ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 161
174ވަނަ ޤަވާޢިދު (ޖުމްލަ 189): الوَاوُ لِمُطْلَقِ الـجَمْعِ لَا لِتَرْتِيْبٍ وَلَا مَعِيَّةٍ މި ޤަވާޢިދުގެ ތަރުޖަމާ: {ވާވު އަކުރު ބޭނުންކުރެވެނީ މުޠުލަޤުކޮށް ޖަމާކުރުމަށް، ތަރުތީބުކުރުމަކަށް އަދި އެކުގައިވާކަން ބަޔާންކުރުމަކަށް ނޫން} މި ޤަވާޢިދުގެ މުރާދު: ވާވުގެ ވައްތަރުތަކުގެ ތެރެއިން الوَاوُ العَاطِفَة އިން (ވާހަކަ ގުޅުވައިލުމުގެ ގޮތުން ބޭނުންކުރެވޭ و އަކުރުން) ދޭހަކޮށްދެނީ، ޙުކުމުގައި الـمَعْطُوفُ އާއި الـمَعْطُوفُ عَلَيْهِ މުޠުލަޤުކޮށް ޖަމާވެގެންވާކަމެވެ. އެއީ، އެއިން ތަރުތީބުކުރެވިފައިވުމަށް (މިސާލަކަށް، ޒަމާނުގެ ގޮތުން الـمَعْطُوفُ عَلَيْهِ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 160
173ވަނަ ޤަވާޢިދު (ޖުމްލަ 189): الفَاءُ لِلتَّـرْتِيْبِ وَالتَّعْقِيْبِ މި ޤަވާޢިދުގެ ތަރުޖަމާ: {الفَاءُ ބޭނުންކުރެވެނީ ތަރުތީބާއި ތަޢުޤީބުގެ މާނައިގައި} މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި الفَاءُ العَاطِفَة (ވާހަކަ ގުޅުވައިލުމުގެ ގޮތުން ބޭނުންކުރެވޭ ف އަކުރު) ކަނޑައެޅިފައިވަނީ، ތަރުތީބާއި ތަޢުޤީބު (ޖެހިޖެހިގެން ކުރުން) އަށް ދަލީލުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އެއީ (އެބަހީ، ތަޢުޤީބަށް ދަލީލުކޮށްދޭނީ)، الـمَعْطُوفُ عَلَيْهِ (އެ އެއްޗަކާ ގުޅުވައިލެވޭ އެތި) އަށް ފަހު، އެއްވެސް މުހުލަތެއް އަދި ހިނދުކޮޅެއް ނުދީ، الـمَعْطُوفُ بِهَا […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 159
172ވަނަ ޤަވާޢިދު (ޖުމްލަ 189): اللَّفْظُ إِذَا احْتَمَلَ مَعْنَيَيْنِ وَبَطَلَ بِدَلِيْلِ العَقْلِ أَحَدُهُمَا، وَجَبَ الـمَصِيْرُ إِلَى الآخَرِ މި ޤަވާޢިދުގެ ތަރުޖަމާ: {ލަފްޒުން ދެ މާނައަކަށް އިޙްތިމާލު އުފެދިފައި، އެ ތަނުން އެއް މާނަ ބުއްދީގެ ދަލީލުން ބާޠިލުކޮށްފިނަމަ، އަނެއް މާނައިގައި ހިފުން ވާޖިބުވާނެ} މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއް އައިސްފައިވާއިރު، އެ ނައްޞު ވިސްނައިގަތުމުގައި ބުއްދީގެ ދަލީލަކީ ޤަޠުޢީކޮށް ގޮތެއް ކަނޑައަޅާ އެއްޗަކަށްވެފައި، އޭގައިވާ ލަފްޒުން އިޙްތިމާލު އުފެދޭ ވަކި […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 158
171ވަނަ ޤަވާޢިދު (ޖުމްލަ 189): نَفْيُ النَّفْيِ إِثْبَاتٌ މި ޤަވާޢިދުގެ ތަރުޖަމާ: {ނަފީގެ ނަފީއަކީ، ސާބިތުކުރުމެއް} މި ޤަވާޢިދުގެ މުރާދު: ކަމެއް ސާބިތުވާ ބަހަވީ އުސްލޫބުތަކުގެ ތެރޭގައި، ނަފީގެ ނަފީ ހިމެނެއެވެ. ނަފީގެ ނަފީއަކީ، ނަފީއެއް ކުރެވިފައިވާކަން ނަފީކުރުމެވެ. އެބަހީ، ނަފީ ކުރެވިފައި ނުވާކަމަށް ބުނުމެވެ. ދެން ފަހެ، ޢަރަބިބަހުގައި ތަފާތު އެތަކެއް އުސްލޫބުތަކާއި ސޫރަތަކުން ނަފީގެ ނަފީ އައިސްފައިހުރެތެވެ. އޭގެ ތެރޭގައި: ވާހަކައިގައި ނަފީކުރުމަށް ބޭނުންކުރާ ލަފްޒު ތަކުރާރުކުރުމެވެ. މިސާލަކަށް، [مَا مَا لِفُلَانٍ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 157
170ވަނަ ޤަވާޢިދު (ޖުމްލަ 189): الاِحْتِمَالُ النَّاشِئُ عَنْ دَلِيْلٍ يُبْطِلُ الاِسْتِدْلَالَ މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލަކުން އުފަންވި އިޙްތިމާލު، ދަލީލު ނެގުން ބާޠިލުކޮށްލަދޭ} މި ޤަވާޢިދުގެ މުރާދު: ވަކި ދަލީލަކުން ދަލީލު ނެގިއިރު، ދަލީލަކާ ގުޅިފައިވާ އެހެން އިޙްތިމާލެއް އެ ދަލީލު ނެގުމާ ފުށުއަރާނަމަ، އެ އިޙްތިމާލުގެ ސަބަބުން، އެ ދަލީލު ނެގި ނެގުމީ އެއަށް ބަރޯސާ ނުވެވޭނޭ އެއްޗެއް ކަމުގައި ހަދައިލާނެތެވެ. ދެން ފަހެ، ދަލީލަކުން އުފަންވި އިޙްތިމާލަކީ، އަޞްލު ދަލީލުގައިވާ އިޙްތިމާލާ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 156
169ވަނަ ޤަވާޢިދު (ޖުމްލަ 189): الاِحْتِمَالُ فِي وَقَائِعِ الأَحْوَالِ يُسْقِطُ الاِسْتِدْلَالَ މި ޤަވާޢިދުގެ ތަރުޖަމާ: {ހާލަތުގެ ކަންކަމާ މެދު އިޙްތިމާލު އުފެދުމުން، ދަލީލު ނެގުން ވެއްޓިގެންދޭ} މި ޤަވާޢިދުގެ މުރާދު: ވަކި މީހެއްގެ ވަކި ހާދިސާއެއް ބަޔާންކުރެވި، އެއަށް ވަކި ޙުކުމެއް ކަނޑައެޅުނުހިނދު، އެކި ގޮތްގޮތަށް އޭގައިވާ ޙުކުމުގެ އިޙްތިމާލު އުފެދިފައިވާނަމަ، އަދި އޭގެ މުރާދު ކަވިކޮށް ބަޔާންކުރެވިފައި ނުވާނަމަ، އެ ހާދިސާއިން އެ ނޫން ހާދިސާތަކުގެ މައްޗަށް ދަލީލު ނެގުން ހުއްދަވެގެން ނުވެއެވެ. […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 155
168ވަނަ ޤަވާޢިދު (ޖުމްލަ 189): الـخِطَابُ يَـمْضِي عَلَى مَا عَمَّ وَغَلَبَ لَا عَلَى مَا شَذَّ وَنَدَرَ މި ޤަވާޢިދުގެ ތަރުޖަމާ: {ޚިޠާބު އޮންނަހުށީ ޢާއްމު އަދި ގަދަވެގަންނަ ގޮތަށް، ޝާއްޛު އަދި ނާދިރު ގޮތަކަށް ނޫން} މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގައިވާ އެންގެވުންތައް މާނަކޮށް ފަހުމްކުރުމުގައި، އެންމެ މަޝްހޫރުކަން ބޮޑު އަދި އެންމެ ފަޞާޙާތްތެރިކަން ބޮޑު މާނައަށް ބަރޯސާވެވޭނެއެވެ. އަދި ބީރައްޓެރި، ނާދިރު މާނައިން އެއްކިބާވެވޭނެއެވެ. ދެން ފަހެ، ޝަރުޢުކުރައްވާ ފަރާތުގެ […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 154
167ވަނަ ޤަވާޢިދު (ޖުމްލަ 189): دَلَالَةُ السِّيَاقِ مُـحَكَّمَةٌ މި ޤަވާޢިދުގެ ތަރުޖަމާ: {دَلَالَةُ السِّيَاق އަކީ ޙުކުމް ކަނޑައަޅައިދޭ އެއްޗެއް} މި ޤަވާޢިދުގެ މުރާދު: ސިޔާޤު ހިމެނެނީ، ޢަރަބީން އެބައިމީހުންގެ ޚިޠާބުތަކާއި އުސްލޫބުތަކުގައި، ވާހަކަދައްކާމީހާގެ މުރާދާއި މަޤްޞަދު ވިސްނައިގަތުމަށްޓަކައި އެއަށް ބަރޯސާވާ މުހިއްމު ޤަރީނާތަކުގެ ތެރޭގައެވެ. އެ ގޮތުގެ މަތިން، ޤުރުއާނާއި ސުންނަތުގައިވާ ޝަރުޢުކުރައްވާ ފަރާތުގެ މުރާދުތަކާއި މަޤްޞަދުތައް ބަޔާންކޮށްދިނުމަށާއި ވިސްނައިގަތުމަށްޓަކައި ސިޔާޤު މުހިއްމު ދައުރެއް އަދާކުރެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ. އަދި މި […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 153
165ވަނަ ޤަވާޢިދު (ޖުމްލަ 189): يُغَلَّبُ مَنْ يَعْقِلُ عَلَى مَا لَا يَعْقِلُ މި ޤަވާޢިދުގެ ތަރުޖަމާ: {ބުއްދިނެތް އެއްޗެހީގެ މައްޗަށް ބުއްދިހުރި މީހުން ގަދަކުރެވޭނެ} މި ޤަވާޢިދުގެ މުރާދު: ޢަރަބީން ވާހަކަދައްކައިއުޅޭއިރު، ވާހަކައިގައި ބުއްދިހުރި މީހުންނާއި ބުއްދިނެތް އެއްޗެހި ޖަމާވެއްޖެނަމަ، އެ ދެ ފަރާތަށް އެއް ލަފްޒަކުން މުޚާޠަބުކުރުމުގައި އިސްކުރާނީ ބުއްދިހުރި މީހުންނަށް ބޭނުންކުރާ އުސްލޫބެވެ. އެއީ، ބުއްދިހުރި މީހުން، ބުއްދިނެތް އެއްޗެހީގެ މައްޗަށް ގަދަކުރުމުގެ ގޮތުންނެވެ. ދެން ފަހެ، މި ތަނުގައި [ބުއްދިހުރި […]