[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 152

164ވަނަ ޤަވާޢިދު (ޖުމްލަ 189): إِطْلَاقُ الـمُشْتَقِّ بِـاعْتِبَارِ الـحَالِ حَقِيْقَةٌ މި ޤަވާޢިދުގެ ތަރުޖަމާ: {މުޝްތައްޤު އެ ވަގުތަކަށް ބިނާކޮށް ބޭނުންކުރެވިއްޖެނަމަ، އެ އޮތީ ޙަޤީޤީ ގޮތަށް} މި ޤަވާޢިދުގެ މުރާދު: މުޝްތައްޤު ލަފްޒެއް އެ ވަގުތަކަށް ބަރޯސާކޮށް ބޭނުންކުރެވިއްޖެނަމަ، އަދި އެ ވަގުތު އެ މާނަ ވުޖޫދުގައި އޮތްނަމަ، އެއީ ޙަޤީޤީ ގޮތުން ބޭނުންކުރެވުނު ލަފްޒެކެވެ. މި ކަމާ މެދު އިއްތިފާޤުވެވިފައި ވެއެވެ. އަދި މުޝްތައްޤު ލަފްޒެއް ވާނޭކަމަކަށް ބަރޯސާކޮށް ބޭނުންކުރެވިއްޖެނަމަ، އެއީ މަޖާޒީ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 151

162ވަނަ ޤަވާޢިދު (ޖުމްލަ 189): اللَّفْظُ إِذَا وَرَدَ لِمَعْنًى لَا يُـحْتَجُّ بِهِ فِي غَيْـرِهِ މި ޤަވާޢިދުގެ ތަރުޖަމާ: {މާނައެއްގައި ލަފްޒު ވާރިދުވެއްޖެނަމަ، އެ ނޫން މާނައެއްގައި އެއިން ޙުއްޖަތެއް ނުނެގޭނެ} މި ޤަވާޢިދުގެ މުރާދު: ވަކި މާނައެއް ބަޔާންކުރުމުގެ ޤަޞްދުގައި ވާހަކައެއް އައިސްފައިވާނަމަ، އެ ވާހަކައިން އެ ނޫން މާނައަކަށް ދަލީލުނެގުން ހުއްދަވެގެން ނުވެއެވެ. އެއާ ޚިލާފަށް ޞަރީޙަކޮށް ބަޔާންކޮށްފައި ނުވާނަމައެވެ. މިއީ، އަލްޤަރާފީ ގެންނަވާފައިވާ ޤަވާޢިދެކެވެ. މިއާ ޚިލާފަށް، ބައެއް ޙަނަފީން […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 150

161ވަނަ ޤަވާޢިދު (ޖުމްލަ 189): اللَّفْظُ الـمُسْتَقِلُّ إِذَا أُلْـحِقَ بِهِ مَا لَا يَسْتَقِلُّ صَيَّرَ الأَوَّلَ غَيْرَ مُسْتَقِلٍّ މި ޤަވާޢިދުގެ ތަރުޖަމާ: {މުސްތަޤިއްލު ލަފްޒެއް، މުސްތަޤިއްލު ނޫން ލަފްޒަކާ ގުޅުވައިލެވިއްޖެނަމަ، ފުރަތަމަ އޮތީ މުސްތަޤިއްލު ނޫން ލަފްޒެއް ކަމުގައި ހަދައިލާނެ} މި ޤަވާޢިދުގެ މުރާދު: މުސްތަޤިއްލު ވާހަކައެއް އައިސްފައި، އެއާ ގުޅުވައިގެން، މުސްތަޤިއްލު ނޫން ވާހަކައެއް އައިސްފައިވާއިރު، އެ ތަނުން ދެވަނައަށް އޮތް މުސްތަޤިއްލު ނޫން ވާހަކައަކީ، ފުރަތަމައަށް އޮތް މުސްތަޤިއްލު ވާހަކަ […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 149

160ވަނަ ޤަވާޢިދު (ޖުމްލަ 189): الأَصْلُ فِي الـجُمَلِ التَّامَّةِ الاِسْتِقْلَالُ މި ޤަވާޢިދުގެ ތަރުޖަމާ: {ފުރިހަމަ ޖުމްލަތަކުގައި އަޞްލަކީ އިސްތިޤްލާލުވުން} މި ޤަވާޢިދުގެ މުރާދު: ޖުމްލައެއް ފުރިހަމަވެ، އެހެން ޖުމްލައެއް ފެށިއްޖެނަމަ، ފުރަތަމަ ޖުމްލައަކީ އެއާ ޖެހިގެން އޮތް ޖުމްލައާ ވަކިވެފައިވާ، މުޅިން މުސްތަޤިއްލު މާނައެއް ލިބޭ ޖުމްލައެއް ކަމުގައި ބެލެވޭނެތެވެ. އަދި ފުރިހަމަ ޖުމްލައަކާ ގުޅިގެން، އެ ޖުމްލައިގައިވާ ވާހަކައަށް ޤައިދުތަކެއް ބަޔާންކުރެވި އިތުރު ޖުމްލަތަކެއް އައިކަމުގައި ވިޔަސް، އެ ފުރަތަމަ ޖުމްލައަކީ، މުސްތަޤިއްލު […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 148

159ވަނަ ޤަވާޢިދު (ޖުމްލަ 189): الـحُكْمُ يَتَعَلَّقُ بِأَوَائِلِ الأَسْـمَاءِ لَا بِأَوَاخِرِهَا މި ޤަވާޢިދުގެ ތަރުޖަމާ: {ޙުކުމް ގުޅެނީ ނަންތަކުގެ ފެށޭކޮޅާ، އޭގެ ނިމޭކޮޅަކާއެއް ނޫން} މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުގެ އެންގެވުމެއް ނުވަތަ މުކައްލަފުންގެ ވާހަކައެއް، ލުއިގޮތާއި ބުރަގޮތުގެ ނުވަތަ ގިނަމިންވަރާއި މަދުމިންވަރުގެ އިޙްތިމާލު އުފެދޭ މާނައަކާ ގުޅުވައިލެވިފައިވާނަމަ، އެ މާނަ ޙާޞިލުކުރެވޭނޭ އެންމެ ދަށް ދަރަޖައިން ފުއްދައިލެވިދާނެއެވެ. އެއީ، އޭގެ އެންމެ ދަށް ދަރަޖައިން އެ މާނަ ޙާޞިލުވާކަން ޔަޤީންކަމާއެކު އެނގޭތީއެވެ. […]

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 147

158ވަނަ ޤަވާޢިދު (ޖުމްލަ 189): الـمُشَبَّهُ بِهِ أَقْوَى مِنَ الـمُشَبَّهِ މި ޤަވާޢިދުގެ ތަރުޖަމާ: {އެއިން އެއްގޮތްކުރެވުނު އެތި، އެއްގޮތްކުރެވޭ އެއްޗަށްވުރެ މާ ބާރުގަދަ} މި ޤަވާޢިދުގެ މުރާދު: އެއްގޮތްވުމުގައި، އެ އެއްޗަކުން އެއްގޮތްކުރެވޭ އަޞްލު އެއްޗަކީ އެންމެ ބާރުގަދަ އެއްޗެވެ. އެހެނީ، އަޞްލު އެއްޗާ، އެއްގޮތްކުރެވޭ އެއްޗާ ހުރިހާ ގޮތަކުން އެއްގޮތެއް ނުވާނެއެވެ. ސަބަބަކީ، ހުރިހާ ގޮތަކުން އެއާ އެއްގޮތްވެއްޖެނަމަ، އެއީ ހަމަ އެ އެތި ކަމުގައި ބެލެވޭނެތީއެވެ. މިސާލަކަށް، [މިވެނި މީހާ ހިތްވަރުގަދަކަމުގައި […]

ކީރިތި ޤުރުއާނުގައިވާ ޢަދަދުގެ މުއުޖިޒާތްތަކާއި މީލާދީ ކަލަންޑަރު -4-

﴿لَا يَزَالُ بُنْيَانُهُمُ…﴾ ތައުބާ ސޫރަތުގެ މިއާޔަތުން އެމެރިކާގެ ޓަވަރުތައް ގޮވި ޙާދިޘާއަށް ދަލީލުކުރާ ކަމަށް ބުނާ މީހުންނަށް ރައްދު ދެއްވާ ޑރ. ޚާލިދު އައްސަބްތު ވިދާޅުވެފައިވެއެވެ. “ފަސްވަނައީ: މިކަން (އެއާޔަތާ ގުޅުވާފައިވާ ގުޅުވުން) ބިނާކޮށްފައިވަނީ އިރުގެ ޙިސާބުތަކަށެވެ. (އެބަހީ: މީލާދީ އަހަރެށެވެ.) އެއީ ކާފިރު އުންމަތްތަކުން ވާރުތަ ކޮށްފައިވާ އެއްޗެކެވެ. އަދި އެއީ އިތުބާރު ހިފޭފަދަ ގޮތަކަށް ނަބިއްޔުންގެ އަރިހުން އެނގިގެން އައިސްފައިވާ އެއްޗެއް ނޫނެވެ. އަދި ހަމަކަށަވަރުން ޝަރުޢުގައި ޢިތުބާރު ހިފޭ ޙިސާބަކީ ހަނދާއި […]