلَالَـةُ الاِقْتِضَاءِ އަކީ، ލަފްޒުގެ ތެދުކަން ނުވަތަ ޝަރުޢީ ގޮތުން ޞައްޙަކަން ނުވަތަ ބުއްދީގެ ގޮތުން ޞައްޙަކަން އޭގެ މައްޗަށް ހުއްޓިފައިވާ، ލަފްޒުން ބޭރުގައި އޮންނަ މާނައަކަށް، ލަފްޒުން ދަލާލަތުކޮށްދިނުމެވެ.

އައްސަރަޚްސީ ވިދާޅުވެފައި ވަނީ، ޙަނަފީންގެ އަރިހުގައި دَلَالَـةُ الاِقْتِضَاءِ ޟަރޫރީ ހާލަތުގައި އެކަނި ބޭނުންކުރެވޭ ގޮތަށް ހަނިކުރެވިފައިވާ ކަމުގައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((إِنَّمَا الأَعْمَالُ بِالنِّيَّاتِ)) މާނައީ: [ހަމަކަށަވަރުން، ޢަމަލުތައް ވަނީ ނިޔަތްތަކުގެ މައްޗަށެވެ.] މި ނައްޞުގެ ޡާހިރުން (ބޭރުފުށުން) ދަލީލުކޮށްދެނީ، ނިޔަތެއް ނެތި ޢަމަލެއް ކުރުން ނަފީކުރެވިގެން ވާކަމެވެ. ނިޔަތެއް ނެތި ޢަމަލެއް ނުކުރެވޭނެކަމެވެ. އެހެންނަމަވެސް، މިއީ ވާޤިޢުއާ އެއްބަސް ގޮތެއް ނޫނެވެ. އެހެނީ، ނިޔަތެއް އޮވެ ވެސް އަދި ނިޔަތެއް ނެތި ވެސް ޢަމަލެއް ކުރުމުގެ ފުރުސަތު އޮތީތީއެވެ. އެހެންކަމުން، މިއިން ލާޒިމު ކުރަނީ، ޞައްޙަވުން ނުވަތަ ބިނާވުންފަދަ މާނައެއް އެއަށް އިތުރުކޮށް، [ޢަމަލުތައް ޞައްޙަވުން ވަނީ] ނުވަތަ [ޢަމަލުތައް ފުރިހަމަވުން ވަނީ] ނިޔަތްތަކުގެ މަތީގައޭ ބުނުމަށެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =